Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލު ހަނގުރާމަ

އީރާނަށް ހަމަލާދޭން އިރާގުގެ ވައިގެ ސަރަހައްދު އިޒްރޭލުން ބޭނުން ކުރުން ކުށްވެރިކޮށް މައްސަލަ އދ އަށް

އިޒްރޭލުން އީރާނަށް ދިން ހަމަލާއާ ބެހޭ ގޮތުން އީރާނުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިގު ރާސްތާ މިސައިލް ހަމަލާތަކެއް އިޒްރޭލުން ދިނީ އެމެރިކާގެ ބެލެހެއްޓެމުގެ ދަށުގައިވާ އިރާގުގެ ވައިގެ ސަރަހައްދުގެ ތެރެއިން ކަމުގައެވެ.

ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2024 | ހޯމަ 15:13
އޮކްޓޯބަރ 26، 2024 ގައި އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓެއް އީރާނަށް ހަމަލާ ދިނުމަށް ހޭންގަރުން ނެރެނީ

އޮކްޓޯބަރ 26، 2024 ގައި އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓެއް އީރާނަށް ހަމަލާ ދިނުމަށް ހޭންގަރުން ނެރެނީ

އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުގައި އިރާގުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން ކުށްވެރިކޮށް، އިރާގުން އދ އަށް ޝަކުވާ ހުށަހަޅައިފިއެވެ.

އިރާގުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އަށާއި އދ.ގެ ސެކިއުރިޓީ ކައުންސިލަށް އިހުތިޖާޖުގެ ސިޓީއެއް ފޮނުވާފައިވާކަމަށް ހޯމަ ދުވަހު ބަޣުދާދުން ބުނެފައިވެއެވެ.

ސަރުކާރުގެ ތަރުޖަމާނު ބާސިމް އަލް އަވަދީ ދެއްވި ބަޔާނެއްގައި ވިދާޅުވީ އިރާގުން އދ އަށް ފޮނުވި އިހުތިޖާޖުގެ ސިޓީގައި "26 އޮކްޓޯބަރު 2023 ގައި އިސްލާމިކް ރިޕަބްލިކް އޮފް އިރާނަށް ހަމަލާއެއް ދިނުމަށް އިރާގުގެ ވައިގެ ސަރަހައްދު ބޭނުންކޮށް، ޔަޒަނިސްޓު ދައުލަތުން އިރާގުގެ ވައިގެ ސަރަހައްދާއި ސިޔާދަތަށް އަރައިގަތުން،" ކުށްވެރިކޮށްފައިވާނެ ކަމަށެވެ.

އިޒްރޭލުގެ ގާތް އެކުވެރިޔާ އަދި އެންމެ ގިނަ ހަތިޔާރު ފޯރުކޮށްދޭ ފަރާތް ކަމުގައިވާ އެމެރިކާ އާއެކު ކުރެވޭ މަޝްވަރާތަކުގައިވެސް އިރާގުގެ ޚާރިޖީ ވުޒާރާއިން މި މައްސަލަ ނަގާނެ ކަމަށް އަލް އަވަދީ ވިދާޅުވިއެވެ.

ޣައްޒާގެ ހަނގުރާމަ ފެށި ތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އަދި އިޒްރޭލާ ހިޒްބުﷲ އާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް މަހެއް ވެފައިވާ ދަނޑިވަޅެއްގައި، ސަރަހައްދީ ހަލަބޮލިކަން އިތުރުވުމުގެ ނުރައްކާ އޮތް ހާލަތެލަތެއްގައި، އިޒްރޭލުން ވަނީ ހޮނިހިރު ދުވަހު އިރާނުގެ އަސްކަރީ ތަންތަނަށް ވައިގެ ހަމަލާތަކެއް ދީފައެވެ.

އިޒްރޭލުގެ މި ހަމަލާއަކީ އޮކްޓޯބަރު 1 ގައި އިރާނުން ދިން މިސައިލް ހަމަލާއަށް ދިން ރައްދެއް ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. އިރާނުން އިޒްރޭލަށް މިސައިލް ހަމަލާ ދިނީ އިރާނާ ގާތް އަދި މަދަދުވެރިވާ ޖިހާދީ ގްރޫޕްތަކަށް ނިސްބަތްވާ ލީޑަރުންނާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސްގެ ކޮމާންޑަރެއް މަރާލުމުން އެކަންކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އިޒްރޭލުން އީރާނަށް ދިން ހަމަލާއާ ބެހޭ ގޮތުން އީރާނުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިގު ރާސްތާ މިސައިލް ހަމަލާތަކެއް އިޒްރޭލުން ދިނީ އެމެރިކާގެ ބެލެހެއްޓެމުގެ ދަށުގައިވާ އިރާގުގެ ވައިގެ ސަރަހައްދުގެ ތެރެއިން ކަމުގައެވެ.

ބަޣުދާދު އާއި ތެހެރާން އަކީ އެތައް އަހަރަކަށް ދިގުލައި ދިޔަ ނުރައްކާތެރި ހަނގުރާމައެއް ކޮށްފައިވާ ދެގައުމު ކަމުގައިވިޔަސް މިހާރު ވަރަށް ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. އިރާގާ އީރާނުގެ ގުޅުން ރަނގަޅު ވެގެން އައިސްފައި ވީނަމަވެސް، އިރާގުގައި އެމެރިކާގެ އަސްކަރީ ބޭސް އެއް އޮތުމާއެކު އިރާގުން އެމެރިކާއާއެކުވެސް ސްޓްރެޓެޖިކް ގުޅުމެއް އޮވެއެވެ.

އެމެރިކާގެ ސިފައިން އިރާގުގައި ތިބެނީ ބައިނަލްއަގުވާމީ ޓެރަރިޒަމާ ދެކޮޅު އިއްތިހާދުގެ ބައެއްގެ ގޮތުގައި މަންޒަރު ދައްކައިގެންނެވެ. އެހެން ނަމަވެސް އެމެރިކާ އިން މި ބުނާ މަގްސަދާ އެމެރިކާގެ އަމަލުތައް ހުންނަ ގޮތާ ފުށުއަރާކަން ފާހަގަ ވާ އެތައް ކަމެއް ސިޔާސީ އަދި ދިފާއީ ތަޖުރިބާކާރުން އަންނަނީ ފާހަގަ ކުރަމުންނެވެ.

އިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

19 އޯގަސްޓު 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި

ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި

12 ޖުލައި 2025
ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ﷲ ގެ އަދުއްވުން ކަމަށާއި، ފަސާދަ އުފައްދާ ދެމީހުން ކަމަށް 100 އިލްމުވެރިން ނެރުނު ބަޔާނެއްގައި ބުނެފި

ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ﷲ ގެ އަދުއްވުން ކަމަށާއި، ފަސާދަ އުފައްދާ ދެމީހުން ކަމަށް 100 އިލްމުވެރިން ނެރުނު ބަޔާނެއްގައި ބުނެފި

09 ޖުލައި 2025
އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ

އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ

09 ޖުލައި 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު