Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ސާބަސް ދިވެހިރާއްޖެ! މޮޅަށް ކުޅެ ބަލިވީ ފަހު ވަގުތު

ފަސް ވަނަ ސެޓުގައި ބަލިވީ ފަހު ވަގުތު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2023 | ހޯމަ 18:00
ފޯ ނޭޝަންސް ކަޕްގެ ތެރެއިން

ފޯ ނޭޝަންސް ކަޕްގެ ތެރެއިން

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ސިންގަޕޫރު ދެ ސެޓު ހޯދާފައިވަނިކޮށް، ފަހަތުން އަރައި އެއްވަރުކޮށް ކުޅުނު ޓައިބްރޭކް ސެޓުގައި ވެސް ފަހު ވަގުތު ރާއްޖެ ބަލިވެ ތަށި ސިންގަޕޫރުން ގެންގޮސްފިއެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖެއިން ވަނީ ރަނގަޅަށް ކުޅެފައެވެ. ފުރަތަމަ ސެޓުގެ މެދާ ހަަމައަށް ދިޔައިރު ވެސް، ލީޑު ކުރަމުން ދިޔައީ ރާއްޖެއިންނެވެ. ނަމަވެސް ސިންގަޕޫރުން ވަނީ ސެޓުގެ ވަކި ހިސާބަކުން ނަތީޖާ ހަމަހަމަކޮށް، ލީޑު ނަގާފައެވެ. މި ސެޓުގައި ނެގި ލީޑާއެކު ސިންގަޕޫރުން ވަނީ ލީޑުގައި އޮވެ ސެޓު ނިންމާލާފައެވެ. އެ ޓީމުން ފުރަތަމަ ސެެޓު ކާމިޔާބުކުރީ 25-18ންނެވެ.

ދެ ވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ސެޓުގައި ރާއްޖެއިން 3-4ން ލީޑު ނެގީ އާއިޝަތު މާޖިދާގެ ހަމަލާއިންނެވެ. ނަމަވެސް ސިންގަޕޫރުން ވަނީ ނަތީޖާ ހަމަހަމަކޮށް، 7-5ން ލީޑު ނަގާފައެވެ. އޭގެ ފަހުން ސިންގަޕޫރުން 9-5ށް ލީޑު ފުޅާކުރިނަމަވެސް ރާއްޖެއިން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފައެވެ. އޭގެ ފަހުން ސިންގަޕޫރުން އަނެއްކާވެސް ލީޑު ނެގީ 12-10ންނެވެ. ރާއްޖެ އަށް ގޯސްތަކެއް ހެދި ސިންގަޕޫރުން ވަނީ 14-10ށް ވެސް ލީޑު ފުޅާކޮށްފައެވެ. ސިންގަޕޫރުން ވަނީ މި ސެޓުގައި 18-14ން ވެސް ލީޑުކޮށްފައެވެ. ސިންގަޕޫރުން އެ ޓީމުގެ ލީޑު ހިފަހައްޓައިގެން ކުޅެމުން ދަނިކޮށް ރާއްޖެއިން ވަނީ ގޯސްތައް ރަނގަޅުކޮށް، 19-19ން އެއްވަރުކޮށްފައެވެ. އޭގެ ފަހުން ވެސް ސިންގަޕޫރުން ލީޑު ނަގާފައި އޮއްވައި ރާއްޖެއަށް އެއްވަރުކޮށްދިނީ ހާއްވާ ރާޝިދާއެވެ. ސިންގަޕޫރުން ކުރި ސަރވިސްތަކެއްގައި އެ ޓީމުން އަލުން ވަނީ 22-20ން ލީޑު ނަގާފައެވެ. ސިންގަޕޫރުން ތިން ޕޮއިންޓަށް ލީޑު ފުޅާކުރީ އެ ޓީމުގެ ސެޓަރު ރާއްޖެ ކޮޅަށް ވައްޓާލި ބޯޅައަކުންނެވެ. އޭގެ ފަހުން ސިންގަޕޫރަށް ސެޓުގެ ގޭމް ޕޮއިންޓު ލިބުނީ އެ ޓީމުގެ އެޓޭކެއް، ރާއްޖޭގެ އާމިނަތު ޝަހާ ޝާމިންގެ އަތުގައި ޖެހިފައި ދިޔުމުންނެވެ. ސިންގަޕޫރުން 25-22ން ދެވަނަ ސެޓު ކާމިޔާބުކުރީވެސް ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގައެވެ.

ތިންވަނަ ސެޓު ސިންގަޕޫރުން ފެށީ ވަރުގަދަކޮށެވެ. ރާއްޖެއަށް ވަނީ މި ސެޓުގެ ކުރީ ކޮޅުގައި ގިނަ ގޯސްތަކެއް ހެދިފައެވެ. ސިންގަޕޫރުން ވަނީ މި ސެޓުގައި 9-2ން ލީޑު ނަގާފައެވެ. ރާއްޖެއަށް ވަނީ ސެޓުގެ މެދާ ހަމައިން އާއިޝަތު މާޖިދާގެ ބަދަލުގައި ޒުވާން ކުޅުންތެރިޔާ މާޔާ ހުސައިން ސަލާހު ކުޅެން އަރުވާފައެވެ. ސެޓުގައި ސިންގަޕޫރުން ބޮޑު ލީޑެއް ނަގާފައި ވަނިކޮށް ރާއްޖެއިން ވަނީ 11-9ށް ފަރަގު ކުޑަކޮށްފައެވެ. އޭގެ ފަހުން ސެޓަރު ޖޫޒާން ޒަރީރުގެ ކާމިޔާބު ސަރވިސްއިން ރާއްޖެއިން ވަނީ އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. މި ސެޓުގައި ވެސް ރާއްޖޭގެ ޑިފެންސް ފެނުނީ ދަށްކޮށެވެ. ރާއްޖެއިން 13-13ން ނަތީޖާ ހަމަހަމަކުރީ ހައްވަގެ މޮޅު ސަރވިސްއަކުންނެވެ. ނަމަވެސް ސިންގަޕޫރުން އަލުން ލީޑު ހޯދީ 15-13ންނެވެ. ސިންގަޕޫރުން ލީޑުގައި އޮއްވައި 16-16ން ރާއްޖެއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޝަހާ ޝާމިންއެވެ. އޭގެ ފަހުން ސިންގަޕޫރުން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް ހައްވަ ވަނީ 17-18ން ރާއްޖެއަށް ލީޑު ނަގައިދީފައެވެ. ރާއްޖެއިން ވަނީ އެ ލީޑު ފުޅާވެސް ކޮށްފައެވެ. އޭގެ ފަހުން ރާއްޖެއިން އެ ލީޑު ފުޅާކުރަމުން ގޮސް 17-24ށް ލީޑު ނެގީ މާޖިދާގެ ކާމިޔާބު ސަރވިސްތަކުންނެވެ. ރާއްޖެއިން ތިންވަނަ ސެޓު ކާމިޔާބުކުރީ 19-25ންނެވެ.

ހަތަރުވަނަ ސެޓު ފަށައިގެން ރާއްޖެއަށް ކުދިކުދި ގޯސްތަކެއް ހެދުނުއިރު، ސިންގަޕޫރުން ލީޑު ނަގާފައިވަނީ 6-3ންނެވެ. ނަމަވެސް ރާއްޖެއިން ވަނީ 6-6ން ނަތީޖާ ހަމަހަމަކޮށް، 6-7ން ލީޑުވެސް ނަގާފައެވެ. އޭގެ ފަހުން ދެ ޓީމުންވެސް ޕޮއިންޓު ހޯދިއިރު، ނަތީޖާ ވަނީ 8-8ން އެއްވަރުވެފައެވެ. ރާއްޖެއަަށް އަލުން 8-9ން ލީޑު ނަގައިދިނީ ހައްވައެވެ. ނަރީމާ އިދުރީސް (ނަންނި)ގެ ސަރވިސް ރިސީވްކުރުމުގައި ސިންގަޕޫރަށް އުނދަގޫވެ، ލިބުނު ބޯޅައެއްގައި ރާއްޖެއަށް ލީޑު ފުޅާކޮށްދިނީ ވެސް ހައްވައެވެ. އެ ލީޑު ހިފަހައްޓައި، ރާއްޖެއިން ވަނީ ރަނގަޅަށް ކުޅެ، 8-13ށް ލީޑު ފުޅާކޮށްފައެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްފައެވެ. ރާއްޖެއިން ވަނީ ލީޑު 11-16ށް ވެސް ފުޅާކޮށްފައެވެ. ރާއްޖެއިން މުހިންމު ބޯޅަތަކަށް މަސައްކަތްކޮށް، ލީޑު ފުޅާކުރަމުން ދިޔައިރު، ސިންގަޕޫރު ޓީމު ވަނީ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިފައެވެ. ރާއްޖެއިން 14-20ށް ލީޑު ފުޅާކުރީ މާޖިދާގެ ސަރވިސްތަކުންނެވެ. ރާއްޖެއިން އެ ލީޑު ހިފަހައްޓައި ރާއްޖެއިން ހަތަރުވަނަ ސެޓު ކާމިޔާބުކުރީ 19-25ންނެވެ.

ފަސްވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު، ސިންގަޕޫރުން ވަނީ 4-2ން ލީޑު ނަގާފައެވެ. މި ސެޓުގެ ކުރީކޮޅު ރާއްޖޭގެ ސެޓަރު ޖޫޒާންއާއި ޝަހާ ޝާމިންގެ ސަރވިސް ވަނީ ނާކާމިޔާބުވެފައެވެ. ސިންގަޕޫރުން ވަނީ 7-4ށް ލީޑު ފުޅާކޮށްފައެވެ. ނަމަވެސް ރާއްޖެއިން ވަނީ 7-6ށް ފަރަގު ކުޑަކޮށްފައެވެ. ސިންގަޕޫރުން ވަނީ ފަހުން އެ ލީޑު 8-6ށް ވެސް ފުޅާކޮށްފައެވެ. ސިންގަޕޫރުން ލީޑު ނަގާފައި ވަނިކޮށް ރާއްޖެއިން ވަނީ 9-9ން އެެއްވަރުކޮށްފައެވެ. އޭގެ ފަހުން ސިންގަޕޫރުން އަނެއްކާވެސް ލީޑު ނެގި ނަމަވެސް، ރާއްޖެއިން 10-10ން އެއްވަރުކުރި އެވެ. މި ސެޓުގައި ރާއްޖޭގެ ހައްވަގެ ބާރު ހަމަލާތަކެއް ވަނީ ފެނިފައެވެ. ސިންގަޕޫރުން 12-11އިން ލީޑު ނެގުމާއެކު ރާއްޖޭގެ ކޯޗު ނިޒާރު އިބްރާހީމް (ބޮޑޭ) ވަނީ ޓައިމް އައުޓެއް ނަގާފައެވެ. ޓައިމް އައުޓަށްފަހު ވެސް ސިންގަޕޫރުން ވަނީ 14-11ށް ލީޑު ފުޅާކޮށްފައެވެ. ސިންގަޕޫރުން މި ސެޓު ކާމިޔާބުކުރީ 15-11ންނެވެ.

ފޯ ނޭޝަންސް ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގައުމީ ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު