Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އާޓެޓާ ބުނީ ލިވަޕޫލާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް!

އާޓެޓާ ބުނީ ކޮންމެ ވަގުތެއްގައި ވެސް އިދިކޮޅު ޓީމަށް ގެއްލުން ދޭން ލިވަޕޫލަށް އިނގޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 03:15
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި، އެ ޓީމާ މެދު ވަރަށް ބޮޑަށް ސަމާލުވާަން ޖެހޭނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ އާސެނަލްގެ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް އެ ޓީމުން ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުންނައިރު އާސެނަލް އޮތީ ލީގު ތާވަލްގެ ތިން ވަނައިގަ އެވެ. މި ސީޒަންގެ ކުރިން، އޯގަސްޓު މަހުގެ ތެރޭގައި އާސެނަލް އިން ވަނީ ލިވަޕޫލްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު ކާމިޔާބު ކުރީ ލިވަޕޫލް އިންނެވެ.

އާޓެޓާ ބުނީ، ފާއިތުވި ނުވަ އަހަރު ދުވަހަށް ބަލާއިރު ލިވަޕޫލް ވަނީ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި ވާދަކޮށްފައި ކަމަށެވެ. އަދި ލިވަޕޫލް އިން ވަނީ އެ ޓީމުގެ ފެންވަރާއި، އެ ޓީމަށް ކަންކަން ކުރެވޭނެ މިންވަރު ވެސް ދައްކައިދީފައި ކަމަށް އާޓެޓާ ބުންޏެވެ. އެހެންކަމުން އަދި ވެސް ލިވަޕޫލް އޮތީ އެގޮތުގައި ކަމަށާއި، ވާދަވެރި މެޗުތަކަށް އެ ޓީމު ފަރިތަވާނެ ކަމަށް ވެސް އާޓެޓާ ބުންޏެވެ.

މީގެ އިތުރުން އާޓެޓާ ބުނީ ކޮންމެ ވަގުތެއްގައި ވެސް އިދިކޮޅު ޓީމަށް ގެއްލުން ދޭން ލިވަޕޫލަށް އިނގޭނެ ކަމަށެވެ. ޚާއްސަކޮށް އެ ޓީމުގައި ތިބި ވަކި ވަކި ކުޅުންތެރިންނަށް ބަލާއިރު، އެ ކުޅުންތެރިންނަކީ އެކަން ކުރެވޭނެ ފެންވަރުގެ ކުޅުންތެރިންގެ ގޮތުގައި އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ. ނުވަ އަހަރުގެ ތެރޭގައި ލިވަޕޫލް އިން ދައްކާފައި ކުޅުމާއި، ހޯދާފައިވާ ކާމިޔާބަކީ އެކަމުގެ ހެއްކެއް ކަމަށް ވެސް އާޓެޓާ ބުންޏެވެ.

އާސެނަލް ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ ލީގުގައި އެންމެ ފަހުން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވި ނަމަވެސް، އެ މެޗު އާސެނަލް އިން ފެށީ ރަނގަޅަށް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ވަކި ހިސާބަކުން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ކަމަށާއި، އެ މެޗުން ވީ ބައްްޔާއެކު ހިތްވަރާ އެކު ތެދުވާން އާސެނަލަށް މަޖުބޫރު ކަމަށް ވެސް އޭނާ ބުންޏެވެ. އާޓެޓާ ބުނީ އެކަން ފޫބައްދާލުމަށް އާސެނަލަށް ލިބޭ އެންމެ ބޮޑު ފުރުސަތަކީ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ކަމަށާއި، އެ މެޗަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

އޭނާ ބުނި އަބަދު ވެސް އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އެކަހަލަ ވާދަވެރި އަދި ފޯރިގަދަ މެޗުތަކަށް އިންތިޒާރު ކުރެވޭ ކަމަށެވެ. ޚާއްސަކޮށް އާސެނަލްގެ ސަޕޯޓަރުންގެ ރޫހާއި، ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާ އެކު، އެ މެޗުން ނަތީޖާ ނެރުމަށް ބޭނުންވެފައި ހުރިކަން އާޓެޓާ ފާހަގަ ކުރި އެވެެ. އާސެނަލް އާއި ލިވަޕޫލް ވާދަކުރާ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ރޭގަނޑު 21:30 ގައެވެ.

އާސެނަލްލިވަޕޫލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު