Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީރާން-އިޒްރޭލް ހަނގުރާމަ

އިޒްރޭލުން އީރާނަށް ހަމަލާ ދީފި

މިއީ އީރާނުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ދިން ހަމަލާއެއް ކަމަށް އިޒްރޭލުން ބުނޭ

ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2024 | ހޮނިހިރު 05:44
އީރާނުގެ ދިފާއީ ރޮކެޓް ނިޒާމުގެ މަންޒަރެއް - އީރާނުން ބުނަނީ އިޒްރޭލުގެ ހަމަލާތައް އެގައުމުގެ ދިފާއީ ނިޒާމުން މަތަކުރި ކަމަށް

އީރާނުގެ ދިފާއީ ރޮކެޓް ނިޒާމުގެ މަންޒަރެއް - އީރާނުން ބުނަނީ އިޒްރޭލުގެ ހަމަލާތައް އެގައުމުގެ ދިފާއީ ނިޒާމުން މަތަކުރި ކަމަށް

އިޒްރޭލުން ހޮނިހިރު ދުވަހު ހެނދުނު އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފިއެވެ.

މިއީ އީރާނުން އިޒްރޭލަށް ދިން ރޮކެޓް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާ އެއް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

އީރާނުގެ ސިފައިންވަނީ އިޒްރޭލުގެ ހަމަލާތައް އެގައުމުގެ އީލާމް، ޚުޒެސްތާން އަދި ވެރި ރަށް ތެހެރާން ގައި ހުރި އަސްކަރީ މަރުކަޒުތަކަށް އަމާޒުކުރެވުނު ކަމަށާއި، އޭގެ ސަބަބުން "ކޮންމެވެސް ވަރެއްގެ" ގެއްލުންތަކެއް ލިބުނުކަން ކަށަވަރުކޮށްދީފައެވެ.

އީރާނުން ބަދަލު ހިފުމުގެ ގޮތުން އިތުރު ހަމަލާތަކެއް ދީފިނަމަ، އިޒްރޭލުގެ ސިފައިންނަށް "ޖަވާބުދާރީވާން މަޖުބޫރުވާނެ" ކަމަށް ބުނެ އިޒްރޭލުން ވަނީ އިންޒާރު ދީފައެވެ.

"އިސްލާމިކް ރިޕަބްލިކްގެ އޮފިޝަލުން ކުރިން ދީފައިވާ އިންޒާރުތަކާ ބެލުމެއް ނެތި، ޖަރީމާތައް ހިންގާ ޣައިރު ޤާނޫނީ ޒަޔަނިސްޓް ވެރިކަމުގެ ފަރާތުން ނުރައްކާތެރި ޢަމަލުތަކުން ދުރުހެލިވުމަށް އެންގުމުންވެސް، މި ފޭކު ވެރިކަމުން މިއަދު ހެނދުނު ތެހުރާން، ޚުޒެސްތާން އަދި އިލާމް ޕްރޮވިންސްގެ އަސްކަރީ މަރުކަޒުތަކުގެ ބައިތަކަކަށް ހަލަބޮލިކަން އުފެދޭފަދަ ޢަމަލެއް ހިންގައިފިއެވެ،" ހޮނިހިރު ދުވަހުގެ ހެނދުނު އީރާނުގެ އެއަރ ޑިފެންސް ފޯސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޤައުމުގެ އިންޓަގްރޭޓެޑް ވައިގެ ދިފާއީ ނިޒާމުން މި އުދުވާނީ ޢަމަލު ކާމިޔާބުކަމާއެކު ހުއްޓުވައި، އެއަށް ރައްދު ދީފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ ކުރިން، ސަލާމަތީ ވަސީލަތްތަކުން ބުނެފައިވަނީ ތެހުރާންގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ބައެއް މީހުންނަށް އިވުނު ބާރު އަޑުތަކަކީ އެއަރ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓްވުމުގެ ސަބަބުން އިވުނު އަޑުތަކެއް ކަމަށެވެ.

އީރާނުގެ ރަސްމީ އައި.އާރް.އެން.އޭ ނިއުސް އެޖެންސީން ހޮނިހިރު ދުވަހުގެ ހެނދުނު ސަލާމަތީ މަސްދަރަކާ ޙަވާލާދީ ބުނެފައިވަނީ ވެރިރަށުގައި އިވުނު ބައެއް އަޑުތަކަކީ "ތެހުރާންގައި ހިންގި ދިފާޢީ ޙަރަކާތްތަކުގެ" ސަބަބުން އިވުނު އަޑުތަކެއް ކަމަށެވެ.

އެ ނިއުސް އެޖެންސީން ބުނެފައިވަނީ އެހީތެރިކަން ބޭނުންވާ އެއްވެސް ހާދިސާއެއްގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށާއި، މެހްރާބާދް އިންޓަނޭޝަނަލް އެއަރޕޯޓާއި އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއަރޕޯޓު "އާންމު" ހާލަތުގައި އޮތް ކަމަށެވެ.

އައި.އާރް.އެން.އޭ އިން ބުނެފައިވަނީ އީރާނުގެ އެއަރ ޑިފެންސްތަކުން "ތެހުރާން ޕްރޮވިންސްގެ ވައިގެ ސަރަޙައްދުގައި ދުޝްމަނުންގެ ހަމަލާތައް ކާމިޔާބުކަމާއެކު ވައްޓާލައިފައިވާ" ކަމަށެވެ.

އޮންލައިންކޮށް ޙިއްސާކުރެވުނު ފުޓޭޖްތަކުގައި ފެނިފައިވަނީ އީރާނުގެ ވެރިރަށުގެ މަތީގައި ހިންގި އިންޓަރސެޕްޝަންތަކެއް ކަމަށް ބެލެވޭ މަންޒަރުތަކެއް ކަމަށް އީރާނުގެ ޕްރެސް ޓީވީން ބުނެއެވެ.

އީރާނަށް ވައިގެ މަގުން ކުރާ ހުރިހާ ދަތުރުތަކެއް ވަނީ ކެންސަލް ކުރެވިފއެވެ.

ތަސްނިމް ނިއުސް އޭޖެންސީން ބުނެފައިވަނީ، އިރާނަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށް އީރާނުން ދެކޭ ކަމުގައެވެ.

ހަމަލާތަކަށް ފަހުވެސް ތެހެރާންގެ އާންމު ހާލަތު ރަނގަޅު ކަމަށް އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ.

އިޒްރޭލުން އީރާނަށް ހޮނިހިރު ދުވަހުގެ ފަތިހު ދިން ހަމަލާ އާ ބެހޭ ގޮތުން އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އީރާނަނަށް އެމީހުން ދިން ޙަމަލާ ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން އީރާނުގެ މިސައިލް އުފައްދާ ތަންތަނާއި، ބިމުން-ވައިގެތެރެއަށް ދޫކުރާ މިސައިލްތަކަށާއި އަދި އެހެނިހެން އީރާނުގެ ވައިގެ ގާބިލްކަން ހުރި ތަންތަނަށް ޙަމަލާދީފައިވާ ކަމަށް ބުނެފައިވެއެވެ. އިޒްރޭލުގެ ސިފައިން ބުނެފައިވަނީ އެމީހުންގެ މަޤްޞަދުތައް ޙާޞިލުވެފައިވާ ކަމަށެވެ.

"އިންޓެލިޖެންސް މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އައިއޭއެފް (ވައިގެ ބާރު) ގެ މަތިންދާބޯޓުތަކުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގާއި އިޒްރޭލަށް އީރާނުން ފޮނުވާލި މިސައިލްތައް އުފެއްދި ތަންތަނަށް ޙަމަލާދީފައިވާނެ،" ކަމަށް އިޒްރޭލު ސިފައިންގެ ބަޔާނުގައި ބުނެފައިވެއެވެ.

"އެއާއެކު، ބިމުން-ވައިއަށް ދޫކުރާ މިސައިލްތަކާއި އީރާނުގެ އިތުރު ވައިގެ އަސްކަރީ ވަސީލަތްތަކަށް އައިޑީއެފް އިން ޙަމަލާދީފައިވާނެ،" ކަމަށް އިޒްރޭލު ސިފައިން ބުނެފައިވެއެވެ. އަދި "ބަދަލުހިފުމުގެ ޙަމަލާ ނިމި، މިޝަން ފުރިހަމަވެފައިވާ،" ކަމަށްވެސް ބުނެފައިވެއެވެ.

މި އޮޕަރޭޝަން ނިމި، ހުރިހާ މަތިންދާބޯޓުތަކެއް "ރައްކާތެރިކަމާއެކު އަނބުރާ އައިސްފައިވާ" ކަމަށްވެސް އިޒްރޭލުގެ ބަޔާނުގައި ބުނެފައިވެއެވެ.

ހޫނު ހަބަރުއިޒްރޭލް-އިރާން ހަނގުރާމަ އިޒްރޭލްއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު