Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-އެމެރިކާ

އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުން ހުއްޓާލައިފިިނަމަ އެގައުމަށް ދެވަނައެއް ނެތް ފަދަ ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ދެން: އެމެރިކާ

އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ހާއްސަ ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހު ސިންގަޕޫރުގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 11 ޖޫން 2018 | ހޯމަ 15:12
ރައީސް ޓްރަމްޕް (ކ) އަދި ކިމް ޖޮން އުން

ރައީސް ޓްރަމްޕް (ކ) އަދި ކިމް ޖޮން އުން

އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުން ހުއްޓާލައިފިިނަމަ "އެގައުމަށް ދެވަނައެއް ނެތް ފަދަ" ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން އެމެރިކާ އިން ދޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައްދަަލުވުން ސިންގަޕޫރުގައި އަންގާރަ ދުވަހު ބާއްވާއިރު، ދެގައުމުގެ ވެރިންގެ ބައްދަލުވުމުގެ ކުރިން ދެގައުމުގެ އޮފިޝަލުންގެ މެދުގައި ބާއްވާ ބައްދަލުވުންތައްވެސް ދަނީ އަވަސް ގޮތެއްގައި ވަރަށް ފުރިހަމައަށް ކަމަށް މައިކް ޕޮމްޕެއޯ އާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. ޕޮމްޕެއޯ އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެމެރިކާ އިން ބޭނުން ވަނީ، އުތުރު ކޮރެއާ އިން ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ހުއްޓާލުމަަށެވެ.

މުޅި ދުނިޔެ އިންތިޒާރުކުރަމުން އަންނަ އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާރީޚީ ބައްދަލުވުމަށް 20 މިލިއަން ޑޮލަރު ޚަރަދުވާކަމަށް ސިންގަޕޫރުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. ބައްދަލުވުން ކަވަރުކުރުމަށް އެކަނިވެސް 2500އެއްހާ ނޫސްވެރިން ސިންގަޕޫރަށް ޖަމާވެފައިވެެއެވެ. އަންގާރަ ދުވަހު ބައްދަލުވުން ފަށާނީ ސިންގަޕޫރު ގަޑިން ހެނދުނު 9:00 ގައެވެ. އެއީ ރާއްޖެ ގަޑިން ހެނދުނު 6:00 އެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމަށް ހަގީގީ ސިފަ އައިސް އެ ބައްދަލުވުން، ހަގީގަތަކަށް ހެދުމަށްޓަކައި ޑިޕްލޮމަސީ ކުރިއަށް ނެރެ އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު