Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު: މުޅި މަޖިލީހުގެ މެމްބަރުންގެ ބޮލުގައި އެޅުވުމަށް ދަނީ މަސައްކަތް ކުރަމުން

މި ބިލު ކޮމެޓީގައި ޕާކުވެފައި އޮތްއޮތުމަކީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ކަންބޮޑުވާ ބޮޑު މައްސަލައެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2024 | ހޯމަ 08:37
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ލަސްވާ ސަބަބު މުޅި މަޖިލީހުގެ މެންބަރުންގެ ބޮލުގައި އެޅުވުމަށް މިސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، އެ ބިލުގެ މަސައްކަތްތައް އަވަސް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބުނެފިއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިސް ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލު ލަސްވާ މައްސަލައާ ގުޅިގެން ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅި ކަމަށާއި، ނަމަވެސް އެ މައްސަލަ ބޭރުކޮށްލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ބިލަށް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރައްވައި މެމްބަރު މައުރޫފް ވިދާޅުވީ މި ބިލު ކޮމެޓީގައި ޕާކުވެފައި އޮތްއޮތުމަކީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ކަންބޮޑުވާ ބޮޑު މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން މެމްބަރު މައުރޫފް ވިދާޅުވީ އިޒްރާއީލުގެ ޕާސްޕޯޓު ބޭން ކުރުމުގެ މައްސަލަ ވަކި ގޮތަކަށް ނިންމިފައިނުވަނީ މަޖިލީހުން އެކަމަށް ގޮތެއް ނިންމާފައިނުވާތީއާއި، މަޖިލީހުގެ ހުރިހާ މެންބަރުންނަށް ތުހުމަތުވާ ގޮތަށް އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން އިޒްރޭލްގެ ޕާސްޕޯޓު ބޭން ކޮށްފައިވާކަމަށް ބުނެ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ކަމަށާއި، ހަގީގަތް އޮޅުވާލުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މި ބިލުގެ މަސައްކަތް އަވަސް ކުރުމަށް މަޖިލިސް ތެރެއިން ކުރެވެން އޮތީ ކޮންކަމެއްތޯ ބަލައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ މައްސަލަ އަވަސް ކުރަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގޮވާލީ ރައްޔިތުންނަށް މަލާމާތް ކުރުމަށް ކަމަށެވެ. އެ މަސައްކަތް ކުރުމުގެ ރަނގަޅު ނިޔަތެއް ނެތް ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ.

މެންބަރު މީކާއީލް ވިދާޅުވީ އިޒްރޭލްގެ ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައި ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ދޭނެ ޖަވާބެއް ނެތް ކަމަށެވެ. އިޒްރޭލްގެ ޕާސްޕޯޓު ބޭންކުރާ މައްސަލަ ލަސްވަމުންދާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މަޖިލިސްރައްޔިތުންގެ މަޖިލިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު