Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީ ލަންކާ

ލަންކާގައި ޓެރަރިސްޓް ހަމަލާ އެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ހައްޔަރު ކުރި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭކަން ލަންކާގެ މީޑިއަށް ކަށަވަރު ކޮށްދެއްވީ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު، ނިހާލް ތަލްދުވާ އެވެ.

ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2024 | އަންގާރަ 12:12
އަރުގަމްބޭ ސަރަހައްދުގެ ސީސީޓީވީ މަންޒަރެއް - ބޮމް ސްކޮޑްތަކާއި، ހަތިޔާރު އެޅި ވެހިކަލްތަކާއި، އަދި ގިނަ އަދަދެއްގެ ސިފައިން އެއްގަމާއި ގޮނޑުދޮށުގައި ހަރަކާތްތެރިވަނީ

އަރުގަމްބޭ ސަރަހައްދުގެ ސީސީޓީވީ މަންޒަރެއް - ބޮމް ސްކޮޑްތަކާއި، ހަތިޔާރު އެޅި ވެހިކަލްތަކާއި، އަދި ގިނަ އަދަދެއްގެ ސިފައިން އެއްގަމާއި ގޮނޑުދޮށުގައި ހަރަކާތްތެރިވަނީ

ސްރީލަންކާގައި ފަތުރުވެރިންގެ މެދުގައި މަޝްހޫރު މަންޒިލެއް ކަމަށްވާ އަރުގަމް ބޭ އަށް ޓެރަރިސްޓު ހަމަލާ އެއް ދިނުމަށް ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 6 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް ލަންކާގެ ފުލުހުން ހާމަ ކޮށްފިއެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭކަން ލަންކާގެ މީޑިއަށް ކަށަވަރު ކޮށްދެއްވީ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު، ނިހާލް ތަލްދުވާ އެވެ.

ހައްޔަރުކުރި ދިވެހި މީހާގެ ތަފްސީލު ލަންކާ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ތަރުޖަމާނު ހޯމަ ދުވަހު ވިދާޅުވީ ދިވެހި ރައްޔިތަކު ހައްޔަރުކުރެވުނު ކަމަށާއި، ޝައްކުކުރެވޭ މީހުން ބަންދުގައި ބައިތިއްބައިގެން ސުވާލުކުރެވެމުންދާ ކަމަށެވެ.

ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމާ ބެހޭ ގޮތުން ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޜަނުން ކޮލޮމްބޯ މެޖިސްޓްރޭޓް ކޯޓުގައި ހޯމަ ދުވަހު ބުނެފައިވަނީ، ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކުގެ އަމުރަށް، ފަތުރުވެރިން ގިނައިން އުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް ޤައުމުގެ ތެރޭގައި ޙަމަލާއެއް ދިނުމުގެ ރޭވުމުގައި ބައިވެރިވިކަމުގެ ތުހުމަތު ހައްޔަރު ކޮށްފައިވާ 6 މީހުންގެ މައްޗަށް ކުރެވިފައިވާ ކަމުގައެވެ.

ކޯޓުގައި ތަހުގީގު ކުރާ ފަރާތްތަކުން އިތުރަށް ބުނެފައިވަނީ، ޑިފެންސް މިނިސްޓަރުގެ އަމުރަށް ތުހުމަތު ކުރެވޭ މީހުން 90 ދުވަހުގެ މުއްދަތައް ބަންދުކޮށްފައިވާ ކަމަށާއި އެމީހުން ހައްޔަރު ކޮށްފައިވަނީ ޓެރެރިޒަމް ހުއްޓުވުމާބެހޭ ގާނޫނުގެ ދަށުން ކަމުގައެވެ.

ޓެރަރިސްޓް އިންވެސްޓިގޭޝަން ޑިވިޜަނުން ހުށަހެޅި ތަފްޞީލުތަކާއި ޚާއްޞަ ރިޕޯޓު ބެލުމަށްފަހު، އެޑިޝަނަލް މެޖިސްޓްރޭޓް ހޯމަ ދުވަހު ވިދާޅުވީ، ތަޙުޤީޤު ކުރިއަށްދާ ގޮތުގެ މައުލޫމާތު ކޯޓަށް ގަވައިދުން ހުށަހަޅަމުން ގެންދިއުމަށާއި، ތަހުގީގު ކުރިއަށް ދާކަން ކޯޓުގެ ރެކޯޑަށް ފައިލުކުރެވިފައިވާ ކަމުގައެވެ.

ސްރީލަންކާ ފުލުހުންސްރީލަންކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު