Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކީލާން ޑޮކިއުމެންޓަރީ

ސްކީލާން ހޯދަން ދޮރުން ދޮރަށް ހިނގިން، އޭނާ އާއި ދިމާވީ ފުރަން ދާން ގަޑި އިރަކަށް ވެފައި ވަނިކޮށް - އާއިދު

4 ނޮވެމްބަރު 2024 | ހޯމަ 05:39

އެ ރިޕޯޓް ހެދުމަށްޓަކާ ލަންކާ އަށް ދިޔަ އިރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ދެމެދުގައި އޮތީ އެންމެ 2 ހަފްތާއެއްހާ ދުވަސް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ނޮވެމްބަރު 2024 | ހޯމަ 05:39
ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑް ލިބުނު އަހުމަދު އާއިދު ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަނީ

ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑް ލިބުނު އަހުމަދު އާއިދު ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަނީ

"ސްކީލާން" ހޯދަން ދޮރުން ދޮރަށް ހިނގާފައިވާނެ ކަމަށާއި އޭނާ އާއި ދިމާވީ އަނބުރާ ރާއްޖެ އަށް ފުރަން ގަޑި އިރަކަށް ވެފައި ވަނިކޮށް ކަމަށް ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑް ލިބުނު އަހުމަދު އާއިދު ބުނެފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި ތަހުގީގީ ދާއިރާއިން "އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް އެވޯޑު ލިބިފައިވާއިރު މި ޑޮކިއުމެންޓަރީ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން، ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒު މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ތަހުގީގީ އުފެއްދުމެކެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަމުން އާއިދު ބުނީ މި ރިޕޯޓް ހެދުމަށް ވަރަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެ ރިޕޯޓް ހެދުމަށްޓަކާ ލަންކާ އަށް ދިޔަ އިރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ދެމެދުގައި އޮތީ އެންމެ 2 ހަފްތާއެއްހާ ދުވަސް ކަމަށް އާއިދު ފާހަގަކުރިއެވެ. އޭނާ ބުނީ އޭރު އަތުގައި އޮތީ އެޑްރެސް އެއް އެކަނި ކަމަށާއި މުއިއްޒުގެ ދޮންމަންމަ ދިރިހުރިކަން ނުވަތަ ނޫންކަން ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އެ ގެ ހޯދުމަށް ބޮޑު އަވަށެއްގައި ދޮރުން ދޮރަށް ހިގަން ޖެހުނު ކަމަށް އޭނާ ބުންޏެވެ. ކަންދިމާކުރި ގޮތުން މުއިއްޒުގެ ދޮންމަމަގެ އަތުގައި މައްސަލަ އާއި ގުޅުން ހުރި ލިޔެކިޔުންތައް ރައްކާކޮށްފައި ހުރިކަމަށް އާއިދު ވަނީ ފާހަގަކޮށްފައެވެ. ސްކީލާން އަކީ މެލޭޝިއާ ދަރިކޮޅުގެ މުސްލިމަކަށް ވުމާއި އެކު އެ ކޮމިއުނިޓީގެ ލީޑަރަކާއި ވާހަކަދައްކައިގެން މިސްކިތަށް ގޮސްގެން އޭނާ ހޯދުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް އާއިދު ބުންޏެވެ. އެކަން އެގޮތަށް ކޮށްފައި ވަނީ އެ ނަސްލުގެ މީހުންނަކީ މިސްކިތާއި ދޯޅުބަޔަކަށް ވުމުން އެގޮތަށް ވެސް އޭނާ ފެނިދާނެ ކަމުގެ އުންމީދުގައި ކަމަށް އާއިދު ވަނީ ފާހަގަކޮށްފައެވެ.

ސްކީލާން އާއި ދިމާވުމުން އޭނާ އަކީ ނޫސްވެރި އެއް ކަަމަށް ބުނެ، އެކަމާއި ގުޅޭ މައުލޫމާތު ދިނުމަށް އެދިފައިވާނެ ކަމަށް އާއިދު ބުންޏެވެ. އަދި އަބަދުވެސް ކޮންމެވެސް މީހަކު އެ ސުވާލުތައް ކުރާނެ ކަމުގެ އުންމީދުގައި ހުރިކަމަށް ސްކީލާން ފާހަގަކޮށްފައިވާ ކަަމަށް އާއިދު ބުންޏެވެ. ހުރިހާ ޑޮކިއުމެންޓްތައް ބަހައްޓާފައި ހުރުމުން ވަރަށް ހައިރާންވެސްވި ކަމަށް އާއިދު ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ސްކީލާން ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހުނު ކަމަށާއި، ވަރަށް ގިނަ ވާހަކަތައް ހިއްސާކުރި ކަމަށް އާއިދުވަނީ ފަށާއިރު ޕްރޮގްރާމްއަށް ދިން އިންޓަރވިއުގައި ފާހަގަކޮށްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި ތަހުގީގީ ދާއިރާއިން އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުނު އެވޯޑަކީ، އިނާމު ދިނުމުގެ އުސޫލާ ޚިލާފަށް ދީފައިވާ އެވޯޑެއް ކަމަށް ދެއްކުމަށް ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ޕެނަލުން ވަނީ މަސައްކަތް ފަށާފައެވެ. ފަނޑިޔާރުންގެ ޕެނަލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލް އެވޯޑުގެ އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ތަހުޤީޤީ ނޫސްވެރިކަމުގެ އިނާމް ދީފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް އެވޯޑު ދިނުމުގެ އުސޫލާއި މަޤްސަދާ ޚިލާފަށް ކަމަށެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން އާއިދު ބުނީ އެވޯރޑް ނައިޓާއި ހަމައަށް ވެސް އެއްވެސް ސުވާލެއް ނުކުރާ ކަމަށާއި ކަންބޮޑުވުމެއްވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އޭނާ ވަނީ އުންމީދީ ނޫސްވެރިޔާގެ މަޤާމަށް ވެސް އެ އެވޯޑުގައި ކުރިމަތިލާފައި ކަމަށް އޭނާ ފާހަގަކުރިއެވެ. އެ އިންޓަރވިއުގައި ވެސް އެ ޑޮކިއުމެންޓްރީ އާއި މެދު ޝައުގުވެރިވެގެން ސުވާލުކުރި ނަމަވެސް، އެ އާއި މެދު ކަންބޮޑުވެގެން ސުވާލުކޮށްފައި ނުވާކަން އާއިދު ވަނީ ފާހަގަކޮށްފައެވެ. އަދި އެ އެވޯޑުގެ މައްސަލައެއް ބަލާކަން އަދަދަށް އަދިވެސް އަންގާފައި ނުވާ ކަަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އެވޯޑް ލިބުމުން ވެސް މަރުޚަބާ ކިޔުމަށް ފަހު އެވޯޑް ނައިޓްގެ ފަހުން މައްސަލަތަކެއް ފެންމަތިވުމުން ސުވާލު އުފެދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ފަނޑިޔާރުން ވެސް ފަނޑިޔާރުންގެ ނިންމުމާއި މެދު ސުވާލު އުފައްދަން ޖެހުނު ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށް ފާހަގަކޮށް އާއިދު ވަނީ އެއީ ނެތް ހާލަތެއް އުފެއްދުން ކަމަށް ސިފަކޮށްފައެވެ. އެފަދަ ހާލަތެއް އޮތް ނަމަ އެވޯޑް ނުދިނުން މާ ރަނގަޅުކަމަށް އޭނާ ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް