Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭޕް މަނާކުރުން

"ވޭޕް މަނާކޮށް، ސިނގެރެޓުން ޓެކްސް ބޮޑުކުރުމުގައި ސަރުކާރުގެ މަގްސަދަކީ ހަމައެކަނި އާމްދަނީ އިތުރުކުރުން އެކަނި"

ވޭޕް ބޭނުންކުރުމާއި، އެތެރެކުރުމާއި ވިޔަފާރިކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަން އިއުލާންކުރެއްވީ އޮކްޓޯބަރ މަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 އޮކްޓޯބަރު 2024 | ހޯމަ 08:19
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ވޭޕް މަނާކުރުމަށް ފަހު ދުންފަތުން އިންތިހާއަށް ޓެކްސް ބޮޑުކުރުމުގައި ސަރުކާރުން މި ވަގުތު އަމަލުކުރަމުން ދާ ގޮތުން އެނގެނީ ސަރުކާރުގެ މަޤްސަދަކީ ހަމައެކަނި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް އެފަދައިން ވިދާޅުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރުމުގެ ބިލަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ހުށަހެޅުއްވި އިސްލާހާއި ގުޅިގެން މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެ އަކީ ޓޮބޭކޯ ފްރީ ޤައުމަކަށް ހެދުމަށް އެމްޑީޕީން ވެސް ތާއީދުކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެއްވެސް ތަނެއްގައި އެމްޑީޕީން ވޭޕާއި ސިނގެރެޓް އާއްމުކުރުމަށް ގޮވާލާ، ނުވަތަ އެކަމަށް ތާއީދުކޮށް ވާހަކަދައްކާފައިވެސް ނުވާނެ ކަަމަށް މައުރޫފް ވިދާޅުވިއެވެ. ހުށަހަޅާފައިވާ އިސްލާހަށް ބަލާ އިރު ވޭޕް މަނާކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު އެ ޒާތް ޒާތުގެ އާލާތްތަކުން ޑިއުޓީ ބޮޑުކުރާ ގޮތަށް ބިލެއް ހުށަހެޅުމުން ސުވާލު އުފެދުނުކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ބިލުގެ މަސައްކަތް ނުނިމެނީސް ވޭޕް މަނާކުރުމުގެ ބިލް ހުށަހެޅުމުން ވިސްނާލަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ހަޤީގަތުގަ އިޚުލާސްތެރިކަމެއް އޮވެގެން ރާއްޖެ އަކީ ޓޮބޭކޯ ފްރީ ޤައުމަކަށް ހެދުމަށް މަސައްކަތް ކުރާ ނަމަ އެންމެން ގުޅިގެން ރަނގަޅު ނަތީޖާ އެއް ނެރެވިދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުގެ ޢަމަލުތައް ހުރީ އެހެން ނޫން ކަމަށް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މައުރޫފް ވަނީ އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމާއި، ހޭލުންތެރިކުރުމަށް އާއްމުންނަށް މައުލޫމާތު ފޯރުކޮށް ނުދީ ސިނގެރެޓާއި ދުންފަތުގެ އެހެން ބާވަތްތައް ނުހުއްޓުވޭނެ ކަމަށެވެ. ޓޮބޭކޯ މަނާކުރުމުގެ ނަމުގައި ޑިއުޓީ ބޮޑުކުރުމަކުން ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވޭޕް ބޭނުންކުރުމާއި، އެތެރެކުރުމާއި ވިޔަފާރިކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަން އިއުލާންކުރެއްވީ އޮކްޓޯބަރ މަހުގައެވެ. ރައީސް މިގޮތަށް ނިންމަވާފައިވަނީ، ވޭޕް މަނާކުރުމަށް ޖަމިއްޔާތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. ދުންފަތް އެކުލެވޭ އެކި ބާވަތްތަކާއި ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ, މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)އާއި، ނަރުހުންގެ ޖަމިއްޔާއާއި، ގައުމީ 21 ކުޅިވަރު ޖަމިއްޔާއަކުން ވެސް ގޮވާލާފައިވެއެވެ.

ނަމަވެސް މި ޖަމިއްޔާތަކުން ގޮވާލާފައިވާ ދުންފަތް އެކުލެވޭ އެހެން ބާވަތްތައް އެތެރެކުރުން މަނާކުރުމަށް ރައީސް އަންގަވާފައި ނުވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
19 އޯގަސްޓު 2025

ބިލު ހުށަހެޅީ ރައީސް މުޢިއްޒުއާ ދިމާލަށް ކައްޒާބު ކިޔާތީ އެކަން ހުއްޓުވަން ވެގެން ކަމަށް މެމްބަރު ބުނި: މައުރޫފް

19 އޯގަސްޓު 2025
ބިލު ހުށަހެޅީ ރައީސް މުޢިއްޒުއާ ދިމާލަށް ކައްޒާބު ކިޔާތީ އެކަން ހުއްޓުވަން ވެގެން ކަމަށް މެމްބަރު ބުނި: މައުރޫފް
04 އޯގަސްޓު 2025

ރައީސް މުޢިއްޒުގެ ސަރުކާރުން ކެންދޫ އަށް ކޮށްދިން ކަމަކީ ހަމައެކަނި އޭޓީއެމް އެއް ބެހެއްޓުން: މެމްބަރު މައުރޫފް

04 އޯގަސްޓު 2025
ރައީސް މުޢިއްޒުގެ ސަރުކާރުން ކެންދޫ އަށް ކޮށްދިން ކަމަކީ ހަމައެކަނި އޭޓީއެމް އެއް ބެހެއްޓުން: މެމްބަރު މައުރޫފް
02 މެއި 2025

ރާއްޖޭގެ މަސައްކަތްތެރިންނަށް މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމެއް ނެތް: މެންބަރު މައުރޫފް

02 މެއި 2025
ރާއްޖޭގެ މަސައްކަތްތެރިންނަށް މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމެއް ނެތް: މެންބަރު މައުރޫފް
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު