Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ ފިރިހެން ވޮލީބޯޅަ ޗެމްޕިއަންޝިޕް

ޤައުމީ ފިރިހެން ވޮލީ ޓީމާ ޖާޒީ ހަވާލުކޮށްފި

އުޒްބަކިސްތާނުގައި މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ފަސް ޤައުމެއް ވާދަކުރާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2024 | ބުރާސްފަތި 07:45
ޤައުމީ ފިރިހެން ޓީމާ ޖާޒީ ހަވާލު ކުރުމުގެ ތެރެއިން

ޤައުމީ ފިރިހެން ޓީމާ ޖާޒީ ހަވާލު ކުރުމުގެ ތެރެއިން

މި މަހު އޮންނަ ކާވާ ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ފިރިހެން ވޮލީބޯޅަ ޓީމާ ޖާޒީ ހަވާލުކޮށްފި އެވެ.

ހުޅުމާާލޭ ސިންތެޓިކް ޓްރެކުގައި ބުދަ ދުވަހު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ވޮލީ ޓީމާ ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެވެ. މި ރަސްމިއްޔާތުގައި ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަތީފް އަދި އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

އުޒްބަކިސްތާނުގައި މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ފަސް ޤައުމެއް ވާދަކުރާނެ އެވެ. އެއީ ތުރުކެމިނިސްތާން، ތަޖަކިސްތާން، ނޭޕާލް، އަފްޣާނިސްތާން، މުބާރާތް ބާއްވާ ޤައުމު އުޒްބަކިސްތާން އަދި ދިވެހިރާއްޖެ އެވެ.

މުބާރާތަށް ރާއްޖެ އިން އެކުލަވާލި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ، އަލީ އާމިރު، މުޙައްމަދު އަޙުސަން، އަލީ ނިމާލް، ޙުސެއިން ޝާހިދު، އާދަމް ފައިރޫޒް، މުޙައްމަދު ނައީމް، އިޝާން މުޙައްމަދު، އިސްމާއީލް ސާޖިދު، ޙުސެއިން ރަޒާން، ޙަސަން ނިލާމް، އާދަމް ނަސީމް، އަޙުމަދު ނާފިއު، ޝަމާއީލް ޙުސެއިން އަދި އަޙުމަދު މުޒްލިފް އެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ މުޙައްމަދު ޝަރަފް އެވެ. އޭނާގެ އެސިސްޓެންޓު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޢަބްދުﷲ ޖުނައިދު އެވެ. އަދި ޓްރެއިނަރުގެ ގޮތުގައި މަސައްކަތް ކުރާނީ އަޙުމަދު ޢަބްދުލް ކަރީމް (ލޯންގޭ) އެވެ.

ކާވާ ވޮލީ ބޯޅަ ޗެމްޕިއަންޝިޕްގައުމީ ވޮލީބޯޅަ ޓީމު

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2024

ކާވާ މުބާރާތުގެ ޓޮޕް ސްކޯރާ އަކަށް ކުޑަކާއްޓެ

26 އޮކްޓޯބަރު 2024
ކާވާ މުބާރާތުގެ ޓޮޕް ސްކޯރާ އަކަށް ކުޑަކާއްޓެ
24 އޮކްޓޯބަރު 2024

ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި

24 އޮކްޓޯބަރު 2024
ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި
23 އޮކްޓޯބަރު 2024

ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

23 އޮކްޓޯބަރު 2024
ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ
21 އޮކްޓޯބަރު 2024

އަފްޣާނިސްތާން އިން ރާއްޖެ ބަލި ކުރީ ސީދާ ތިން ސެޓުން

21 އޮކްޓޯބަރު 2024
އަފްޣާނިސްތާން އިން ރާއްޖެ ބަލި ކުރީ ސީދާ ތިން ސެޓުން
14 މެއި 2024

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

14 މެއި 2024
މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު