Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބު- އަބްދުއްރަހީމް

މަޖިލިސް އިންތިޚާބުގައި ދެ އާއިލާއެއް "ނަގަން" އަދީބު އަތުން "އަނެކެތިކޮޅެއް" ހޯދަން އަބްދުއްރަހީމް އެދޭ އޯޑިއޯއެއް ލީކުކޮށްލައިފި

މީތި ފުނޑާލެވޭނެ، ވަރުގަދަ ދެ އާއިލާއެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 16 އޯގަސްޓު 2017 | ބުދަ 19:57
އަދީީބުއާއި އަބްދުއްރަހީމް- ކޮންމެހެން ހޮވަން ޖެހޭ މެމްބަރުން ހޮވުމަށް އަދީބު ޚަރަދު ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި

އަދީީބުއާއި އަބްދުއްރަހީމް- ކޮންމެހެން ހޮވަން ޖެހޭ މެމްބަރުން ހޮވުމަށް އަދީބު ޚަރަދު ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޮންމެހެން ނަގަންޖެހޭ ދެ އާއިލާއެއް "ނަގަން" ކުރީގެ ނައިބު ރައީސް އަދި އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އަތްޕުޅުން "އަނެކެތިކޮޅެއް" ހޯއްދަވަން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގަންނަވާ އޯޑިއޯއެއް ލީކު ކޮށްލައިފި އެވެ.

ގާތްގަނޑަކަށް އެއް މިނެޓް ތިރީސް ސިކުންތުގެ އެ އޯޑިއޯ އަކީ އަދީބާއި އަބްދުއްރަހީމްއާ ދެމެދު ކުރެވުނު ފޯނު ކޯލެއް ކަމަށް ބެލެވެއެވެ.

Advertisement - newsAdvertisement

އޯޑިއޯ ފަށައިގަންނަ އިރު، އިވެނީ ސައިކަލު ބުރަކަށް އަދީބު ނިކުމެވަޑައިގެންނެވުމާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި ދައްކާ ވާހަކަ އެވެ. އެގޮތުން "ސައިކަލަކަށް އަރައިގެން ނިކުތީ ދޯ" އޭ އަބްދުއްރަހީމް ވިދާޅުވުމުން، ފްރޮންޓްލައިންގައި ތިބޭ މީހުން ނިކުންނަންޖެހޭ ކަމަށް އަދީބު ވިދާޅުވެއެވެ.

އެއަށްފަހު ދާއިރާގެ ކަންތައްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދައްކަވަ އެވެ. ދާއިރާ ކިހިނެއްތޯ އަދީބު ސުވާލު ކުރައްވަ އެވެ. އަދި "މައްސޫދު" ކިޔާ މީހަކު "ބަނޑަހަ ޖަހައިގެން ތިތާ އެބަހުރި ދޯ" އޭ އަދީބު ސުވާލުކުރައްވަ އެވެ.

"މައްސޫދާ" ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވެފައިވަނީ "މައްސޫދު" އެބަހުރި ކަމަށާއި "އެމީހުން ކުލައާއި ހުރިހާ ސާމާނުތަކެއް މިތަނަށް އަޅާލާފައި" އެބަހުރި ކަމަށެވެ. އަދި ވަކިވަކި ފަރުދުންނަށް "ކުދި ކުދި އެއްޗެހި ވައްޓާލައިގެން" ކަންކަން ކުރަނީ ކަމަށް އަބްދުއްރަހީމް ވިދާޅުވެ އެވެ.

އެއަށްފަހު "މުޅި އެތި ފުނޑާލެވޭނެތޯ" އަދީބު ސުވާލުކުރައްވަ އެވެ. އަބްދުއްރަހީމް ވިދާޅުވި "ފުނޑާލެވޭނެ" ކަމަށާއި އެހެން ނަމަވެސް ދެ ދުވަސް "މިތަނުގައި" ހުންނަން ޖެހިދާނެ ކަމަށެވެ. "މިހާރަކު ނޫން މިރޭ މަ ދާނަން، ތިކޮޅަށް ގޮސްފަ ބޮޑު ޖަލްސާ ކަންތައް ކޮށްލާފަ، ދެ ދުވަހެއް ވަރު" އަބްދުއްރަހީމް ވިދާޅުވެއެވެ.

އަބްދުއްރަހީމް ވިދާޅުވެފައިވަނީ "ނަގަންޖެހޭ" ވަރަށް ވަރުގަދަ ދެ އާއިލާއެއް އެބައުޅޭ ކަމަށެވެ. އެގޮތުން އެއީ "އަބްދުﷲ" އަކާއި "މޫސައިދީ" ކިޔާ މީހެއް ކަމަށް އޭނާ ވިދާޅުވެއެވެ.

"މި ދެ މީހުން އުފުރާލުމުގެ މަސައްކަތް މަ އެބަކުރަން،" އޭނާ ވިދާޅުވެއެވެ.

އެއަށްފަހު ގުޅާލީ ކީއްވެތޯ އަބްދުއްރަހީމާ އަދީބު ސުވާލުކުރައްވަ އެވެ. "މި ގުޅާލީ ސައިކަލު ބުރު ފެނުނީމަ ވަރަށް ސަޅިވީމަ، ކުޑަކޮށް އަނެކެތި ކޮޅެއް ހޯދާލަންޖެހޭނެ،" އަބްދުއްރަހީމް ވިދާޅުވެ އެވެ.

މިފަދަ އޯޑިއޯއެއް ލީކުކޮށްލާފައި މިވަނީ، އަދީބުގެ ފައިސާގައި ހިފައި އެ ފައިސާއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި މެންބަރުން ވަރަށް ގިނަ ކަމަށާއި އެފަދަ މެމްބަރުން އަމިއްލަ އަށް އިސްތިއުފާ ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނިކޮށްނެވެ.

"ރުމާލު 2"ގެ ނަމުގައި މާލޭ ހިޔާގެ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، އަދީބުގެ ފައިސާ ވަނީ ހަމައެކަނި އެމަނިކުފާނުގެ ގެކޮޅަށް އެކަނި ނޫން ކަމަށެވެ. ގިނަ މެންބަރުންތަކެއް ވަނީ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަތުމަށް އަދީބުގެ އެހީ ހޯދައި އަދީބުގެ ފައިސާ ބޭނުންކޮށްފައި ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގަތް ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާދީ، އަމިއްލަ މަސައްކަތްތަކުން އަލުން އިންތިހާބުވެގެން ވަޑައިގަތުމަށް ވެސް ރައީސް ޔާމީން ގޮވާލެއްވި އެވެ.

"މި ފައިސާއިން ހަރަދުކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް އިންތިހާބުކުރަންތޯ އެބަ ބަލަންޖެހޭ، ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މެންބަރުން އިންތިޚާބުކުރުމަށް ޕީޕީއެމް އިން ޚަރަދުކުރީ މަދެއްކޮށް ނޫން ކަމަށާއި އެކަމުގައި އެންމެ ބޮޑު ޚަރަދެއް ކޮށްދެއްވީ އަދީބު ކަމަށެވެ. "ހަމަ ގައިމު ވެސް މަޖިލީހުގައި ތިއްބަވާނެ އަހުމަދު އަދީބު ހޭދަކުރައްވައިގެން އިންތިހާބުވި މެންބަރުން، އެހެންވީމަ އެ ބޭފުޅުން ވެސް ރާއްޖެ ކޮރަޕްޝަނުން ސަލާމަތް ކުރަން ބޭނުންވާނަމަ އަމިއްލައަށް އެކަން ގަބޫލުކޮށް ދުރަށް ވަޑައިގެން އަމިއްލަ ފައިސާއިން ހޮވިގެން އާދޭ، އަޅުގަނޑުމެންގެ ޕާޓީން މަދަކުން ނޫން މަޖިލީހުގެ މެންބަރުން ހޮވަން ހަރަދުކުރީކީ، މީގަ ބޮޑު ހޭދައެއް ކޮށްދެއްވީ އަހުމަދު އަދީބު، އެހެންވީމަ ޑޭވަންއިން ފެށިގެން އަހުމަދު އަދީބު ގެންގުޅުއްވި ފައިސާއަކީ ހަލާލު ނޫން ހައްގު ނޫން ފައިސާ ކަމަށްވާނަމަ އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން،" ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ލީކުވެފައިވާ އޯޑިއޯއާ ގުޅޭގޮތުން އަބްދުއްރަހީމްގެ ބަހެއް ހޯދުމަށް ގުޅާލުމުން ވަނީ ފޯނު ބިޒީ ކުރައްވާފަ އެވެ. އަދި މެސެޖް ކުރުމުން، ރިޕްލައި ނުކުރައްވަ އެވެ. 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒްކުރައްވަމުން ގެންދަވާތީ އަދީބުގެ ބަހެއް ވެސް މި އޯޑިއޯގާ ގުޅިގެން ލިބޭގޮތް ވަނީ ނުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު