Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން-އިޒްރޭލު ހަނގުރާމަ

ހިޒްބުﷲއަށް ފައިނޭންސް ކުރާކަމަށް ބުނެ، އިޒްރޭލުން ބެއިރޫތުގެ މާލީ އިދާރާތަކަށް ވެސް ބޮން އަޅަނީ

ލުބުނާނުގެ ސަރުކާރުގެ މީޑިއާ ކަމުގައިވާ ނޭޝަނަލް ނިއުސް އޭޖެންސީ (އެން.އެން.އޭ) އިން ރިޕޯޓުކުރި ގޮތުގައި، އިޒްރޭލުން ބެއިރޫތުގެ ދެކުނު ފަރާތުގެ 11 ސަރަހައްދަކަށް ބޮން އަޅާފައިވާ ކަމަށާއި، މީގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުކޮށްފައިވަނީ އަލް-ޤަރްދު އަލް-ހަސަން އަށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 21 އޮކްޓޯބަރު 2024 | ހޯމަ 10:41
އިޒްރޭލުގެ ހަމަލާތަކަށް ފަހު ބެއިރޫތުގެ ދެކުނު ފަރާތު ރަށްވެހި ސަރަހައްދުތަކުގެ އުރަރެސްމަތިން ދުން އަރަނީ

އިޒްރޭލުގެ ހަމަލާތަކަށް ފަހު ބެއިރޫތުގެ ދެކުނު ފަރާތު ރަށްވެހި ސަރަހައްދުތަކުގެ އުރަރެސްމަތިން ދުން އަރަނީ

ހިޒްބުﷲ އަށް ފައިސާ ހޯދައިދޭކަމަށް ތުހުމަތުކޮށް، އާދީއްތަ ދުވަހުގެ ރޭ އިޒްރޭލުން ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހުރި ޖަމްޢިއްޔާއެއްގެ އިދާރާތަކަކަށް ބޮން އަޅައިފިއެވެ.

ލުބުނާނުގެ ސަރުކާރުގެ މީޑިއާ ކަމުގައިވާ ނޭޝަނަލް ނިއުސް އޭޖެންސީ (އެން.އެން.އޭ) އިން ރިޕޯޓުކުރި ގޮތުގައި، އިޒްރޭލުން ބެއިރޫތުގެ ދެކުނު ފަރާތުގެ 11 ސަރަހައްދަކަށް ބޮން އަޅާފައިވާ ކަމަށާއި، މީގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުކޮށްފައިވަނީ އަލް-ޤަރްދު އަލް-ހަސަން އަށެވެ. ހަމައެއާއެކު، ލުބުނާނުގެ އިރުމަތީގައި އޮންނަ ބެކާ ވެލީ އާއި ޤައުމުގެ ދެކުނު ސަރަޙައްދުގައި ހުރި ޖަމްޢިއްޔާގެ ގޮފިތަކުގެ އިދާރާތަކުގެ އިތުރުން ބެއިރޫތުގެ ވައިގެ ބަނދަރާ ކައިރިއަށްވެސް ހަމަލާ ދީފައިވާކަމަށް އެން.އެން.އޭ އިން ބުނެފައިވެއެވެ.

އާދިއްތަ ދުވަހު އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވިދާޅުވެފައިވަނީ، ހިޒްބުއްލާއަށް ދެމުންދާ ހަމަލާތައް އިތުރުކުރަމުންދާ ކަމަށާއި، އިޒްރޭލަށް ހަމަލާދިނުމަށް ހިޒްބުﷲއިން ރާވާފައިވާ ތަންތަން ނައްތާލަމުންދާ ކަމަށެވެ. އަދި އަލް-ޤަރްދު އަލް-ހަސަންގެ އޮފީސްތަކަށް ހަމަލާދޭން އުޅޭ ކަމަށް އިންޒާރުދީ، އޭނާވަނީ އެ ތަންތަނުން ދުރަށް ދިއުމަށް ރައްޔިތުންނަށް ގޮވާލާފައެވެ. އެން.އެން.އޭ އިން ބުނާ ގޮތުގައި، މީގެ ކުޑައިރުކޮޅެއް ފަހުން ވަނީ ހަމަލާތައް ދޭން ފަށާފައެވެ.

މި ހަމަލާތަކާ ގުޅިގެން ހިޒްބުﷲއިން ބުނެފައިވަނީ އިޒްރޭލުގެ ހަރމެސް 450 ޑްރޯނެއް އާދީއްތަ ދުވަހު ވައްޓާލާފައިވާ އަދި އިޒްރޭލުގެ ސިފައިންނަށް އަމާޒުކޮށް އެޖަމާއަތުން ހަމަލާތަކެއް ދީފައިވާކަމަށެވެ.

އަނެއްކޮޅުން، ދެކުނު ލުބުނާނުގައި ހުރި އދ.ގެ ސުލްޙަ ދަމަހައްޓާ މިޝަނުން ބުނެފައިވަނީ އިޒްރޭލު ސިފައިން "ގަސްތުގައި" އެމީހުންގެ ޕޯސްޓަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ.

ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 42،065 މީހުން މަރުވެ، 97،886 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.

އިޒްރޭލްހިޒްބުﷲއިޒްރޭލް-ލުބުނާން ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު