Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތާޑް މިސައިލް

"ތާޑް" މިސައިލްތައް މިހާރު އިޒްރޭލުގައި ބެހެއްޓިފައިވާ ކަމަށް އެމެރިކާއިން ބުނެފި

ތާޑް އަކީ ރާޑަރާއި އިންޓަރސެޕްޓަރތައް ބޭނުންކޮށްގެން ކުރު، މެދު އަދި ދުރު ރާސްތާ ބެލިސްޓިކް މިސައިލްތައް ހުއްޓުވުމަށް ބޭނުންކުރާ ޒަމާނީ މިސައިލް ދިފާއީ ނިޒާމެކެވެ. މި ނިޒާމުގެ މިސައިލްތަކުގެ ރޭންޖަކީ 150ން 200 ކިލޯމީޓަރު (93 - 124 މޭލު) އެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 21 އޮކްޓޯބަރު 2024 | ހޯމަ 11:13
2013 ވަނަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެމެރިކާގެ ސަރަހައްދެއްގައި ހިންގުނު މިޝަނެއްގައި ބޭނުންކުރެވުނު ދެ ތާޑް އިންޓަރސެޕްޓަރ އަދި އެއް ސްޓޭންޑަރޑް-މިސައިލް 3 ބްލޮކް އައިއޭ

2013 ވަނަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެމެރިކާގެ ސަރަހައްދެއްގައި ހިންގުނު މިޝަނެއްގައި ބޭނުންކުރެވުނު ދެ ތާޑް އިންޓަރސެޕްޓަރ އަދި އެއް ސްޓޭންޑަރޑް-މިސައިލް 3 ބްލޮކް އައިއޭ

ބެލިސްޓިކް މިސައިލްތައް ހުއްޓުވުމަށް ބޭނުންކުރާ އެމެރިކާގެ ވަރަށް ފުންނާބު އުސް މިސައިލް ދިފާއީ ނިޒާމެއް ކަމުގައިވާ ޓާމިނަލް ހައި އޮލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) މިސައިލްތައް މިހާރު އިޒްރޭލުގައި ބެހެއްޓިއްޖެކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ޔުކްރެއިނަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން އޮސްޓިން ވިދާޅުވީ، "ތާޑް ސިސްޓަމް ވަނީ ބެހެއްޓިފައި" ކަމަށެވެ.

އެ ނިޒާމު އޮޕަރޭޓްކުރަން ފަށާފައިވޭތޯ ނޫސްވެރިން ސުވާލުކުރުމުން އޮސްޓިން ވިދާޅުވެފައިވަނީ "މި ނިޒާމުތައް އަދި އޮޕަރޭޓްކުރަން ފަށާފައިނުވާ ކަމަށާއި، ވަރަށް އަވަހަށް އޮޕަރޭޓް ކުރުވޭނެ،" ކަމަށެވެ. އަދި އުއްމީދުކުރާ ގޮތަށް ކަންކަން ދަނީ ކުރިއަށް،" ކަމަށެވެ.

އިޒްރޭލުގައި ތާޑް މިސައިލް ބެހެއްޓުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވި ގޮތުގައި "ތާޑް މިސައިލްގެ އިތުރުން ސަތޭކަ އެމެރިކާ ސިފައިން އިޒްރޭލަށް ފޮނުވުމުގެ މަޤްޞަދަކީ އިޒްރޭލް ދިފާއުކުރުން،" ކަަމަށެވެ.

ފާއިތުވި ހަފްތާގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ބައިޑްން ވިދާޅުވީ "އިޒްރޭލުން އީރާނަށް ހަމަލާދޭނެ ގޮތާއި ވަގުތު ރަނގަޅަށް އެނގިވަޑައިގަންނަވާ،" ކަމަށެވެ. ބައިޑްން އިތުރަށް ވިދާޅުވީ، "މި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވޭ ހަމަލާތައް ހުއްޓުވުމަށް ފުރުޞަތެއް ފެނިވަޑައިގެންފައިވާ،" ކަމަށެވެ.

ތާޑް އަކީ ރާޑަރާއި އިންޓަރސެޕްޓަރތައް ބޭނުންކޮށްގެން ކުރު، މެދު އަދި ދުރު ރާސްތާ ބެލިސްޓިކް މިސައިލްތައް ހުއްޓުވުމަށް ބޭނުންކުރާ ޒަމާނީ މިސައިލް ދިފާއީ ނިޒާމެކެވެ. މި ނިޒާމުގެ މިސައިލްތަކުގެ ރޭންޖަކީ 150ން 200 ކިލޯމީޓަރު (93 - 124 މޭލު) އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ތާޑް ބެޓަރީއެއްގެ އަގަކީ 1 ބިލިއަން ޑޮލަރާއި 1.8 ބިލިއަން ޑޮލަރާ ދެމެދުގެ އަގެކެވެ.

ތާޑް ސިސްޓަމްއެމެރިކާއިޒްރޭލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު