Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަރުގަމް ބޭ ހާދިސާ

ދިވެއްސަކު ބައިވެރިވެގެން ލަންކާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާ އަކީ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ކަމެއް ނޫން: ލަންކާ ސަރުކާރު

ހައްޔަރު ކުރި 6 މީހުންގެ ތެރޭގައި ހިމެނޭ ދިވެހި މީހާގެ އިތުރުން ކުރީގެ އެލްޓީޓީއީގެ ދެ މެންބަރުން ހިމެނެއެވެ.

ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2024 | ހުކުރު 13:25
ސެޕްޓެމްބަރު 21، 2024 ގައި ލަންކާގެ ވެރިރަށުގެ މަގުމަތީގައި ޗެކްޕޮއިޓެއްގައި ފުލުހުން ހަރަކާތްތެރިވަނީ

ސެޕްޓެމްބަރު 21، 2024 ގައި ލަންކާގެ ވެރިރަށުގެ މަގުމަތީގައި ޗެކްޕޮއިޓެއްގައި ފުލުހުން ހަރަކާތްތެރިވަނީ

ދިވެއްސަކު ބައިވެރިވެގެން ލަންކާގެ ޓޫރިސްޓު ރިސޯޓަކަށް ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ޓެރަރިސްޓް ހަމަލާ އަކީ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ކަމެއް ނޫންކަމަށާއި، އެއީ ރޭވިގެން ދޭން އުޅުނު ހަމަލާއެއް ކަމަށް ލަންކާ ސަރުކާރުން ބުނެފިއެވެ.

ލަންކާ ސަރުކާރުން މިކަން ހާމަ ކުރީ ބުދަ ދުވަހު ކޮޅުނބުގައި ހުންނަ އެމެރިކާގެ އެމްބަސީގެ އޮފިޝަލުންނާ މި ހާދިސާ އާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމަކަށް ފަހުގައި ކަމަށް ލަންކާގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރެވުނު 6 މީހުންނާ ބެހޭ ގޮތުންނާއި، ތަޙުޤީޤާ ބެހޭގޮތުން، ދިފާޢީ ސެކްރެޓަރީ ސަމްޕަތް ތުޔަކޮންތަ އަދި ރައީސް އޮފީހުގެ އޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދަކުން ކޮޅުނބުގައި ހުންނަ އެމެރިކާގެ އެމްބަސީގެ އޮފިޝަލުންނާ ބައްދަލު ކޮށް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް އިސް ދިފާޢީ އޮފިޝަލެއް ޑެއިލީ މިރާ އަށް ކަށަވަރު ކޮށްދީފައި ވެއެވެ.

ލަންކާ ސަރުކާރުގެ އޮފިޝަލުން އެމެރިކާގެ އެމްބަސީ އަށް ތަހުގީގުގެ ހޯދުންތައް ހިއްސާ ކުރިއިރު، އަރުގަމް ބޭ އަށް ދޭން އުޅުނު ކަމަށް ބެލޭ ޓެރަރިސްޓު ހަމަލާ އަކީ ހައްދުފަހަނައަޅާފައިވާ ބައެއްގެ ޙަރަކާތެއްގެ ގޮތުގައި ލަންކާ ސަރުކާރުން ނުދެކޭ ކަމަށާއި އޭގެ ބަދަލުގައި އެކަމަކީ ބަޔަކު ގުޅިގެން ރާވާފައިވާ ކަމެއް ކަމަށް ވަނީ ބުނެފައިވެއެވެ.

މި ހާދިސާ އާ ގުޅިގެން މިހާތަނަށް 6 މީހަކު ހައްޔަރުކުރެވިފައިވެއެވެ. އޭގެތެރޭގައި ދިވެހި ރައްޔިތަކު ހިމެނޭކަން ލަންކާ ސަރުކާރުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެހެން ނަމަވެސް އޭނާގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.

އޭނާގެ އިތުރުން ހައްޔަރު ކުރި މީހުންގެ ތެރޭގައި، ކުރީގެ އެލްޓީޓީއީގެ ދެ މެންބަރުން ހިމެނެއެވެ. މީގެ ތެރެއިން އެކަކީ ކުރީގެ ކެބިނެޓް މިނިސްޓަރ ޖެޔަރާޖް ފަރނަންޑްޕުއްލޭގެ އަވަހާރަކޮށްލުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރާތެއް ކަމަށް ލަންކާ މީޑިއާއިން ބުނެފައިވެއެވެ.

ފުރަތަމަ ކުރެވުނު ތަޙުޤީޤުތަކަށް ހަވާލާދީ ޚަބަރުތަކުގައިވަނީ، ޝައްކުކުރެވޭ މީހުންނާއި އީރާނުގެ ރައްޔިތަކު ގުޅުން އުފައްދާފައިވާ ކަމަށާއި، މިކަން ކުރުމަށް ރާވާފައިވަނީ ހަމަނުޖެހުން އުފެއްދުމުގެ ނިޔަތުގައި ކަމަށާއި، އެކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ.

ނަމަވެސް، އެއްވެސް ކަމެއް ހިނގުމުގެ ކުރިން، އެމެރިކާ ސަރުކާރުން ލަންކާ ސަރުކާރަށް ދިން މައުލޫމާތާއެކު ފުލުހުން ވަނީ އެކަމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައެވެ.

އެހެން ރިޕޯޓެއްގައި ވާ ގޮތުން ސްރީ ލަންކާގައި ހުންނަވާ އީރާނުގެ ސަފީރު، އަލީ ރެޒާ ދެލްޚޮޝް، ވަނީ ސްރީ ލަންކާގައި އިޒްރޭލުގެ އަމާޒުތަކަށް ހަމަލާއެއް ދިނުމުގެ ރޭވުމެއްގައި އީރާނުން ބައިވެރިވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ކަނޑައެޅިގެން ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކާ އާ ދާދި ފަހުން ބައްދަލު ކުރެއްވި ކަމަށާއި އެފަދަ ވާހަކައެއް ރައީސް ވިދާޅުވެފައި ނުވާ ކަަމަށް ވެސް އީރާނުގެ ސަފީރު ވިދާޅުވެފައިވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް ރަސްމީ ރިޕޯޓެއް އެމްބަސީއަށް ލިބިފައެއް ނުވާ ކަަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަރުގަމް ބޭ ހާދިސާސްރީލަންކާ ފުލުހުންސްރީލަންކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު