Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދުންފަތުގެ އިސްތިއުމާލުކުރުން

ދުންފަތާ ދުރުވަމާ

މިކަމަށް ހުށަހެޅޭ ޒުވާނުންގެ އަދަދު ވެސް މި އަންނަނީ އިތުރުވަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 31 މެއި 2022 | އަންގާރަ 13:26
ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތާ ދުންފަތުގެ އެކިއެކި ބާވަތްތަކުގެ ބޭނުން ކުރުމަކީ އަޅުގަނޑުމެންގެ ތެރޭގައި އާންމު ކަމެކެވެ. މުޖުތަމައުއަށް މިހާރު ބަލާލިޔަސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކު މަދުވާނެއެވެ. އަދި މިކަމަށް ހުށައެޅޭ ޒުވާނުންގެ އަދަދު ވެސް މި އަންނަނީ އިތުރުވަމުންނެވެ. މި ކަމުގެ ސަބަބުން ހަށިގަނޑަށް ގުނާ އަދަދު ނުކުރެވޭހާ ގެއްލުން ވާއިރު މިކަމަކީ ހުއްޓާލުމަށްވެސް ގިނަ ބަޔަކަށް އުނދަގޫ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި ކަމުގައި ވިޔަސް މިކަމުގެ އަސަރުތައް ހަށިގަނޑުގައި ތާއަބަދަށް ދެމިހުރެއެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 31 ވަނަ ދުވަހަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ 1987 ވަނަ އަހަރުއެވެ. އެއީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކާއި މަރުތައް މަދުކުރުމަށާއި ދުންފަތުގެ ވަބާ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ މަގުސަދުގައި ޑަބްލިއުއެޗްއޯގެ މެންބަރު ދައުލަތްތަކުން ކަނޑައެޅި ދުވަހެކެވެ.

1987 އަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ގަރާރެއް ފާސް ކުރެވުނެވެ. އެ ގަރާރުގައި ވަނީ 1988 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަސް 'ނޯ ސްމޯކިން ޑޭ' ގެ ގޮތުގައި ކަނޑައެޅުމަށެވެ. އެއަށްފަހު 1988 ވަނަ އަހަރު ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 31 ވަނަ ދުވަސް "ނޯ ޓޮބޭކޯ ޑޭ' ގެ ގޮތުގައި ފާހަގަކުރުމަށް ގަރާރެއް ފާސްކުރިއެވެ.

ކޮންމެ އަހަރަކު ފާހަގަކުރާ ދުންފަތުގެ އިސްތިޢުމާލު ނުކުރުމުގެ ދުވަހުގެ މަގުސަދަކީ ހަމައެކަނި އޭގެ ނުރައްކާތެރި ކަމާމެދު ދުނިޔެ ހޭލުންތެރި ކުރުވުމެއް ނޫނެވެ. ދުންފަތުގެ ވިޔަފާރިއާއި ދުންފަތުގެ ވަބާއާ ދެކޮޅަށް ޑަބްލިއުއެޗްއޯ އިން ކުރާ މަސައްކަތްތަކާއި ދުޅަހެޔޮ ދިރިއުޅުމެއް ވޭތި ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މުސްތަގުބަލުގެ ޖީލުތައް ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުވުމަކީ ވެސް މި ދުވަހުގެ މަގުސަދެކެވެ.

ކޮންމެ ގޮތަކަށް ދުންފަތުގެ އިސްތިއުމާލު ކުރިއަސް ދުންފަތަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެކެވެ. އެއްވެސް ބާވަތެއްގެ ދުންފަތެއްގައި ހަށިގަނޑަށް ރައްކާތެރި ފައިދާކުރަނިވި އެއްވެސް މާއްދާއެއް އެކުލެވިގެނެއް ނުވެއެވެ. އެގޮތުން އޭސްޓޯން، ޓާޔާ، ނިކޮޓިން އަދި ކާބަން މޮނޮކްސައިޑަކީ ހަށިގަނޑަށް އެތައްގޮތަކުން ގެއްލުންދޭ މާއްދާތަކެވެ. ތިމާ ބޯ ސިނގިރޭޓްގެ ސަބަބުން ހަމައެކަނި ގެއްލުން ވަނީ ފުއްޕާމެއަށް އެކަންޏެއް ނޫނެވެ. މުޅި ހަށިގަނޑަށެވެ.

ކޮންމެ ސިނގިރޭޓަކުން 1 މިލިގްރާމް ނިކޮޓިން ހަށިގަނޑަށް ވާސިލުވާއިރު، މީހަކު ސިނގިރޭޓެއް ބުއިމުން އެ ސިނގިރޭޓުގައި ހުންނަ މި ވިހަ މާއްދާ އެންމެ 10 ވަރަކަށް ސިކުންތު ތެރޭގައި އެމީހެއްގެ ސިކުނޑިއާ ހިސާބަށް ވާސިލުވެއެވެ. އަދި އެވަގުތު އެމީހަކަށް ވަގުތީ ހިތްހަމަޖެހުމެއް ލިބޭހެން ހީވި ނަމަވެސް އޭގެ ނުރައްކާ މާ ބޮޑެވެ. 

މިކަމުގެ އަވާގައި ޖެހެމުންދާ މީހުންނާއި ޖެހިފައިވާ މީހުން މިކަމުން ސަލާމަތްވާން ގަދައަޅާ މަސައްކަތް ކުރަން އެބަޖެހެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ޒާތުގައި ހަށިގަނޑަށް ތަފާތު އެކިއެކި ނޭދެވޭ އަސަރުތަށް ކުރާ ކަމަކަށްވާއިރު އެކަން ހުއްޓާލުމާއެކު އޭގެ އަސަރުތައް ފިލައިގެން ނުދާނެއެވެ. ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލުމަށްފަހު ވޭތުވާ ކޮންމެ ގަޑިއަކާ ދުވަހަކާ މަހަކާ އަހަރަކީ ވެސް އެމީހެއްގެ ސިއްހަތު ކުރިން ހުރި ވަރަށް އިޔާދަވުމަށް ދެވޭ ވަގުތެކެވެ. މި އަމަލުން ދުރުވާން ކޮންމެ މީހަކު ވެސް ގަދަ އަޅާ މަސައްކަތް ކުރަން ޖެހެއެވެ. 

ސްމޯކް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުސްއެކަނި ޖޫރިމަނާ އަކުން ދުންފަތް ކޮންޓްރޯލްކުރެވޭނެ ކަމަށް ހީވާނަމަ އެއީ ކުށްހީއެއް!

ހުސްއެކަނި ޖޫރިމަނާ އަކުން ދުންފަތް ކޮންޓްރޯލްކުރެވޭނެ ކަމަށް ހީވާނަމަ އެއީ ކުށްހީއެއް!

17 ޑިސެމްބަރު 2024
ދުންފަތުން ޓެކްސް ބޮޑުކުރީ "ޓޮބޭކޯ ފްރީ" ޤައުމަކަށް ހަދާކަށް ނޫން، އާމްދަނީ ހޯދަން

ދުންފަތުން ޓެކްސް ބޮޑުކުރީ "ޓޮބޭކޯ ފްރީ" ޤައުމަކަށް ހަދާކަށް ނޫން، އާމްދަނީ ހޯދަން

31 އޮކްޓޯބަރު 2024
މަނާކުރުމަށް ނިންމާފައިވާ ވޭޕާއި، ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފި

މަނާކުރުމަށް ނިންމާފައިވާ ވޭޕާއި، ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފި

31 އޮކްޓޯބަރު 2024
ވޭޕާއި ސިނގިރެޓުން ޑިއުޓީ ނެގުމުގެ ބިލް މަޖިލީހަށް ބަލައިގެންފި

ވޭޕާއި ސިނގިރެޓުން ޑިއުޓީ ނެގުމުގެ ބިލް މަޖިލީހަށް ބަލައިގެންފި

22 އޮކްޓޯބަރު 2024
މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅުމަށް ތާއީދެއް ނުކުރަން: މޭޔަރު މުޢިއްޒު

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅުމަށް ތާއީދެއް ނުކުރަން: މޭޔަރު މުޢިއްޒު

07 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު