Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އެމެރިކާ

އީރާންއާ ދެކޮޅަށް މަސައްކަތް ކުރުމަށް، ނަތަންޔާހޫ ޓްރަމްޕްގެ އެހީތެރިކަން ހޯދަނީ

އެކަމުގައި އިސްރާއީލަށް އެހީތެރިވާނެ ކަމަށް އެއްބަސްވެ، އެމެރިކާ އިން ލިޔުމުން ރަސްމީކޮށް އެކަން އަންގަން ވެސް އެދިވަޑައިގަންނަވާނެ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2025 | ބުދަ 08:19
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އީރާންއާ ދެކޮޅަށް އިސްރާއީލް އިން ފެށި ހަނގުރާމައިގައި، އަނެއްކާ ވެސް އީރާނާ ދެކޮޅަަށް މަސައްކަތް ކުރަން ޖެހިއްޖެ ނަަމަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަން ހޯދުމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ. 

ދެ ޤައުމުގެ ދެމެދުގައި އެކުލަވާ ލެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މިހާރު ހަނގުރާމަ މެދު ކަނޑާލާފައި ވީ ނަމަވެސް، އީރާން އިން ނިއުކްލިއާ ޕްރޮގްރާމް އަލުން އާރާސްތު ކުރަން މަސައްކަތް ކޮށްފި ނަމަ، އެކަމާ ދެކޮޅަށް އިސްރާއީލް އިން އަނެއްކާ ވެސް ޙަރަކާތްތެރިވާނެ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި އެކަމުގައި ޓްރަމްޕްގެ އެހީތެރިކަން ހޯދުމަށް ނަތަންޔާހޫ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ވާހަކަތައް ރިޕޯޓު ކޮށްފައި މި ވަނީ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވަން ނިންމަވާފައި ވަނިކޮށެވެ. އަދި އެ ދަތުރުގައި އެމެރިކާގެ ކިބައިން އެ ޔަގީންކަން ހޯދުމަށް ނަތަންޔާހޫ އެދިވަޑައިގަންނަވާނެ ކަމަށް ވެސް ރިޕޯޓު ކޮށްފަ އެވެ. އެގޮތުން އެކަމުގައި އިސްރާއީލަށް އެހީތެރިވާނެ ކަމަށް އެއްބަސްވެ، އެމެރިކާ އިން ލިޔުމުން ރަސްމީކޮށް އެކަން އަންގަން ވެސް އެދިވަޑައިގަންނަވާނެ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

އިސްރާއީލް އިން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާގައި އެ ތަންތަނަށް ގެއްލުން ވެފައިވާ ކަަމަށް ހާމަ ކޮށްފައި ވީ ނަމަވެސް، ގެއްލުން ލިބުނު މިންވަރާ މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. އެ ހަނގުރާާމައިގެ ތެރެއަށް ވަކި ހިސާބަކުން އެމެރިކާ އިން ވަދެފައިވާއިރު، އެމެރިކާ އިން ވެސް ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދީފަ އެވެ. 

އެކަމާ ގުޅިގެން އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްވީ ވިދާޅުވެފައި ވަނީ، އެމެރިކާ އިން ބަސްޓާ ބޮންތަކުން ތިން މަރުކަޒަކަށް ހަމަލާ ދިން ނަމަވެސް، އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް ފާހަގަ ކުރެވޭ ވަރުގެ ސީރިއަސް ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށެވެ. 

އީރާންއާ ދެކޮޅަށް އެމެރިކާގެ އެހީތެރިކަން ހޯދުމަށް ނަތަންޔާހޫ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ބުނެފައިވާއިރު، އެމެރިކާ އަކީ އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވަމުން އަންނަ ޤައުމެވެ.

ނަތަންޔާހޫޓްރަމްޕްއީރާންއިޒްރޭލްނިއުކްލިއަރ ޕްރޮގްރާމްއިޒްރޭލް-އިރާން ހަނގުރާމަ އިސްރާއީލު-އެމެރިކާ ގުޅުން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު