Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުދުމުހުތާރު ސިފަތައް ހައްލު ކުރުން

ސަރުކާރުގެ ހުދުމުހުތާރު ސިފަތައް ހައްލު ކުރުމަށް މަސައްކަތް ކުރާނީ ރައްޔިތުންނާއެކު، ރައްޔިތުން ބަސްބުނާ ހިސާބުން ފަހަތަށް ޖެހޭނެ: މެންބަރު ނާޒިލް

މަޖިލީހަށް ހުުށަހެޅޭ އެއްވެސް ގާނޫނެއް ނުވަތަ އެއްވެސް އިސްލާހަކަށް އިލްމީ ގޮތުން ދިރާސާ ކޮށްލުމަށް ފުރުސަތު ނުލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 އޮކްޓޯބަރު 2024 | ހޯމަ 11:13
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

މި ސަރުކާރުގެ ހުދުމުހުތާރު ހުރިހާ ސިފައެއް ހައްލު ކުރުމަށް މަސައްކަތް ކުރާނީ ރައްޔިތުންނާއެކު ކަމަށާއި، ރައްޔިތުން ބަސްބުނާ ހިސާބުން ސަރުކާރު ފަހަތަށް ޖެހޭނެ ކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ލާމަރުކަޒީ ނިޒާމުގެ ބާރު ކެނޑޭގޮތަށް މިސަރުކާރުން އަމަލުކުރަމުންދާތީ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލުކުރުމަށް އެމްޑީޕީގެ މެންބަރުން އެ މިނިސްޓްރީއަށް ދިޔަ ނަމަވެސް މިނިސްޓަރު ވަނީ ބައްދަލު ކުރުމަށް ދެކޮޅު ހައްދަވާފައެވެ. އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް މެންބަރު ނާޒިލް ވިދާޅުވީ މައްސަލަތައް ހައްލު ކުރުމަށް ގިނަ ގޮތްގޮތުން މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ކަންބޮޑުވުންތައް ހިއްސާކޮށް، ސަރުކާރުގެ ތެރެއިންނާއި، މަޖިލިސް ތެރެއިން ހައްލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މައްސަލަތަކަށް ހައްލު ނުލިބުމުން ހައްލު ކުރުމުގެ މަސައްކަތް ކުރަނީ ރައްޔިތުން ކަމަށާއި، ބާރު ފެށިގެންދަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ މަޖިލީހަށް ހުުށަހެޅޭ އެއްވެސް ގާނޫނެއް ނުވަތަ އެއްވެސް އިސްލާހަކަށް އިލްމީ ގޮތުން ދިރާސާ ކޮށްލުމަށް ފުރުސަތު ނުލިބޭ ކަމަށާއި، ރަނގަޅު ބަހުސްއެއް ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަވަސް އަރުވާލައިގެން ގާނޫނުތައް ފާސްކުރަމުންދަނީ ސަރުކާރުން ބޭނުންވާ ވަކިވަކި ކަންތައްތަކެއް ކުރުމުގެ މަގުސަދުގައި ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

މިސަރުކާރުން ހުދުމުހުތާރު ކަމުގެ ހުރިހާ ސިފައެއް ފެނިގެންދާއިރު، ރައްޔިތުން ބަސް ބުނަންޖެހޭ ކަމަށެވެ. އަދި ރައްޔިތުން ނުކުމެ ބަސް ބުނަން ފެށުމުން ސަރުކާރު ފަހަތަށް ޖެހޭނެ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން، (އީސީ) ގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާގޮތަށް ބަދަލުކުރަން ޤާނޫނުތަކަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާތީ މެންބަރު ނާޒިލް ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ކުރާނެ ކަމަށާއި، މި ދެމުއައްސަސާގެ މިނިވަންކަން ނަގާލާނެ ކަމަށެވެ. ނަމަވެސް ރައްޔިތުން މިކަންކަމާއި ދެކޮޅަށް ނުކުމެއްޖެނަމަ ނަތީޖާ ނެރެވޭނެ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

އިތުރަށް ކިޔާލަން

15 އެޕްރީލު 2025

މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް

15 އެޕްރީލު 2025
މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް
13 ފެބުރުއަރީ 2025

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
04 ފެބުރުއަރީ 2025

02 ފެބުރުއަރީ 2025

ބަންކަރިން މަޝްރޫޢުއަކީ މިހާރު އެންމެ ބޮޑު ޖޯކަށް ވެއްޖެ - ނާޒިލް

02 ފެބުރުއަރީ 2025
ބަންކަރިން މަޝްރޫޢުއަކީ މިހާރު އެންމެ ބޮޑު ޖޯކަށް ވެއްޖެ - ނާޒިލް
01 ފެބުރުއަރީ 2025

ރައްޔިތުންގެ ހައްގުގައި ދެން އެމްޑީޕީން ނުކުންނާނީ ނަސްރުގެ މައިދާނަށް: މެންބަރު ނާޒިލް

01 ފެބުރުއަރީ 2025
ރައްޔިތުންގެ ހައްގުގައި ދެން އެމްޑީޕީން ނުކުންނާނީ ނަސްރުގެ މައިދާނަށް: މެންބަރު ނާޒިލް
16 ޑިސެމްބަރު 2024

އަލިފާނުގެ ހާދިސާއާއި ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕީޖީން އެދެނީ

16 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާއާއި ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕީޖީން އެދެނީ
16 ޑިސެމްބަރު 2024

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އިހުމާލު އެބައޮތް: އެމްޑީޕީ

16 ޑިސެމްބަރު 2024
ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އިހުމާލު އެބައޮތް: އެމްޑީޕީ
13 ޑިސެމްބަރު 2024

"ބޭރު ފައިސާގެ ބިލު ކޮމިޓީން ފާސްކުރީ ޓުއަރިޒަމް ހަލާކުވެ ފުނޑުނަސް ވަރިހަމަކަމަށް ވިސްނުން ބަހައްޓައިގެން"

13 ޑިސެމްބަރު 2024
"ބޭރު ފައިސާގެ ބިލު ކޮމިޓީން ފާސްކުރީ ޓުއަރިޒަމް ހަލާކުވެ ފުނޑުނަސް ވަރިހަމަކަމަށް ވިސްނުން ބަހައްޓައިގެން"
12 ޑިސެމްބަރު 2024

ޤައުމު ބަނގުރޫޓު ނުވެއޭ ބުނާއިރު ޤައުމު އޮތީ ބަނޑަށް ޖެހިފައި - ނާޒިލް

12 ޑިސެމްބަރު 2024
ޤައުމު ބަނގުރޫޓު ނުވެއޭ ބުނާއިރު ޤައުމު އޮތީ ބަނޑަށް ޖެހިފައި - ނާޒިލް
09 ޑިސެމްބަރު 2024

ރައީސް މުއިއްޒު ހީފުޅުކުރައްވަނީ އެމަނިކުފާނަކީ އެންމެ ބާރުގަދަ ފަރާތްކަމަށް، އެއީ ކުށްހީއެއް - ނާޒިލް

09 ޑިސެމްބަރު 2024
ރައީސް މުއިއްޒު ހީފުޅުކުރައްވަނީ އެމަނިކުފާނަކީ އެންމެ ބާރުގަދަ ފަރާތްކަމަށް، އެއީ ކުށްހީއެއް - ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު