Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ އިން އުތުރުކޮރެއާގެ ސިފައިން ބޭނުންކުރުން– ޕުޓިން ވިދާޅުވީ އެއީ ރަޝިޔާގެ އަމިއްލަ ކަމެއް ކަމުގައި

އެމެރިކާ އިން މިދިޔަ ބުދަ ދުވަހު ބުނެފައިވަނީ އުތުރު ކޮރެއާގެ 3،000 ސިފައިން ރަޝިޔާއަށް ފޮނުވާފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށާއި، މިއީ ޔުކްރެއިންގެ ހަނގުރާމައިގައި ބޭނުންކުރުމަށް ކަމަށް ބެލެވޭ ކަމަށެވެ. ހުޅަނގުގެ ގައުމުތަކުން މިކަން ދެކެނީ ޔުކްރެއިންގެ ހަނގުރާމަ އިތުރަށް ގޯސްވެގެން ދިއުމުގެ ކަމެއްގެ ގޮތުގައެވެ.

ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2024 | ހުކުރު 17:02
އޮކްޓޯބަރ 23، 2024 ގައި ރަޝިޔާގެ ކަޒާންގައި ބޭއްވި ބްރިކްސް ސަމިޓްގައި ޕުޓިން ބައިވެރިވެވަޑައިގަންނަވަނީ

އޮކްޓޯބަރ 23، 2024 ގައި ރަޝިޔާގެ ކަޒާންގައި ބޭއްވި ބްރިކްސް ސަމިޓްގައި ޕުޓިން ބައިވެރިވެވަޑައިގަންނަވަނީ

ރަޝިޔާއިން އުތުރު ކޮރެއާގެ ސިފައިން ބޭނުންކުރުމަށް ނިންމުމަކީ ރަޝިޔާގެ ކަމެއް ކަމަށާއި، ޔުކްރެއިން ނޭޓޯ ގައި ބައިވެރިވާން ބޭނުންވާނަމަ ރަޝިޔާއަށް ވެސް އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ކަމެއް ކުރެވިދާނެ ކަމަށް ރައީސް ވުލެޑިމިއަރ ޕޫޓިން ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

އެމެރިކާ އިން މިދިޔަ ބުދަ ދުވަހު ބުނެފައިވަނީ އުތުރު ކޮރެއާގެ 3،000 ސިފައިން ރަޝިޔާއަށް ފޮނުވާފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށާއި، މިއީ ޔުކްރެއިންގެ ހަނގުރާމައިގައި ބޭނުންކުރުމަށް ކަމަށް ބެލެވޭ ކަމަށެވެ. ހުޅަނގުގެ ގައުމުތަކުން މިކަން ދެކެނީ ޔުކްރެއިންގެ ހަނގުރާމަ އިތުރަށް ގޯސްވެގެން ދިއުމުގެ ކަމެއްގެ ގޮތުގައެވެ.

ޔުކްރެއިންގެ މިލިޓަރީ އިންޓެލިޖެންސް ސަރވިސްއިން ބުނެފައިވަނީ ރަޝިޔާގައި ތަމްރީނު ކުރެވުނު އުތުރު ކޮރެއާގެ ފުރަތަމަ ޔުނިޓްތައް ކާސްކް ސަރަޙައްދުގައި ރުކުރުވާލެވިފައިވާ ކަމަށެވެ. މިއީ އޯގަސްޓް މަހު ޔުކްރެއިންގެ ބާރުތަކުން މި ސަރަޙައްދުގެ ބައެއް އަތުލާފައިވާ ރަޝިޔާގެ ބޯޑަރު ސަރަޙައްދެކެވެ.

"އަޅުގަނޑުމެން ކަމެއް ނިންމަން ޖެހޭ ހިނދު، އަޅުގަނޑުމެން ނިންމާނަން... އެކަމަކު އެއީ އަޅުގަނޑުމެންގެ ސިޔާދަތީ ނިންމުމެއް، އަޅުގަނޑުމެން އެކަން ތަންފީޒުކުރާނީތޯ، ނުކުރާނީތޯ، އަޅުގަނޑުމެންނަށް އެކަން ބޭނުންވޭތޯ،" ޕުޓިން ރަޝިޔާގެ ދައުލަތުގެ ޓީވީގައި ވިދާޅުވިއެވެ. "މިއީ އަޅުގަނޑުމެންގެ ކަމެއް."

ޕުޓިން ވިދާޅުވީ ހުޅަނގުގެ ޤައުމުތަކުން ތަކުރާރުކޮށް ބުނަމުންދަނީ ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތަކީ ޔުކްރެއިންގެ އަމިއްލަ ކަމެއް ކަމަށެވެ - "ނޭޓޯއާ އެކު ތޯ ނުވަތަ ނޭޓޯ ނުލައިތޯ." ޕުޓިން ފާހަގަ ކުރެއްވިއެވެ.

ޕުޓިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ޖޫން މަހު ޕުޓިން ޕިޔޮންގްޔަންގް އަށް ކުރެއްވި ދަތުރުފުޅުގައި ފުޅާ ދާއިރާއެއްގެ ސްޓްރެޓީޖިކް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

މި އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ: "އެއްވެސް ޤައުމަކުން ނުވަތަ ގިނަ ޤައުމުތަކުން އެއްފަރާތަކަށް ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީފިނަމަ އަދި އޭގެ ސަބަބުން އެފަރާތަކަށް ހަނގުރާމައިގެ ޙާލަތެއްގައި މެދުވެރިވެއްޖެނަމަ، އަނެއް ފަރާތުން ވަގުތުން އެފަރާތުގެ އަތުގައިވާ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ސިފައިންނާ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ."

އުތުރު ކޮރެއާއިން ރަޝިޔާއަށް ސިފައިން ފޮނުވާފައިވާ ކަމަށް އެމެރިކާއިން ކުރި ތުހުމަތު ޕުޓިންގެ ވާހަކަފުޅުގައި ދޮގެއް ނުކުރައްވައެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ޕިޔޮންގްޔަންގްއާއެކު އޮތް ދިފާޢީ އެއްބަސްވުން ތަންފީޒް ކުރާނެ ގޮތަކީ މޮސްކޯގެ ކަމެއް ކަމަށެވެ.

އުތުރު ކޮރެއާއިން ހުކުރު ދުވަހު ބުނެފައިވަނީ، ރަޝިއާއަށް އެ ގައުމުގެ ސިފައިން ފޮނުވާފައިވާނަމަ އެކަން ކޮށްފައިވާނީ ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތަށް ކަމަށެވެ.

އުތުރު ކޮރެއާ އިން ރަޝިޔާ އަށް ސިފައިން ފޮނުވި ކަމަށް ސީދާ ބުނެފައެއް ނުވެއެވެ.

ކޮރެއާގެ ރަސްމީ ސެންޓްރަލް ނިއުސް އޭޖެންސީ އިން ބުނެފައިވާ ގޮތުގައި، ރަޝިޔާ އާ ބެހޭ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކިމް ޖޯންގް ގިޔު ވިދާޅުވެފައިވަނީ، "ދުނިޔޭގެ މީޑިއާތަކުން ދައްކާ ވާހަކަ އެއީ ތެދުކަމަށްވާނަމަ، އެއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ގަވާއިދުތަކާ އެއްގޮތަށް ކުރެވިފައިވާ ކަމެއް،" ކަމުގައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު