Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސަޢޫދީ ޢަރަބިއްޔާ

އީރާނުން ހިންގީ ހަނގުރާމައިގެ އަމަލެއް: ސައޫދީ

ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ސަޢޫދީ އިސްވެ އޮވެ، ވަރުގަދަ ޙަމަލާތަކެއް ދެމުންދޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2017 | ހޯމަ 13:01
ސައޫދީ ކޯލިޝަންގެ ތަރުޖަމާން ކާނަލް ތުރުކީ އަލް މާލިކީ ނޮވެމްބަރު 5 ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ސައޫދީ ކޯލިޝަންގެ ތަރުޖަމާން ކާނަލް ތުރުކީ އަލް މާލިކީ ނޮވެމްބަރު 5 ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސަޢޫދީގެ ވެރިރަށް ރިޔާޒަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާން ކަމަށް ސައޫދީ އަރަބިއްޔާއިން ތުހުމަތުކޮށްފިއެވެ.

ސައޫދީއިން ތުހުމަތުކުރާ ގޮތުގައި ހަނގުރާމަވެރިން ފޮނުވާލި މިސައިލަކީ އީރާނުގެ އުފެއްދުމެކެވެ. އަދި ހޫޘީންނަށް އިރާނުން މަދަދުވެރިކަމާ ކަމަށް ސައޫދީން ގެންދަނީ އަބަދު ވެސް ބުނަމުންނެވެ. ސައޫދީން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ 2216ވަނަ ޤަރާރާ އީރާނުން ޚިލާފްވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. މި ޤަރާރަކީ ޔަމަނުގެ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމަށް ނެރުނު ޤަރާރެކެވެ. ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނަކީ ޓެރަރިސްޓް ޖަމާޢަތްތަކެއްގެ ގޮތުގައި ގިނަ ޤައުމުތަކުން ބަލާ ބައެކެވެ. ސަޢޫދީން ބުނީ އީރާނުގެ މިއަމަލަކީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް ލޮޅުން އަރާ ކަމެއް ކަމަށާއި، މިއީ އީރާނުން ހިންގި ހަނގުރާމައިގެ އަމަލެއް ކަމަށެވެ.

ސައޫދީންވަނީ އީރާނުން މި މިސައިލް ޔަމަނަށް އެތެރެކުރި ގޮތެއް ހޯދުމަށް ޔަމަނުގެ ހުރިހާ ބަނދަރެއް ބަންދުކުރާނެކަން ހާމަކޮށްފައެވެ. މިއާ އެކު ޔަމަނުގެ ޤައުމީ އެއަރލައިނުން ވަނީ އީރާނަށް ކުރާ ދަތުރުތައް ވެސް މެދުކަނޑާލާފައެވެ.

މިހަމަލާގެ ފަހުން ސައޫދީން ވަނީ ހޫޘީ ހަނގުރާމަވެރިންގެ 40 ލީޑަރަކު ހައްޔަރުކުރުމަށް އެހީތެރިވި ފަރާތަކަށް އެތައް މިލިއަން ޑޮލަރެއްގެ އިނާމެއް ހުށަހަޅާފައެވެ. އަދި މި މިސައިލް ހަމަލާގެ މަދު ގަޑިއިރުތަކެއް ފަހުން ޔަމަނުގެ ސަންޢާގައި ހުރި ހަނގުރާމަވެރިންގެ ޖަގަހަތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައި ވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ މި ތުހުމަތުތަކަށް އީރާނުގެ ސަރުކާރުންނާއި އެޤައުމުގެ އިންޤިލާބީ ގާޑުންގެ ލަޝްކަރުން ވަނީ ރައްދުދީ، އެތުހުމަތުތައް ދޮގުކޮށްފައެވެ.

ޤަތަރާ އެކު އޮންނަ ގުޅުން ސަޢޫދީ އިސްވެ އޮވެ އަރަބި ބައެއް ޤައުމުތަކުން ކަނޑާލި ފަހުން ގަލްފް ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި މިހަފްތާ ބަންދުގައި ހިނގައިގެން ދިޔަ ކަންތައްތަކަށް ފަހު، މަސްރަހު އިތުރަށް ހޫނުވާނެ ކަމަށް ބެލެވެއެވެ. ހަފްތާ ބަންދުގައި އީރާނުން އެބޭފުޅާ އަވަހާރަކޮށްލަން އުޅޭ ކަމަށް ވިދާޅުވެ ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ ވަނީ ސައޫދީގައި ހުންނަވައިގެން މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ހަފްތާ ބަންދުން ފެށިގެން ސައޫދީން ގެންދަނީ ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން އެޤައުމުގެ ޝާހީ ޢާއިލާގެ ބައެއް އަމީރުންނާއި ކުރީގެ ވަޒީރުން ހައްޔަރުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. އިން ޔަމަނުގެ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރަނީ

އދ. އިން ޔަމަނުގެ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރަނީ

30 ސެޕްޓެމްބަރު 2017
ޔޫއޭއީން ލީބިޔާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވޭ: ރިޕޯޓް

ޔޫއޭއީން ލީބިޔާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވޭ: ރިޕޯޓް

27 ސެޕްޓެމްބަރު 2017
ލަންޑަންގެ ރޭލް ހަމަލާ ތަހުގީގު ކުރަމުން ދަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި: ފުލުހުން

ލަންޑަންގެ ރޭލް ހަމަލާ ތަހުގީގު ކުރަމުން ދަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި: ފުލުހުން

15 ސެޕްޓެމްބަރު 2017
ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި

ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި

04 ސެޕްޓެމްބަރު 2017
ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް

ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް

18 އޯގަސްޓު 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު