Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

މަރެސްކާ ބުނީ ޗެލްސީން މަސައްކަތް ކުރަނީ މުސްތަޤުބަލަށް ރަނގަޅު ޓީމެއް ބިނާ ކުރުމަށް ކަމަށް!

ކުރިއަށް އޮތް ހަތަރު އަހަރު ނުވަތަ ފަސް އަހަރުގެ ތެރޭގައި ރަނގަޅު ޓީމެއް ބިނާކޮށް، މުސްތަޤުބަލަށް މުހިންމު މަސައްކަތްތަކެއް ކުރުމަކީ ޗެލްސީގެ އަމާޒުކަމުގައި އަބަދު ވެސް ވެރިން ބުނާ ކަމަށް މަރެސްކާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 07:14
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީން މަސައްކަތް ކުރަމުން އަންނަނީ ކުރިއަށް އޮތް ހަތަރު އަހަރު ނުވަތަ ފަސް އަހަރުގެ ތެރޭގައި ރަނގަޅު ޓީމެއް ބިނާ ކުރުމަށް ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ސީޒަންގައި ޗެލްސީގެ ނަތީޖާ އާއި، އެ ޓީމުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ. ޗެލްސީގެ ކޯޗުކަމަށް މަރެސްކާ ހަމަޖެއްސީ މިހާރު ކުރިއަށްދާ ސީޒަނާ ދިމާކޮށެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ދުރަށް ދިޔުމުންނެވެ. ޗެލްސީގެ ކޯޗުކަމާ މަރެސްކާ ހަވާލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މަރެސްކާ ބުނީ ޗެލްސީގައި އޭނާ މަސައްކަތް ކުރަމުން އަންނަނީ ހަމަޖެހިގެން ކަމަށާއި، މިވަގުތުގައި އޭނާ އަށް އެއްވެސް ޕްރެޝަރެއް ވެސް ނެތް ކަމަށެވެ. މަރެސްކާ ބުނީ ޗެލްސީ އޮންނަން ޖެހޭނީ ލީގުގެ ވަކި ހިސާބެއްގައި، ނުވަތަ ލީގުގެ ގަދަ ހަތަރެއްގައި ކަމަށް ކުލަބުގެ ވެރިން އޭނާ އަށް ނާންގާ ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދައްކާފައި ނުވާ ކަމަށް ވެސް މަރެސްކާ ބުންޏެވެ.

އޭގެ ބަދަލުގައި ކުރިއަށް އޮތް ހަތަރު އަހަރު ނުވަތަ ފަސް އަހަރުގެ ތެރޭގައި ރަނގަޅު ޓީމެއް ބިނާކޮށް، މުސްތަޤުބަލަށް މުހިންމު މަސައްކަތްތަކެއް ކުރުމަކީ ޗެލްސީގެ އަމާޒުކަމުގައި އަބަދު ވެސް ވެރިން ބުނާ ކަމަށް މަރެސްކާ ބުންޏެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަމުން އަންނަނީ ކުރިއަށް ދާން ކަމަށާއި، މުހިންމު ކަންކަން ޙާސިލު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް ވެސް މަރެސްކާ ބުންޏެވެ. އެކަން ފާހަގަ ކުރަމުން މަރެސްކާ ބުނީ، އޭނާ އަދި ޗެލްސީގެ ކުޅުންތެެރިން އަންނަނީ ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން ކަމަށެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި މިވަގުތު ޗެލްސީ އޮތީ ފަސް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ނުވަ މެޗުން 17 ޕޮއިންޓު ހޯދައިގެންނެވެ. ނުވަ މެޗުގެ ތެރެއިން ޗެލްސީ ވަނީ ފަސް މެޗުން މޮޅުވެފަ އެވެ. ދެ މެޗު އެއްވަރުވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެވެ.

ޗެލްސީއެންޒޯ މަރެސްކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު