Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުން

މަސްތުވާތަކެތި ބޭނުންކުރާ މީހުން ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުތަކަށް ގެންދިއުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

20 އޮކްޓޯބަރު 2024 | އާދީއްތަ 13:54

ހިންމަފުއްޓަށް މީހުން ބަދަލު ކުރަން ފެށީ ޖުލައި މަހުގެ ތެރޭގައި

އަމްނާ އިމާދު
އަމްނާ އިމާދު | 20 އޮކްޓޯބަރު 2024 | އާދީއްތަ 13:54
އާދިއްތަ ދުވަހުގެ ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އާދިއްތަ ދުވަހުގެ ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅޭ މީހުންނާއި، މަސްތުވާތަކެތި ބޭނުންކޮށް މަގުމަތީގައި ސަލާން ޖަހަން އުޅޭ މީހުން ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުތަކަށް ގެންދިއުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ފުލުހުންގެ ޚިދުމަތުން ގުޅިގެންނެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއާމަން އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިން ވިދާޅުވީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތަކެއް ގާއިމްކުރެވިފައިވާ ކަމަށެވެ. އެގޮތުން ކ.ހިންމަފުށި، އަދި ހުޅުމާލެ ސެންޓަރު ލުބްނާ ފާހަގަކުރެއްވިއެވެ.

ލުބްނާ ވިދާޅުވީ ހިންމަފުއްޓަށް މީހުން ބަދަލު ކުރަން ފެށީ ޖުލައި މަހުގެ ތެރޭގައި ކަމަށާއި، ހުޅުމާލެ ސެންޓަރު މިހާރު ވަރަށް ފަހުން އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި ސެންޓަރުތަކުގައި މަސްތުވާތަކެތި ނަގާ މީހުންނާއި، އޭގެ ވިޔަފާރި ކުރާ މީހުން ކުށުގެ ވެށިން ނެގުމާއި ގުޅިގެން އެ މީހުންނަށް ބޭނުންވާ ފަރުވާ ދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ލުބްނާ ވިދާޅުވީ މިދިޔަ މުއްދަތުގައި މަސްތުވާތަކެތި ނަގާ މީހުންނާއި ގުޅޭ ގޮތުން އާއްމުންގެ ފަރާތުންނާއި ބެލެނިވެރިންގެ ފަރާތުން ކޯލްތައް ވަރަށް ގިނައިން ލިބޭ ކަމަށާއި، އެތަންތަނަށް ވަރަށް ބޮޑަށް އެޓެންޑް ކުރެވިފައިވާ ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުތަކަށް ގެންދިއުމުގެ އޮޕަރޭޝަންއާ ގުޅޭގޮތުން ޑްރަން އެންފޯސްމެންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 103 ވަނަ މާއްދާގެ ދަށުން ބަންދު ކޮށްގެން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަށް ގެންދާނެ ކަމަށާއި، 9 އޮކްޓޫބަރު 2024 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 14 މީހުން ރިމާންޑް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް މަގުމަތިން ހެޔޮ ބަދަލުތައް ފެންނާނެ ކަމަށް ނާހިދު ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖުތަމައުއަށް ނެރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެންޑީއޭގެ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ މިހާރު ފަރުވާ ހޯދަން އަންނަ ގިނަ މީހުންނަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައި ތިބި މީހުންކަން ފާހަގަކުރެވޭ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެއީ ބޭނުންކުރެވޭ މަސްތުވާތަކެތީގެ ސަބަބުން އަންނަ ނަފްސާނީ ބަލި މަޑުކަމެއްކަން ފާހަގަކުރައްވައި ރާޝިދު ވިދާޅުވީ މިމައްސަލަ ވަރަށް ގިނަ މީހުންގެ ފަރާތުން ފާހަގަކުރެވިފައިވާ ކަމަށެވެ. ރާޝިދު ވިދާޅުވީ ރާއްޖޭގައި ފަރުވާ ދިނުމުގެ ނިޒާމު ބައްޓަން ކުރެވިފައި އޮތީ މަސްތުން ސާފުކޮށް އެމީހުން މުޖުތަމައުއަށް ރީ އިންޓަގްރޭޓް ކުރުމަށް ކަމަށެވެ. ނަމަވެސް މިހާރު އަސާސީ މަސައްކަތެއްގެ ގޮތުގައި ފުރަތަމަ އެމީހަކަށް ނަފްސާނީ ގޮތުން ފަރުވާ ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ދިމާވާ ގޮންޖެހުންތަކަށް އިޝާރާތް ކުރައްވައި ރާޝިދު ވިދާޅުވީ ފަރުވާ ދޭނެ މީހުންނާއި، އެހީތެރިކަން ފޯރުކޮށްދޭން ތިބި ތަޖުރިބާ ހުރި މީހުން މަދު ކަމަށެވެ. ނަމަވެސް ބޭރުގެ ރިސޯސްތަކާއި، އެހެނިހެން ގޮތްގޮތުން ވެސް ޚިދުމަތް ފުޅާކޮށް، ސައިކޯ ސޯޝަލް ޕްރޮގްރާމްތައް ކުރިއަށް ގެންދަން މަސައްކަތް ކުރާމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ އެންޑީއޭގެ ފަރުވާގެ ތެރޭގައި ތަފާތު 10 ސެންޓަރެއްގައި 1500 މީހުން ފަރުވާ ނަގަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ސެންޓަރުގައި ތިބެގެން ފަރުވާ ނަގާ މީހުންނާއި، މުޖުތަމައުގެ ތެރޭގައި ފަރުވާ ނަގާ މީހުން އަދި ބޭސް ދެވިގެން ފަރުވާ ނަގާ މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

25 ޑިސެމްބަރު 2025
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
24 ޑިސެމްބަރު 2025

ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ

24 ޑިސެމްބަރު 2025
ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ
24 ޑިސެމްބަރު 2025

މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ

24 ޑިސެމްބަރު 2025
މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ
23 ޑިސެމްބަރު 2025

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

23 ޑިސެމްބަރު 2025
911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!
23 ޑިސެމްބަރު 2025

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

23 ޑިސެމްބަރު 2025
ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!
21 ޑިސެމްބަރު 2025

މަސްތުވާތަކެއްޗާއެކު ވަންދޫ އިން ފުލުހަކު ހައްޔަރު ކޮށްފި

21 ޑިސެމްބަރު 2025
މަސްތުވާތަކެއްޗާއެކު ވަންދޫ އިން ފުލުހަކު ހައްޔަރު ކޮށްފި
21 ޑިސެމްބަރު 2025

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް
21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
19 ޑިސެމްބަރު 2025

މަނާކުރި ފަހުން މިހާތަނަށް 73000 އަށް ވުރެ ގިނަ ވޭޕް ގެ ސާމާނު ހިފަހައްޓައިފި

19 ޑިސެމްބަރު 2025
މަނާކުރި ފަހުން މިހާތަނަށް 73000 އަށް ވުރެ ގިނަ ވޭޕް ގެ ސާމާނު ހިފަހައްޓައިފި
17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް