Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިންތެޓިކް މަސްތުވާތަކެތި

ސިންތެޓިކް މަސްތުވާތަކެތި އާއްމުވެ، ނަފްސާނީ ބަލިމަޑުކަމަކަށް

ސިންތެޓިކް މަސްތުވާތަކެތީގެ ސަބަބުން ފަރުވާދޭ ގިނަ ކުދިންނަށް ފުރަތަމަ ނަފްސާނީ ފަރުވާދޭ ހާލަތަކަށް ގޮސްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2024 | ހޯމަ 13:56
ސިންތެޓިކް މަސްތުވާތަކެތި

ސިންތެޓިކް މަސްތުވާތަކެތި

ރާއްޖޭގައި އާއްމުވަމުން އަންނަ ސިންތެޓިކް މަސްތުވާތަކެތީގެ ބާވަތްތައް ގިނަވުމުގެ ސަބަބުން، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ފަރުވާއަށް އަންނަ ގިނަ ކުދިން ތިބީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށް، އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ، ސިންތެޓިކް މަސްތުވާތަކެތީގެ ސަބަބުން ފަރުވާދޭ ގިނަ ކުދިންނަށް ފުރަތަމަ ނަފްސާނީ ފަރުވާދޭ ހާލަތަކަށް ގޮސްފައި ވާކަމަށާއި، މިއީ އެންޑީއޭގެ ފަރުވާދިނުމުގެ ނިޒާމު އޮތް ބޮޑު ޗެލެންޖެއް ކަމަށެވެ.

ރާޝިދު އިތުރަށް ވިދާޅުވީ، އެންޑީއޭގެ ފަރުވާދޭ 10 ސެންޓަރެއްގައި 1500 ފަރާތަކަށް ފަރުވާދެމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ރެޒިޑެންޝަލް ސެންޓަރުތަކާއި މުޖްތަމައުގެ ތެރޭގަ އާއި ބޭސް ދެވިގެން ފަރުވާދޭ ފަރާތްތައް ހިމެނޭ ކަމަށެވެ. އަދި ގޮންޖެހުންތަކާ އެކު ވެސް ބޭރުގެ އެހީތެރިކަމާއި އެކިއެކި ރިސޯސަސް ލިބިގެން ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ތަފާތު ސައިކޯސޯޝަލް ޕްރޮގްރާމްތައް ކާމިޔާބުކަމާ އެކު ހިންގާ ކަން ވެސް ރާޝިދު ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު މުޅި ރާއްޖެއަށް އަމާޒުކޮށްގެން މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރުމަށް ނެޝަނަލް ޑްރަގް ކައުންސިލުން އެންޑީއޭއަށް އަންގާފައިވާ ކަމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި ރާޝިދު ފާހަގަކުރެއްވިއެވެ.

އެންޑީއޭގެ ޗެއަރޕާސަން ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވީ މި ދިރާސާ ކުރިއަށް ގެންދާނެ ގޮތަކާމެދު ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނެޝަނަލް ޑްރަގް ދިރާސާއެއް ރާއްޖޭގައި އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 2012 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7500 ވަރަކަށް މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

ސިންތެޓިކް މަސްތުވާތަކެތިނޭޝަނަލް ޑްރަގް އޭޖެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ

3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ

07 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!

ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!

22 ސެޕްޓެމްބަރު 2025
އޭވިއޭޝަންގެ ލައިސަންސް އޮންނަ މުވައްޒަފުންނަށް އެންޑީއޭއިން ޑްރަގް ޓެސްޓް ހަދަނީ

އޭވިއޭޝަންގެ ލައިސަންސް އޮންނަ މުވައްޒަފުންނަށް އެންޑީއޭއިން ޑްރަގް ޓެސްޓް ހަދަނީ

01 ސެޕްޓެމްބަރު 2025
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ނެތް - ކޭޑީ

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ނެތް - ކޭޑީ

17 ޖުލައި 2025

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު