Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޮލީބޯޅަ އެސޯސިއޭޝަން

ފުރަތަމަ ދެ މެޗުގައި ޤައުމީ ވޮލީ ޓީމުތަކަށް ނާކާމިޔާބު

ލަންކާއާ ވާދަކޮށް ފުރަތަމަ މެޗުގައި ދެ ޓީމު ވެސް ބަލިވެފައި ވަނީ ސީދާ ތިން ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2023 | އާދީއްތަ 04:06
ޤައުމީ އަންހެން ވޮލީ ޓީމުން ލަންކާާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ޤައުމީ އަންހެން ވޮލީ ޓީމުން ލަންކާާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ސްރީލަންކާއާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރިކަމުގެ ފުރަތަމަ މެޗުން ޤައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ވެސް ބަލިވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުން އަންހެން ވޮލީ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ލަންކާ އިން ކާމިޔާބު ކުރީ 25-19 އިންނެވެ. ފުރަތަމަ ސެޓު ފަށައިގެން ވެސް ލީޑުގައި އޮވެ ކުޅެމުން ދިޔައީ ލަންކާ އިންނެވެ. ނަމަވެސް ރާއްޖެ އިން ވަނީ މަޑަމަޑުން ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކޮށްފަ އެވެ. ފުރަތަމަ ސެޓާ ޚިލާފަށް ރާއްޖެ އިން ދެ ވަނަ ސެޓު ފެށީ ރަނގަޅަށެވެ. ސެޓުގެ ކުރީ ކޮޅު ރާއްޖެ އިން ލީޑު ނެގި ނަމަވެސް، ވަކި ހިސާބަކުން ރާއްޖޭގެ ނަރީމާ އިދުރީސް (ނަންނި) އަށް އަނިޔާވެ ބަދަލު ކުރި އެވެ. އޭގެ ފަހުން ލަންކާ އިން ލީޑު ނަގައި ދެ ވަނަ ސެޓު ނިންމާލީ 25-18 އިންނެވެ. ޖެހިގެން އައި ތިން ވަނަ ސެޓުގައި ވެސް ލަންކާ އިން ވަނީ ލީޑުގައި އޮވެ ކުޅެފަ އެވެ. ތިން ވަނަ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-17 އިންނެވެ.

ޤައުމީ އަންހެން ވޮލީ ޓީމުގެ ދެ ވަނަ މެޗުގައި ލަންކާއާ ދެކޮޅަށް ނިކުންނާނީ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ.

ޤައުމީ ފިރިހެން ޓީމު ވެސް ވަނީ ލަންކާއާ ވާދަކޮށް ސީދާ ތިން ސެޓުން ފުރަތަމަ މެޗުގައި ބަލިވެފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ސެޓުގެ ފުރަތަމަ ސެޓު ލަންކާ އިން ކާމިޔާބު ކުރީ، ވާދަވެރި ކުޅުމަކަށްފަހު 25-23 އިންނެވެ. ޖެހިގެން އައި ދެ ވަނަ ސެޓު ލަންކާ އިން ކާމިޔާބު ކުރީ ފުރަތަމަ ސެޓަށްވުރެ ފަރަގު ބޮޑުކޮށެވެ. އެ ޓީމުން ދެ ވަނަ ސެޓު ކާމިޔާބު ކުރީ 25-21 އިންނެވެ. ތިން ވަނަ ސެޓުގައި ލަންކާ އިން ވަނީ ރަނގަޅު ލީޑެއްގައި އޮވެ ކުޅެފަ އެވެ. އެގޮތުން ތިން ވަނަ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-18 އިންނެވެ. ޤައުމީ ފިރިހެން ވޮލީ ޓީމުގެ ދެ ވަނަ މެޗުގައި ލަންކާއާ ދެކޮޅަށް ނުކުންނާނީ ހޯމަ ދުވަހުގެ ރޭ 20:30 ގައެވެ.

މިއީ މި މަހުގެ ފަހުކޮޅު މަޑަގަސްކަރައިގައި ފެށުމަށް ހަމަޖެހައިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅެމުން އަންނަ މެޗުތަކެކެވެ. މި މެޗުތަކުގެ ކުރިން ޤައުމީ ޓީމުތައް ވަނީ ތައިލެންޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގައުމީ ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު