Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭރުފައިސާ ބިލު

"ބޭރު ފައިސާގެ ބިލު ކޮމިޓީން ފާސްކުރީ ޓުއަރިޒަމް ހަލާކުވެ ފުނޑުނަސް ވަރިހަމަކަމަށް ވިސްނުން ބަހައްޓައިގެން"

މި ބިލުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2024 | ހުކުރު 02:39
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް

ބޭރު ފައިސާއާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރީ، ޓުއަރިޒަމް ހަލާކުވެ ފުނޑުނަސް ވަރިހަމަކަމަށް ވިސްނުން ބަހައްޓައިގެން ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ސިއްރުން ޑޮލަރު ބިލު ކޮމިޓީން ފާސް ކޮށްފަައިވާތީ ނާޒިލް ވަނީ އޭނާގެ ވާހަކައިގައި އެކަމަށް ފާޑު ވިދާޅުވެފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި މި ބިލު މަޖިލީހަށް ހުށަހެޅީ ހޯމަ ދުވަހުކަމަށް ވާއިރު ބިލާއި ގުޅޭ ގޮތުން ސިނާއަތުގެ މީހުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުން ވެސް ބޭއްވީ ސިއްރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ބިލު ފުރިހަމަކުރުމަށް އެ ދާއިރާގެ ސްޓޭކް ހޯލްޑަރުން ދިން ބަސް އަޑު އަހާފައި ނުވަނީ ރައީސް ޑރ.މުހައްމަދުގެ އެންގެވުމަށް ކަމަށް ނާޒިލް ވަނީ ސިފަކުރައްވާފައެވެ. ނާޒިލް ވިދާޅުވީ އެކަން އެގޮތަށް ނިންމާފައި ވަނީ ޓުއަރިޒަމް ސިނާއަތް ފުނޑުނަސް މައްސަލަ އެއް ނެތް ކަމަށް ކޮމިޓީގެ މެމްބަރުންނަށް ސަރުކާރުގެ އެންމެ މަތީ ފަރާތުން އޯޑަރ ލިބުން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ސިނާއަތުގެ ގޮތުގައި އޮތް ފަތުރުވެރި ކަމަށް ބޮޑެތި އަސަރު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް ސަރުކާރުން އެކަމަށް ސަމާލުކަން ނުދޭ ކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވަނީ ތަޖުރިބާކާރުންގެ ބަސް ނޭހުމަކީ ސަރުކާރަށް ކަންކަން ރަނގަޅަށް ނުހިންގޭ އެއް ސަބަބު ކަމަށް ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހުށަހެޅުއްވި މި ބިލުގެ ބަހުސް މަރުހަލާ ކުރިއަށް ދިޔައީ އަންގާރަ ދުވަހުގެ ޖަލްސާގައެވެ.

އަންގާރަ ދުވަހު ބިލު ބަލައިގަނެ، މާލިއްޔަތު ކޮމިޓީ އަށް ފޮނުވި ބިލު ކޮމިޓީން ބުދަ ދުވަހު ވަނީ ފާސް ކޮށްފައެވެ.

މި ބިލުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. ނުވަތަ އެ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިން ސައްތަ ބޭންކިން ނިޒާމުގެތެރެއިން މާރުކުރަންޖެހޭނެއެވެ. އަދި ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އުޅަނދުތަކާއި އެނޫންވެސް ތަންތަނަށް އަންނަ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭނެއެވެ.

ސަރުކާރުން ހުށަހެޅި ބޭރު ފައިސާ އާ ބެހޭ ބިލުގެ މަސައްކަތް ވަރަށް އަވަސް އަރުވާލައިގެން ސަރުކާރުގެ ކޮންޓްރޯލުގެ ދަށުން ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުން ކުރަމުން ދާއިރު، ފުޅާ ދާއިރާ އެއްގައި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ދީފައި ނުވާކަން ފާހަގަ ކުރެވެއެވެ. އަދި ކޮމިޓީ އަށް މަޓީގެ މަންދޫބުން ހާޒިރު ކުރި ނަމަވެސް މަޓީގެ ހުށަހެޅުންތަކަކަށް މާބޮޑު ފަރުވާލެއް ކޮމިޓީން ދީފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްޑޮލަރުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު