Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބަޔާން ޚާއްސަ، އެކަމަކު ފްލިކް ހުރީ ބާސެލޯނާ އާއެކު ކާމިޔާބަށް ބޭނުންވެފައި

އޭނާ ބޭނުން ވަނީ ބާސެލޯނާގެ އެންމެހާ ކުޅުންތެރިން އެންމެ ފުރިހަމަ އަށް މެޗަށް ތައްޔާރުވެ، ބަޔާންގެ މައްޗަށް ކުރި ހޯދަން ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޮކްޓޯބަރު 2024 | އަންގާރަ 15:56
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ނިކުންނައިރު، ބާސެލޯނާ އާއެކު ކާމިޔާބު ހޯދަން ބޭނުންވެފައި ހުރި ކަމަށް ހަންސީ ފްލިކް ބުނެފި އެވެ.

ފްލިކް ވަނީ މީގެ ކުރިން ބަޔާނަށް ވެސް އިރުޝާދު ދީފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. ފްލިކްގެ އިރުޝާދުގެ ދަށުން ބަޔާނުން ވަނީ ބާސެލޯނާއާ ދެކޮޅަށް ކުޅެ، ކާމިޔާބު ވެސް ހޯދައިފަ އެވެ. ބަޔާން ދޫކޮށްލުމަށްފަހު ޖަރުމަނު ޤައުމީ ޓީމުގައި ވެސް ފްލިކް މަސައްކަތް ކުރި އެވެ. ޖަރުމަނު ޤައުމީ ޓީމުން ވަކިވުމަށްފަހު، ބާސެލޯނާގެ ކޯޗުކަމާ ފްލިކް ހަވާލުވީ މި ސީޒަނާ ދިމާކޮށެވެ.

ބުދަ ދުވަހުގެ ރޭ ބަޔާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ، އޭނާގެ ޙަޔާތުގައި އަދި ކޯޗިން ކެރިއަރުގައި ބަޔާން އަކީ ތަފާތު ޚާއްސަ ކަންތަކެއް އޮތް ޓީމެއް ކަމަށެވެ. ޚާއްސަކޮށް ބަޔާންގެ ކުޅުންތެރިން އަދި ވެރިންނާ ވެސް ވަރަށް ގާތް އަދި ރަނގަޅު ގުޅުމެއް އޮންނާނެކަން ފްލިކް ފާހަގަ ކުރި އެވެ. ބަޔާން އާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދުނުކަން ފާހަގަކޮށް ފްލިކް ބުނީ، އެއީ މާޒީ ކަމަށާއި، މިހާރު އޭނާ ހުރީ ބާސެލޯނާގައި ކަމަށެވެ.

މާޒީ އަކީ މާޒީކަން ފާހަގަ ކުރަމުން ފްލިކް އިތުރަށް ބުނީ، މިހާރު މަސައްކަތް ކުރަން ޖެހޭނީ ބާސެލޯނާ އަށް ކާމިޔާބު ހޯދަން ކަމަށެވެ. މާޒީގައި ކަންތައް ވެފައިވާ ގޮތް އެއްވެސް މީހަކަށް ބަދަލު ނުކުރެވުނު ނަމަވެސް، މާދަމާ ކަންތައް ވާނެ ގޮތް ބަދަލު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވެސް ފްލިކް ބުންޏެވެ. އޭނާ ބޭނުން ވަނީ ބާސެލޯނާގެ އެންމެހާ ކުޅުންތެރިން އެންމެ ފުރިހަމަ އަށް މެޗަށް ތައްޔާރުވެ، ބަޔާންގެ މައްޗަށް ކުރި ހޯދަން ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

ބަޔާނާ ދެކޮޅަށް ނިކުންނައިރު، ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ މޮނާކޯ އަތުން ބަލިވެފަ އެވެ. ނަމަވެސް ދެ ވަނަ މެޗުގައި އެ ޓީމުން ވަނީ ޔަންގް ބޯއީސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ބާސެލޯނާ އިން އަންނަނީ ފްލިކްގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ސްޕެނިޝް ލީގަށް ބަލާއިރު، މިވަގުތު އެއް ވަނައިގައި އޮތީ ވެސް ބާސެލޯނާ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބަޔާން މިއުނިކްބާސެލޯނާހަންސީ ފްލިކް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު