Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މެދު އީރާން އިން ކަންބޮޑުވުން ފާޅު ކޮށްފި

މޫސަވީ ވިދާޅުވީ އީރާން އިން އެއްވެސް ޙާލަތެއްގައި ހަނގުރާމައެއް ފަށާފައި ނުވާނެ ކަމަށް. އީރާން އިން ކުރިހާ ވެސް ކަމަކީ، އެ ޤައުމުގެ އަމިއްލަ ދިފާއުގައި މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޖޫން 2025 | ހޯމަ 06:07
އީރާނުގެ ސިފައިންގެ ކޮމާންޑަރު މެޖަރ ޖެނެރަލް އަބްދުއް ރަޙީމް މޫސާވީ

އީރާނުގެ ސިފައިންގެ ކޮމާންޑަރު މެޖަރ ޖެނެރަލް އަބްދުއް ރަޙީމް މޫސާވީ

އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލެވުނު އެއްބަސްވުމާ މެދު އީރާން އިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.އިސްރާއީލް އިން އިސްވެ، އީރާނަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި ވަނީ ވަރުގަދަ ހަނަގުރާމައެއް ފެށިފަ އެވެ. އެ ހަނގުރާމަައިގައި ދެ ޤައުމުން ވެސް ގިނަ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، 12 ދުވަސް ވީ ފަހުން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފަ އެވެ. އީރާންގެ ހަތިޔާރުވެރި ބާރުތަކުގެ އިސްވެރިޔާ ޢަބްދުއް ރަޙީމް މޫސަވީ ވިދާޅުވީ، އިސްރާއީލް އިން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނެ ކަމާ މެދު ޝައްކުތަކެއް އުފެދިފައިވާ ކަމަށެވެ. މޫސަވީ ވިދާޅުވީ އީރާން އިން އެއްވެސް ޙާލަތެއްގައި ހަނގުރާމައެއް ފަށާފައި ނުވާނެ ކަމަށެވެ. އީރާން އިން ކުރިހާ ވެސް ކަމަކީ، އެ ޤައުމުގެ އަމިއްލަ ދިފާއުގައި މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޝާރާތް ކުރަމުން މޫސަވީ ވިދާޅުވީ، އެ އެއްބަސްވުމަށް އިސްރާއީލް އިން އަމަލު ކުރާނެކަން ޔަގީން ނުވާ ކަމަށެވެ. ނަމަވެސް، އީރާން އިން މިހާތަނަށް ވެސް ދީފައި ވަނީ ފުރިހަމަ އެއްބާރުލުން ކަމަށާއި، ހަމަލާއެއް އަތުވެއްޖެ ނަމަ ދެން ވެސް ދިފާއުވާން މަސައްކަތް ކުރާނެ ކަމަށް ވެސް މޫސަވީ ވިދާޅުވެފައިވެ އެވެ. ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރާއީލް އިން ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ. އެ ހަމަލާތަކުގައި އީރާންގެ ނިއުކްލިއާ ސައިންޓިސްޓުން އަދި އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއް ވެސް ވަނީ ޝަހީދުވެފަ އެވެ. އިސްރާއީލް އިން ބުނެފައިވާ ގޮތުގައި އެ ހަމަލާތައް ދިނުމުގެ މަގުސަދަކީ އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމެވެ.އެހެން ނަމަވެސް، މިހާތަނަށް ވެސް އީރާން އިން ބުނަމުން އަންނަނީ އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް އަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ޚާއްސަ ޕްރޮގްރާމެއް ކަމަށެވެ. އިސްރާއީލް އިން ދިން ހަމަލާތަކުގެ ސަބަބުން ހަނގުރާމަ ފެށިފައި ވަނިކޮށް، އެމެރިކާ އިން ވެސް ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެ އީރާަންގެ ނިއުކްލިއާ މަރުކަޒު ތަކަކަށް ހަމަލާ ދީފަ އެވެ. ޓްރަމްޕް ވަނީ، އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް ޔުރޭމިއަން ފައްކާ ކޮށްފި ނަމަ، ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. ޓްރަމްޕްގެ ވެސް ހުށަހެޅުމަކަށް ވެފައި ވަނީ، އީރާން އިން ޔުރޭނިއަމް ފައްކާ ކުރުން ހުއްޓާލުމެވެ. އަދި އެއްވެސް މިންވަރަަކަށް އީރާން އިން އެކަން ކޮށްގެން ނުވާނެ ކަަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އީރާންގެ ޞިއްޙީ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި އެ ހަނގުރާމައިގައި އެ ޤައުމުން ވަނީ 627 މީހަކު ޝަހީދުވެފަ އެވެ. މީގެ އިތުރުން 4900 މީހަކުންނަށް އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމަަށް ވެސް ވަނީ ބުނެފަ އެވެ. 

އިޒްރޭލްއީރާންހަނގުރާމަނިއުކްލިއަރ ހަތިޔާރުއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު