Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލު-ލުބުނާން ހަނގުރާމަ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 21ށް

ލުބުނާނުގެ ސިއްޙީ ވުޒާރާއިން ބުނެފައިވަނީ ހާރެތް ސައިދާއަށް އިޒްރޭލުން ދިން ހަމަލާގައި 9 މީހުން މަރުވެ 38 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ވެފައިވާ ކަމަށާއި، ދެކުނު ލުބުނާނުގެ އައިން ބާލް އަވަށަށް ދިން ހަމަލާގައި ނަރުހަކާއި މީހުން ރެސްކިއު ޓީމުގެ ތިން މީހުން ހިމެނޭ ގޮތަށް މަދުވެގެން 7 މީހުން މަރުވެފައި ވާކަމަށެވެ. މީގެ އިތުރުން، ބުރުޖް އަލް-ޝެމާލީގައި ވެސް 5 މީހުން މަރުވެފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 28 އޮކްޓޯބަރު 2024 | ހޯމަ 06:42
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ ގެއެއް

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ ގެއެއް

އާދިއްތަ ދުވަހު އިޒްރޭލުން ދެކުނު ލުބުނާނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 21 މީހުން މަރުވެއްޖެ ކަމަށް ލުބުނާނުގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ.

ލުބުނާނުގެ ސިއްޙީ ވުޒާރާއިން ބުނެފައިވަނީ ހާރެތް ސައިދާއަށް އިޒްރޭލުން ދިން ހަމަލާގައި 9 މީހުން މަރުވެ 38 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ވެފައިވާ ކަމަށާއި، ދެކުނު ލުބުނާނުގެ އައިން ބާލް އަވަށަށް ދިން ހަމަލާގައި ނަރުހަކާއި މީހުން ރެސްކިއު ޓީމުގެ ތިން މީހުން ހިމެނޭ ގޮތަށް މަދުވެގެން 7 މީހުން މަރުވެފައި ވާކަމަށެވެ. މީގެ އިތުރުން، ބުރުޖް އަލް-ޝެމާލީގައި ވެސް 5 މީހުން މަރުވެފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ބުރުޖް އަލް-ޝެމާލީގެ މުނިސިޕަލް ވެރިޔާއާ ހަވާލާދީ އޭއެންއައި ނޫސް އޭޖެންސީން ބުނާ ގޮތުގައި ބުރުޖް އަލް-ޝެމާލީއަށް އިޒްރޭލުން ދިން ޑްރޯން ހަމަލާ އަމާޒުވެފައިވަނީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގައި މީހުންނަށް އެހީވުމަށް އދ. އިން އުފައްދާފައިވާ ޖަމިއްޔާ،ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ(އަންރްވާ) އިން ހިންގާ ސްކޫލެއްގެ ކައިރިއަށެވެ.

ހަމަލާއާ ގުޅިގެން އަންރުވާގެ ތަރުޖަމާނު ބުނެފައިވަނީ މިހަމަލާ ސީދާ ސްކޫލަށް އަމާޒުވެފައިނުވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއްވެސް ލިބިފައިނުވާ ކަމަށެވެ.

އިސްރާއީލުގެ ބޯޑަރުން ގާތްގަނޑަކަށް 60 ކިލޯމީޓަރު (37 މޭލު) ދުރުގައިވާ ހާރެތް ސައިދާއަށް އިޒްރޭލުން ދިން ހަމަލާގައި 3 ބުރީގެ އިމާރާތެއްގެ މަތީ ބުރި މުޅިން ސުންނާފަތިވެފައިވާ ކަމަށް ވެސް އޭއެފްޕީއިން މައުލޫމާތު ދީފައިވެއެވެ. ކައިރީގައި ހުރި އިމާރާތްތަކަށްވެސް ގެއްލުން ލިބިފައިވާކަމަށާއި ލުބުނާނުގެ ސިފައިން އެ ސަރަހައްދަށް ވަނުން މަނާކޮށްފައިވާކަމަށް އެނޫހުން ރިޕޯޓްކުރެއެވެ.

އެ ސަރަހައްދަކީ ސެޕްޓެމްބަރު މަހު އިޒްރޭލުން ހިޒްބުﷲއާ ދެކޮޅަށް ހަނގުރާމަ ފެށުމަށްފަހު ދެކުނު ލުބުނާނުގެ އެހެން ސަރަހައްދުތަކުން ފިލައިގެން އައިސް މީހުން އުޅޭ ތަނެކެވެ. އޭއެފްޕީ އިން ބުނެފައިވަނީ އިޒްރޭލުން ހަމަލާ ދިނުމުގެ ކުރިން އެ ސަރަހައްދު ހުސްކުރުމަށް އެއްވެސް އިންޒާރެއް ދީފައިނުވާ ކަމަށެވެ.

ލުބުނާނުގެ ސިއްޙީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ސެޕްޓެމްބަރު 23ން ފެށިގެން އިޒްރޭލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 1،620 މީހުން ވަނީ މަރުވެފައެވެ.

ލެބަނަންއިޒްރޭލްއިޒްރޭލް-ލުބުނާން ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު