Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މާލީ ހިސާބުތަކުގެ މައްސަލަ

ނާގާބިލްކަންކަމުން ކަންކަން ނުވީމަ، އެކަން ވެސް ފުރޮޅާލަނީ ބިރު ދެއްކުމުގެ އެޕިސޯޑަކަށް!

މާލީ ހިސާބުތައް ހާމަ ނުކޮށްގެން ހޫނު ފެނަށް ވެއްޓުމުން ޒިންމާ ނެގުމުގެ ބަދަލުގައި ސަރުކާރުން ފެށީ ބިރު ދެއްކުމުގެ އާ އެޕިސޯޑެކެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2024 | ހޮނިހިރު 14:31
ފިނޭންސް މިނިސްޓަރ ޒަމީރު އާއި އޭޖީ އަހުމަދު އުޝާމް

ފިނޭންސް މިނިސްޓަރ ޒަމީރު އާއި އޭޖީ އަހުމަދު އުޝާމް

ޖޫން މަހުންފެށިގެން ސަރުކާރުގެ މާލީ ހިސާބުތައް ޝާޢިއުކުރުން ހުއްޓާލީ، އެކަން ކުރެއްވި ވަކި ސަބަބެއް ހާމަ ކުރުމަކާއި ނުލައެވެ. އެކަމަށް ތަކުރާރުކޮށް އާއްމުންގެ ފަރާތުން އެތައް ފާޑުކިޔުމެއް އަމާޒުވި ނަމަ ވެސް ސަރުކާރުގެ އަމަލުތަކުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި މެދު ސަރުކާރުގެ މާބޮޑު ފަރުވާލެއް ހުރި ކަމަށް ބުނެވޭނެ މަންޒަރެއް ފެންނާކަށް ނެތެވެ. ތަކުރާރުކޮށް ނޫސްވެރިންނާއި، އާއްމުންނާއި، ވާދަވެރި ސިޔާސީ މީހުން މާލީ ހިސާބު ކޮބާތޯ ކުރި ސުވާލުތަކަށް ދިން ޖަވާބެއް ހަރާމެވެ. އެ ވާހަކަތަކަށް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. މާލީ ހިސާބުތައް ހާމަ ނުކުރުމަކީ ނުރައްކަލުގެ ރަނގަބީލެއް ކަމަށް ބުނެ އިގްތިސާދީ މާހިރުން ދެއްކި ވާހަަކަ އަށް ވެސް އިޖާބަ އެއް ނުދެއެވެ. އެންމެ ފަހުން ވޯލްޑް ބޭންކުންވެސް މާލީ ހިސާބުތައް ސަރުކާރުން ހާމަ ނުކުރާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. ކަންދިމާކުރި ގޮތުން މާލީ ހިސާބުތައް މެދު ކަނޑާލީ ދައުލަތުގެ ހިސާބުތައް ބަލާ، ފާޑު ކިޔާ މީހުން ސަރުކާރުގެ މާލީ ސިޔާސަތުތަކަށް އިންތިހާ އަށް ފާޑުކިޔަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެއީ އިއްތިފާގެއް ކަަމަށް ޤަބޫލުކުރަން ދައްޗެވެ.

ކަން މިހެން އޮތް އިރު، މާލީ ހިސާބުތައް ހާމަކުރުން ހުއްޓާލީ، ނޫނީ އެހެން ގޮތަކަށް ބުނާނަމަ އެ ހިސާބުތައް ފޮރުވަން ފެށީ، ހާމަ ކުރަން ބޭނުން ނުވާ ކިތަންމެ، ކިތަންމެ ކަމެއް މި މާލީ ހިސާބުތަކުގައި ހުރުމުންނޭ ބުނުމުގެ ފުރުސަތު އެބަ އޮތެވެ. ޕްރޯ އެކްޓިވް ނުވަތަ އިސްވެ ސިޔާސަތުތައް ހާމަކުރުމުގެ ވައުދާއި އެކު ވެރިކަމަށް ވަޑައިގަތް ނަމަ ވެސް ކަން ހިނގަނީ އެއާއި ދިމާ އިދިކޮޅަށެވެ. ދެތިން މިސާލެއް ދަންނަވާލާނަމެވެ. ކޭޝް ފްލޯ ހަމަޖައްސާ މާލީ ޒަރޫރަތުތައް ފަރުޖައްސަން ސަރުކާރުން 800 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ފުރުސަތު ހުޅުވާލި ވާހަކައެވެ. 2024 ވަނަ އަހަރުގެ މިހާތަނަށް އެކަނިވެސް ސަރުކާރުން ނެގި ލޯނުގެ އަދަދު 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) އަށް އަރައެވެ. މި ހުރީ މާލީ ހިސާބުތަކުން ހާމަ އަށް ފެންނަން ހުރި ސަރުކާރުން ދައްކަން ބޭނުން ނުވާ ޒާތުގެ ވާހަކަތަކެވެ.

މާލީ ހިސާބުތައް ހާމަ ކުރި ކޮންމެ ފަހަރަކު ސިޔާސީ މަޤާމުތަކަށް ކުރާ ޚަރަދު ފެނި ނުސިހޭ އާއްމު މީހަކު މަދެވެ. އެ ބޭފުޅުންގެ ޚަރަދުތައް ހަމަޖައްސަން މިލިއަނުން ޚަރަދު ކުރައްވާ ވާހަކަ ރައްޔިތުން ދެއްކުން ވަނީ ސަރުކާރަށް ހަޖަމް ކުރަން ނިކަން އުނދަނގޫކަމަކަށެވެ. ވަޒީފާތަކަށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން މީހުން ނެގުމާއި، ޚާއްސަކޮށް ސިޔާސީ މުވައްޒަފުންގެ ފަތިވަރުތައް ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން ކުންފުނިތަކަށް އަމުނާލާފައިވާކަން އެ ހިސާބުތަކުން ހާމަވެއެވެ. އެ ޚަރަދުތަކާއި މެދު ކީ ފާޑުކިޔުންތައް އަޑު އަހާކަށް ސަރުކާރުން ބޭނުމެއް ނުވިއެވެ.

ކޮންމެއަކަސް، މާލީ ހިސާބުތައް ހާމަ ނުކުރާތާ 5 މަސް ދުވަސް ފަހުން ސަރުކާރުން ހޮނިހިރު ދުވަހު ދެއްކެވީ މުޅިން އާ ބަހަނާއެކެވެ. ކުރުކޮށް ބުނާ ނަމަ މިކަމުގެ ވެސް ޒިންމާ ނަގަންވީ ހަމަ ކުރީ ސަރުކާރުންނެވެ. މިކަމުގައި ވެސް މި ސަރުކާރަށް ގޯސްވީ ކުރީ ސަރުކާރެވެ. ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން އިންތިހާ ގޯސް ހަދާފައިވާ ކަމަށް ބުނެ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ނިކަން ގިނަ ހާސަރުތަކެއް ދަމައިފިއެވެ. ގަޑިއެއްހާ އިރު ވަންދެން ކުރީ ސަރުކާރުން ހެދި މާލީ ގޯހުގެ ވާހަކަ ދެއްކި އިރު ވެރިކަމަށް 6 މަހަށް ވުރެ ގިނަ ދުވަސް ފަހުން އެފަދަ މާލީ މައްސަލަތަކެއް ފާހަގަވާން ޖެހުނު ސަބަބެއް ވިދާޅުވެދެއްވިފައެއް ނެތެވެ. އޭގެ ކުރިން ޖޫން މަހާއި ހިސާބަށް ހިސާބުތައް ރެކޯޑް ކުރިގޮތުގައި މައްސަލަ އެއް ނެތިފައި، އޭގެ ފަހުން އެ ހިސާބުތަކުގައި މައްސަލަ ދިމާވި ސަަބަބެއް ވެސް ސާފުކޮށެއް ވިދާޅުވެ އެއް ނުދެއްވެއެވެ.

މި އަހަރު ދެބައި ވެގެން ދިޔަ އިރު، ވަރަށް ބޮޑެތި ތަފާތުތަކެއް ހިސާބުތަކުގައި ހުރިކަން ފާހަގަކުރެވުމުން، އޭރުގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޝަފީގް ވަނީ ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ޝާއިއުކުރުން މަޑުޖައްސާލައްވާ، އެކަން ހިނގާ ގޮތް ބައްލަވާފައި ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. މިކަން މިހެން އޮތް ކަމަށް ވާނަމަ އިތުރަށް އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލުތަކެއް އެބަ ހުއްޓެވެ. ހަމަ ޔަގީނުން ވެސް މިއީ އާއްމުންގެ ހިތުގައި ވެސް އުފެދޭނެ ސުވާލުތަކެކެވެ. ވެރިކަމުގެ ޓްރާންސިޝަން މަރުހަލާގައި މާލީ ނިޒާމްގައި މައްސަލަ އެއް ހުރިކަން ފާހަގަ ނުވަނީތޯއެވެ. ދެއިރު ދެ ދަޅައަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކުރީ ސަރުކާރުގެ ގޯސްތަކުގެ ވާހަކަ އަމުނާލި އިރު އެ ވިދާޅުވާ ގޯސް މާލީ ސިޔާސަތުގެ ވާހަކައިގެ ހިލަމެއް ވެސް ނުވީ ކީއްވެތޯއެވެ. އެންމެ ރަނގަޅެވެ. އޭރު އެކަން ރޭކާ ނުލީއެވެ. މާލީ ކަންކަން އެނގިގެން އިގްތިސާދު އެނގިގެން ވެރިކަމަށް ވަޑައިގަތް ކަމަށް ވިދާޅުވާ ބޭފުޅުންނަށް އެކަން ހަމަ ހިލާ ރޭކާ ނުލީތާއެވެ. އަދި މޮޅު ކަމަކީ ޓްރާންސިޝަން މަރުހަލާގައި އެކަން ރޭކާ ނުލިތާގައި ފުރަތަމަ ކުއާޓަރ ނިމުނު އިރު ވެސް އެކަން ސަރުކާރުގެ ލޮލުގައި އަޅައިގަތް ކަމަށް ނުވުމެވެ.

ކުއްލިއަކަށް އާ ވަޒީރަކު މާލީ ވުޒާރާ އާއި ހަވާލުވުމާއި ހިސާބުން މާލީ ހިސާބުތަކާއި މެދު ކިޔަން މި ފެށީ މުޅިން އާ ލަވައެކެވެ. ޕްރޮޖެކްޓްސްއާ ގުޅޭ ޑިސްބާސްމަންޓްސްތައް ހިނގަމުންދާ އަހަރުގެ ތެރޭ ރިކޯޑު ކުރުމުގެ މައްސަލަ ދިމާވާ ކަމަށް އެ މަނިކުފާނު ވިދާޅުވާ އިރު މި މަނިކުފާނު ވަޒީރުކަމުގައި ހުންނަވަައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެެރިކަމުގައި ވެސް އެކަން ކުރައްވާފައި އޮތީ ހަމަ މި ބީދައިންނެވެ. މާލީ ހިސާބު ރެކޯޑް ކުރީ ގޯސް ކަމަށް އެ ބުނާ މޭރުމުންނެވެ. ވެރިކަން ނިމި އަނެއް ވެރިކަމަށް ދައުރުވި އިރު އެ ބުނާ ބިލްތައް ވެސް ނުދައްކާ ހުއްޓެވެ. ޕްރޮޖެކްޓްތަކުގެ މައުލޫމާތު ވެސް ރެކޯޑް ނުކޮށް ހުއްޓެވެ. އެހެންވީމަ އެ ވިދާޅުވަނީ ތިމަން މަނިކުފާނު ވެސް ކުރިން މާލީ ވަޒީރުކަމުގައި ހުންނަވާ ކަންކުރެއްވީ ގޯސްކޮށް ކަމަށްތޯއެވެ؟

ދެން އޮތީ މައްސަލަ ބަލާ ވާހަކައެވެ. މާލީ ސިޔާސަތެއް ނެތި، ހަރުދަނާ އުސޫލެއް ނެތި މާލީ ކަންކަން ބޮއްސުން ލުމުން ދެން މި ޖަހަނީ އަދި މާ މޮޅު ޗައްކަރެކެވެ. މި ހަދާ ވަޑާމަކީ ކޮންމެވެސް ދިމާލަކުން މައްސަލަ އެއް ދަމާ ނެރެގެން ރޯ ބުހުތާން ދޮގުތައް ހެދުމާއި، މައްސަލަތައް ބަލާނެ ކަމަށް ބުނެ ސިޔާސީ މީހުންނަށް ބިރުދެއްކުމެވެ. ޤާބިލްކަމެއް ނެތި ކަންކަން ނުވެގެން ނޭވާ ހޮޅިއަށް އެޅުނީމަ އެކަން ވެސް އެހެން ބައެއްގެ ބޮލަށް ކަނޑާލަނީއެވެ. ހަގީގަތް އޮޅުވާލާ، ހަގީގަތަށް ފަސް އަޅަން ކޮންމެ ކަމެއް ކުރައްވަން ވެސް ސަރުކާރުން ތިބީ ތައްޔާރަށޭ ބުނާ ކަހަލައެވެ. މިއީ އެކަމަކު މިހާރު ހައިރާން ވާންވީ ކަމެއް ނޫނެވެ. ކަމަކާއި ސަރުކާރު ޒިންމާދާރު ކުރުވާ މީހެއް ވެއްޖެއްޔާ އެ މީހަކު ދަމާ ކޫއްތާފައި ކޮންމެވެސް މައްސަލަ ބަލާ އިދާރާއަކަށް ގެންދިއުމުގެ ބިރު އެ މީހަކަށް މިއަދު އެބަ ދައްކައެވެ. މީޑިއާއެއް ވިޔަސް، ސިޔާސީ މީހަކަސް ބިރު ދެއްކުން ނޫން ކަމެއް ސަރުކާރުގެ ކިބައަކުން ނުފެނެއެވެ. މައްސަލަ ބަލާނެ، މައްސަލަ ބަލަނީ، މައްސަލަ ބަލާ ފިޔަވަޅު އަޅަނީ، މި ނޫން އަޑެއް ސަރުކާރުގެ ކިބައިން މިހާރު އެބަ އިވޭތޯއެވެ؟

ހަގީގަތަކީ މަޖިލިސް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ގޯސްތަކެއް ހަދައިފިކަމެވެ. މިއަދު މި ވާހަކަތައް މި ދައްކަވަނީ އެކަން އޮޅުވާލުމަށެވެ. މަޖިލީސް އިންތިޚާބުގައި ޚަރަދު ބަރަދު ކުރި ގޮތުގެ ދެ ފުށް ފެންނަ ގޮތް ނުވެ، އޮޅުވާލުމާއި މަކަރާއި، ހީލަތްތައް އެ މަރުހަލާގައި އިންތިހާ އަށް ހިންގައިފިއެވެ. މިހާރު މާލީ ހިސާބުތަކޭ ކިޔައިގެން މި ދައްކަވަނީ އެ ވާހަކަތައް މަތިއަޅަން ދައްކަވާ ވާހަކަތަކެއް ނޫން ބާވައެވެ. ކެޔޮކޭ ވަރު އެނގޭނީ ބިތު ފަންގި ނެގީމައެވެ. އެދުވަހެއް އައުމުން އެ ބިތުފަންގިވެސް ނަގާ ބަލާ ބަޔަކު ބަލާނެކަން ކަށަވަރެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

25 ޖުލައި 2017
ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

04 ޖުލައި 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު