Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު

ރައީސް މުއިއްޒު ހީފުޅުކުރައްވަނީ އެމަނިކުފާނަކީ އެންމެ ބާރުގަދަ ފަރާތްކަމަށް، އެއީ ކުށްހީއެއް - ނާޒިލް

ޤާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުންނަކީ އެންމެ ބާރުގަދަ ފަރާތްކަމަށާއި އެކަން ރައީސަށް އޮޅިވަޑައިގެންފައިވާ ކަމަށް ނާޒިލް ވަނީ ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2024 | ހޯމަ 14:46
ހުދުމުހުތާރު ވެރިކަމެއް ހިންގުމަށް ރައްޔިތުން ނިކަމެތިކުރާނަމަ އެކަމާ ދެކޮޅަށް ރައްޔިތުން ނުކުންނާނެ: މެންބަރު ނާޒިލް

ހުދުމުހުތާރު ވެރިކަމެއް ހިންގުމަށް ރައްޔިތުން ނިކަމެތިކުރާނަމަ އެކަމާ ދެކޮޅަށް ރައްޔިތުން ނުކުންނާނެ: މެންބަރު ނާޒިލް

ރައީސް މުއިއްޒު ދެކެވަޑައިގަންނަވަނީ އެ މަނިކުފާނަކީ އެންމެ ބާރުގަދަ ފަރާތުގެ ގޮތުގައި ކަމަށާއި އެއީ ކުށްހީއެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާޙިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް އެފަދައިން ވިދާޅުވީ އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ޤާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުންނަކީ އެންމެ ބާރުގަދަ ފަރާތްކަމަށާއި އެކަން ރައީސަށް އޮޅިވަޑައިގެންފައިވާ ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ ބާރުވެރިކަން ޑިސެމްބަރ 10ގައި ރައީސަށް ފެނިވަޑައިގަންނަވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. ޑިސެމްބަރު 10 ވަނަ ދުވަހު ޤާނޫނުއަސާސީގެ ދިފާއުގައި ބާއްވާ އެއްވުމުން އެކަން ފެންނާނެ ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. އެ ދުވަހު ރައްޔިތުންގެ ބާރުވެރިކަން ފެނިގެންދާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވަނީ ހައްގުތައް ހޯދަން ރައްޔިތުން ނުކުތުމަށް ގޮވާލައްވާފައެވެ. އަދި ރައްޔިތުންގެ މައްޗަށް ބާރު ގަދަކޮށް ބަސް ނުބުނެވޭނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ކުރީގެ މެމްބަރު ރާއި ވަނީ އެ އެއްވުމަށް ވީހާވެސް ގިނަ ބަޔަކު ދިއުމަށް އެދިވަޑައިގަންނަވާފައެވެ. އެ އެއްވުމަކީ ޤާނޫނާއި ޚިލާފު އެއްވުމެއް ނޫން ކަމަށާއި ބޭނުންވަނީ އާއްމުންގެ ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކުރަން ކަމަށް ރާއި ވިދާޅުވިއެވެ. ރާއި ވަނީ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ކުރާ އިރު ރައްޔިތުން ބަލަން ނުތިބޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ޑިސެމްބަރު 10 ވަނަ ދުވަހު ޤާނޫނުއަސާސީގެ ދިފާއުގައި އެއްވުމެއް ބާއްވަނީ އިދިކޮޅު އެމްޑީޕީން އިސްނަގައިގެންނެވެ. އެ އެއްވުމަށް އާއްމުން ދިޔަ ނުދިނުމަށް ސަރުކާރުން ދަނީ އެކި ސިފަސިފައިގައި މަސައްކަތްކުރަމުންނެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

އިތުރަށް ކިޔާލަން

15 އެޕްރީލު 2025

މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް

15 އެޕްރީލު 2025
މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް
13 ފެބުރުއަރީ 2025

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
04 ފެބުރުއަރީ 2025

02 ފެބުރުއަރީ 2025

ބަންކަރިން މަޝްރޫޢުއަކީ މިހާރު އެންމެ ބޮޑު ޖޯކަށް ވެއްޖެ - ނާޒިލް

02 ފެބުރުއަރީ 2025
ބަންކަރިން މަޝްރޫޢުއަކީ މިހާރު އެންމެ ބޮޑު ޖޯކަށް ވެއްޖެ - ނާޒިލް
01 ފެބުރުއަރީ 2025

ރައްޔިތުންގެ ހައްގުގައި ދެން އެމްޑީޕީން ނުކުންނާނީ ނަސްރުގެ މައިދާނަށް: މެންބަރު ނާޒިލް

01 ފެބުރުއަރީ 2025
ރައްޔިތުންގެ ހައްގުގައި ދެން އެމްޑީޕީން ނުކުންނާނީ ނަސްރުގެ މައިދާނަށް: މެންބަރު ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު