Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ޔުނައިޓެޑުގެ ދާއިމީ ކޯޗަކަށް އަމޯރިމް ހަމަޖައްސައިފި

ޔުނައިޓެޑުގެ ކޯޗުކަމާ ރަސްމީކޮށް އަމޯރިމް ހަވާލު ވާނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ނޮވެމްބަރު 2024 | ހޮނިހިރު 04:27
ޔުނައިޓެޑުގެ ކޯޗަކަށް ހަމަޖެއްސި އަމޯރިމް

ޔުނައިޓެޑުގެ ކޯޗަކަށް ހަމަޖެއްސި އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުގެ މަޤާމަށް ޕޯޗުގަލްގެ ރުބެން އަމޯރިމް ހަމަޖައްސައިފި އެވެ.

ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ނެދަލެންޑްސްގެ އެރިކް ޓެން ހާގް މަގާމުން ވަކި ކުރުމުންނެވެ. ހޯމަ ދުވަހު ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކޯޗުކަމުން ޓެން ހާގް ވަކިކޮށްފަ އެވެ. ޔުނައިޓެޑުގެ ދާއިމީ ކޯޗަކަށް އަމޯރިމް ހަމަޖެއްސުމާ ހަމައަށް ވަގުތީ ގޮތުން އެ ޓީމަށް އިރުޝާދު ދެމުން އައީ އެސިސްޓެންޓް ކޯޗު ރުޑް ވެން ނިސްޓަލްރޫއި އެވެ.

ޔުނައިޓެޑުން މިހާރު ވަނީ އެ ކުލަބުގެ ދާއިމީ ކޯޗަކަށް އަމޯރިމް ހަމަޖައްސާފައިވާކަން ރަސްމީކޮށް އިއުލާާން ވެސް ކޮށްފަ އެވެ. އެ ކުލަބުން އޭނާ އަށް ހުށަހަޅާފައި ވަނީ ތިން އަހަރު ދުވަހުގެ އެއްްބަސްވުމެކެވެ. އެހެންކަމުން 2027 އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަމޯރިމް ޔުނައިޓެޑަށް އިރުޝާދު ދޭނެ އެވެ. ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން އަމޯރިމް އިރުޝާދު ދެމުން އައީ ޕޯޗުގަލް ސްޕޯޓިން އަށެވެ. އެހެންކަމުން އޭނާ ހޯދުމުގެ ގޮތުން ޔުނައިޓެޑުން ވަނީ ސްޕޯޓިން އަށް ގާތް ގަނޑަކަށް 11 މިލިއަން ޔޫރޯގެ އަދަދެއް ދައްކައިފަ އެވެ. ޔުނައިޓެޑުގެ ކޯޗުކަމާ ރަސްމީކޮށް އަމޯރިމް ހަވާލު ވާނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

މީގެ ކުރިމް ބެންފީކާ އަދި ޕޯޗުގަލް ޤައުމީ ޓީމަށް ވެސް ކުޅެފައިވާ އަމޯރިމް ކޯޗިންގެ ކެރިއަރު ފެށީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން ޔުނައިޓެޑު ވެގެން ދާނީ އަމޯރިން އިރުޝާދު ދޭނެ ހަތަރު ވަނަ ކުލަބަށެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕޯޓިން ވަނީ 229 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 162 މެޗުންނެވެ. 34 މެޗު އެއްވަރުވެފައިވާއިރު، 33 މެޗުން ވަނީ ބަލިވެފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕޯޓިން ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްރުބެން އަމޮރިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު