Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ޔުމްނާ އަބްދުއްރަޝީދު

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

އޭނާގެ ހުނަރަށް މުޅި ރާއްޖެ އެދުނު، ޔުމްނާ އަކީ ކުރީގެ އެއްވަނަ ސްޕައިކަރު

ރާއްޖެ އެމްވީ | 14 މެއި 2024 | އަންގާރަ 04:04
ޔުމްނާ އަބްދުއްރަޝީދު

ޔުމްނާ އަބްދުއްރަޝީދު

ހުއްރިއްޔާގެ ވޮލީ ކޯޓުގައި ކޯޗު މުހައްމަދު ނަދީމާއި އޭނާގެ އަންހެނުން ޝާއިރާ ސަލީމް ތިބީ 16 އަހަރުން ދަށުގެ ވޮލީ ކުޅުންތެރިންތަކެއް ގޮވައިގެންނެވެ. އެތަނުން ކުއްޖަކު ދައްކާފައި ނަދީމް ބުނީ އެކުއްޖާ، ވާނީ އޭނާގެ މަންމަ ފަދަ މޮޅު ކުޅުންތެރިއަކަށް ކަމަށެވެ.

ނަދީމާ ވާހަކަ ދައްކަން އަޅުގަނޑުމެން ތިބިއިރު، ކުޅުންތެރިންނަށްވުރެ ބޮޑަށް އަޅައިގަތީ ދޭތެރެދޭތެރެއިން ކޯޓަށް އަރައި އެހީތެރިވަމުންދިޔަ އަންހެނެކެވެ. އޭނާ ހުރީ ކަޅު ހެދުމުގައި، މޫނު ބުރުގާ އަޅައިގެންނެވެ. މިއީ ވޮލީ ކޯޓަކުން ދުވަހަކު ވެސް ފެނުނު މަންޒަރެއްނޫނެވެ. އެއީ ކާކުތޯ އެހުމުން ނަދީމް، އެ އަންހެންމީހާ ވެސް ތައާރަފްކޮށްދިނެވެ.

މުޅި މީހާ ފޮރުވިގެން އެހުރީ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ޔުމްނާ އަބްދުއްރަޝީދެވެ. މަޝްހޫރު ނަމުންނަމަ ހުރާ ޔުމްނާ އެވެ. ކިއުންތެރިންނާ ހަމައަށް އޭނާގެ ވާހަކަ ގެނެސްދޭން ޝައުގުވެރި އެއް ސަބަބަކީ އޭނާގެ މި "ބޮޑު ބަދަލެ"ވެ.

ޔުމްނާ އަކީ ރާއްޖޭގެ އަންހެން ވޮލީ، އެންމެ ފޯރިގަދަވި ދުވަސްވަރު އަރައިގެން އައި އަލިގަދަ ތަރި އެކެވެ. ބާރު ޖެހުންތެރިއެކެވެ. މެދުން އަރައި ނިންމާލަން ވެސް އެހާމެ މޮޅު ކުޅުންތެރިއެކެވެ.

އޭނާއާ ވާހަކަ ދައްކާލުމުން ބުނީ "މިއައީ ދަރިފުޅު ކުޅޭތަން ބަލާށާއި ޕްރެކްޓިސް ނިމުނީމާ އޭނާ ގެންދަން،" ކަމަށެވެ.

ޔުމްނާ ވޮލީ ކުޅެން ފެށީ ނަދީމް ހުރާގެ ފުޓްބޯޅަ ޓީމަށް ކުޅުނު ދުވަސްވަރު އެވެ. ހުސްވަގުތުގައި ނަދީމް ދިޔައީ ހުރާ ސްކޫލްގެ ވޮލީ ކުޅުންތެރިންނަށް އެހީތެރިވެދެމުންނެވެ. ފަހުން ޔުމްނާ ބަދަލުވީ އަހުމަދިއްޔާ ސްކޫލަށެވެ. އޭނާގެ ހުނަރުން ރާއްޖޭގެ ވޮލީ ފެންވަރު މަތިކޮށްދޭނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުން ޔުމްނާގެ ވާހަކަ ނަދީމް ދެއްކީ ގާތް އެކުވެރިޔާ ވެލެންސިއާގެ ފިނިވާ އަބްދުލް ހަމީދު ގާތުގަ އެވެ. ވެލެންސިއާގެ ނުލާއި ރީނދޫ ޖާޒީގައި ޔުމްނާގެ ފުރިހަމަ ފެނިމުމާއެކު ވެސް ގައުމީ ޓީމުން ޖާގަ ލިބުނެވެ. އެވާހަކަ ދައްކަމުން ޔުމްނާ ވެސް ބުނީ އެއީ "އެންމެ އުފާވެރި އެއް ދުވަސް،" ކަމަށެވެ.  

ސާފް ގޭމްސްގައި ގައުމީ ޓީމުގައި ދެއްކި ކުޅުމާއެކު ރާއްޖޭގެ ގަދަ ހުރިހާ ޓީމަކުން އޭނާ ބޭނުންވި އެވެ. ވެލެންސިއާ އަށް ފަހު ސްޓެލްކޯ އާއި އެސްޓީއޯ، އައްޑު އަތޮޅު މާދެލައަށް އޭނާގެ ބާރު ނިންމާލުންތަކާއެކު ގިނަ ތަށިތައް ހޯދައިދިނެވެ. އެންމެ މޮޅު ސްޕައިކަރުގެ މަގާމު އެތައް ފަހަރަކު ހޯދި އެވެ. ހާއްސަކޮށް މާދެލަގައި އިންޑިޔާގެ މޮޅު ކުޅުންތެރިން ތިއްބައި ޔުމްނާގެ ވިދުންގެދަވުމަކީ އޭނާގެ ކުރު ކެރިއަރުގެ ހާއްސަ ކާމިޔާބީއެކެވެ. އެންމެ ފަހުން ކުޅުނީ މަމީސް ޓީމަށެވެ. އެސޯސިއޭޝަންކަޕް ފައިނަލަށް މަމީސް ދިޔައިއިރު އޭނާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އެވެ.

އެކަމަކު މިއަށްވުރެ ބޮޑަށް 17 އަހަރުގައި ފެށި ކެރިއަރު 23 އަހަރުގައި ހުއްޓުވާލި ސަބަބުތަކެއްވެ އެވެ. އެންމެ ބޮޑު ސަބަބަކީ މާލޭގައި އުޅެން ދަތިވުމާއި ރަށުގައި ހުރެފައި ވޮލީ ކުޅެން ގިރާކުރަންޖެހުނު ދަތި ހާލެވެ. ބައެއް ދުވަސްދުވަހު ކުޅެން މާލެ އަންނަނީ އޮޑިވެރިން ކައިރީގައި އާދޭސްކޮށްގެންނެވެ. ރަށުގައި ހުރެފައި ވޮލީ ޕްރެކްޓިހަށް ނުވަތަ މެޗަށް ކުޑަހުރާ ފެރީގައި 6:30ގައި މާލެ ގޮސްފައި، ރޭގަނޑު 11:30ގައި އެނބުރި ރަށަށް ދާން ޖެހޭނެ އެވެ. ފެރީ ކަޓައިފިނަމަ، ނުވަތަ ރަށަށް އާދެވޭގޮތް ނުވެއްޖެނަމަ މާލޭގައި ތިބޭނެ ތަނެއްނުލިބެ އެވެ. ޔުމްނާ ބުނީ ކަންތައްތައް އެހެން އޮތުމުން "ވޮލީ ކުޅެން އުނދަގޫވި،" ކަމަށެވެ.

ކޮވިޑް ތެރޭގައި އޭނާގެ ދިރިއުޅުން ރަށަށް ބަދަލުކުރި އެވެ. ހުރާގައި އަލުން ވޮލީ ދިރުވުމުގައި ކައުންސިލްގެ ހިޔާލާއެކު އިސްނެގި އެވެ. ކައުންސިލުގެ އެހީތެރިކަމާއެކު ހުއްރިއްޔާ ވޮލީ އެކަޑަމީ ފެށީ އޭނާގެ ދުވަސްވަރުގައި ނުލިބުނު ފަސޭހަތަކާއި ނެތް ވަސީލަތްތައް ފަހިވެފައި އޮތުމުން އުއްމީދީ ވިސްނުމެއްގަ އެވެ.

އޭނާގެ ވޮލީ ކެރިއަރުގައި އެންމެ ބޮޑު ޝުކުރެއް އޮތީ ވެސް ކޯޗު ނަދީމަށެވެ. ޔުމްނާ ބުނީ މައިންބަފައިން ވޮލީ ކުޅެން ދުރު ހިސާބުތަކަށް އޭނާ ފޮނުވަން އެއްބަސްވީ، ނަދީމަށް ހުރާގައި އޮތް އިހްތިރާމާއެކު އޭނާ އަށް އިތުބާރުކޮށްފައި ކަމަށެވެ.

ނަދީމް ތައާރަފްކޮށްދިން ޔުމްނާގެ ދަރިފުޅު އައިޝަތު ޔުމްނު ޝާހިދު ބުނީ އޭނާގެ ރޯލް މޮޑެލް އަކީ މަންމަ ކަމަށެވެ.

ދިރިއުޅުމަށް އައި ބޮޑު ބަދަލާއެކު ވެސް ޔުމްނާގެ ވޮލީގެ ޝައުގަށް ބަދަލެއްނާދެ އެވެ. ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ވޮލީ ކުޅޭތަނަށް ގޮސް އެކަން ހިނގާ ގޮތް ބަލައި އެހީތެރިވެދުމަކީ އޭނާގެ އުފަލެކެވެ.

ޔުމްނާ އަބްދުއްރަޝީދު (ހުރާ ޔުމްނާ)ހުއްރިއްޔާ ސްޕޯޓްސް ކްލަބްކ. ހުރާގައުމީ ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ގައުމީ ޔުނިވަރސިޓީ އިން ހުކުރު ދުވަހު ހުރާ އަށް ދަތުރެއް ރާވައިފި

ގައުމީ ޔުނިވަރސިޓީ އިން ހުކުރު ދުވަހު ހުރާ އަށް ދަތުރެއް ރާވައިފި

02 އޮކްޓޯބަރު 2025
ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި

ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި

24 އޮކްޓޯބަރު 2024
ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

23 އޮކްޓޯބަރު 2024
އަފްޣާނިސްތާން އިން ރާއްޖެ ބަލި ކުރީ ސީދާ ތިން ސެޓުން

އަފްޣާނިސްތާން އިން ރާއްޖެ ބަލި ކުރީ ސީދާ ތިން ސެޓުން

21 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު