Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލީ ހިސާބުތައް

މާލީ ހިސާބުތައް އޮޅުވާލީ ރައީސް އޮފީހުގެ ނުފޫޒުން، ހަދަނީ ބުހުތާން ދޮގު - އަމީރު

އަމީރު ވިދާޅުވީ ޒަމީރުގެ އެ ވާހަކަތަކުން އެނގެނީ ފިނޭންސް މިނިސްޓްރީން އަމަލުކުރަމުން އަންނަ އަސާސީ އުސޫލްތައް ވެސް ސަރުކާރަށް ނޭނގޭ މިންވަރު ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 އޮކްޓޯބަރު 2024 | ހޮނިހިރު 14:20
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މާލީ ހިސާބުތައް އޮޅުވާލީ ރައީސް އޮފީހުގެ ނުފޫޒުން ކަމަށާއި މާލީ ހިސާބުތަކާއި މެދު ސަރުކާރުން ހަދަނީ ބުހުތާން ދޮގުކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިމިދިޔަ ސަރުކާރުން މަޝްރޫޢުތަކުގެ ހިސާބުތައް ބަލަހައްޓާފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވާކަމަށް ފާހަގަކޮށް ނިމިދިޔަ ސަރުކާރަށް މި ސަރުކާރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރާއި އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ކުރީ ސަރުކާރުން ހިސާބުތައް ބެލެހެއްޓުމުގައި މާލިއްޔަތު ޤާނޫނާއި ޚިލާފުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ އެ މައްސަލަ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. އެކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީން ސުވާލުކުރުމުން އަމީރު ވިދާޅުވީ މާލީ ހިސާބުތައް ހާމަ ނުކުރަނީ ކުރީ އަހަރުގެ ހަރަދުތައް ފަހުން ރިކޯޑު ކުރުމުން ހިސާބުތައް ދިމާ ނުވާތީ ކަމަށް ބުނެ ސަރުކާރުން ހަދަމުން ދަނީ ބޮޑެތި ދޮގުތައް ކަމަށެވެ. އެގޮތުން ޕްރޮޖެކްޓްތަކާއި ގުޅޭ ޑިސްބާސްމަންޓްސްތައް ހިނގަމުންދާ އަހަރުގެ ތެރޭ ރިކޯޑު ކުރުމުން ހިސާބުތައް ދިމާ ނުވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ މިހާތަނަށް ވެސް މާލީ ހިސާބުތައް ބަލަހައްޓަމުން އައި ގޮތް ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވަނީ އެކަން މިނިސްޓަރ ޒަމީރަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަަމށް ފާހަގަކުރައްވާފައެވެ.

ޒަމީރު ވިދާޅުވީ މައްސަލަ ޖެހިފައި ވަނީ ފަންޑަން ޕްރޮޖެކްޓުތަކެއްގައި ކަމަށް ޒަމީރު ފާހަގަކުރައްވާފައި ވާއިރު މާލީ ހިސާބުތައް ރެކޯޑްކުރަމުން ދަނީ ޑޮކިއުމެންޓްތައް ފުރިހަމަވާ މިންވަރުން ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ސަރުކާރުތައް ބަދަލުވާ އިރު އަބަދުވެސް ކުރީ ސަރުކާރުގެ ބިލްތައް ހުންނަ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވި އިރު ވެސް ދެ ތިން ބިލިއަނެއްހާ ރުފިޔާ އެގޮތަށް ބަޖެޓަށް އިތުރުވި ކަމަށް އޭނާ ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ކޭޝް ފްލޯ ތަފާތުތައް އަނެއް އަހަރަށް ފޯލް ވުމަކީ އެއީ ކޮންމެ އަހަރަކުވެސް ހިނގާ ކަމެއް ކަމަށެވެ. "ރެކޯޑް ނުކުރެވި ވެސް ހުންނާނެ އަދަދުތަކެއް، ޑޯނަރ އެޖެންސީތަކުން އަންނަން ވަރަކަށް އެ ރެކޯޑްކުރަމުން ދަނީ،" ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ ކަންކަން ނޭނގެނީ ކަމަށެވެ. ކަންކަން ކުރާނެ ގޮތް ނޭނގެންޏާ ދުރަށް ވަޑައިގަންނަވަން ގޮވާލައްވަމުން އަމީރު ވިދާޅުވީ، މާލީ ކަންކަން އޮޅުވާލާ، ހިސާބު ހާމަނުކޮށް ތިބުމަށްފަހު ބަހަނާ ދައްކަނީ ކަމުގައެވެ.

އަމީރު ވަނީ ލިބޭ އާމްދަނީ އިތުރުވަމުންދާއިރު ވެސް ސަރުކާރަށް ޚަރަދު ދެކޮޅު ނުޖެއްސެނީ މާލީ ގޮތުން ނާޤާބިލްވުމުން ކަމަށް ސިފަކުރައްވާފައެވެ. އަދި ނިމިދިޔަ ސަރުކާރުގައި ވެސް ކޭޝް ފްލޯ ހިނގަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. އޭރުވެސް ކޭޝް ފްލޯ ބަލަހައްޓަން ތިބި ސްޓާފުންނަކީ މިހާރުވެސް އެކަން ކުރަން ތިބި ސްޓާފުން ކަމަށާއި ކަންކަން ހިނގާ ގޮތް ނޭނގޭ ނަމަ އެ ސްޓާފުން ކައިރީގައި އަހައިގެން ކަންކަން އޮޅުން ފިލުވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. ނިމިގޮސްފައިވާ އަހަރުގެ ބިލްތައް ޖެހިގެން އަންނަ އަހަރު ރެކޯޑްކުރަން ޖެހުމުން އެކަމާއި މެދު އަމަލުކުރާނެ ގޮތެއް ހޯދަމުންދާ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. އެކަމަށް އިޝާރާތްކުރައްވާ އަމީރު ވިދާޅުވީ ޒަމީރުގެ އެ ވާހަކަތަކުން އެނގެނީ ފިނޭންސް މިނިސްޓްރީން އަމަލުކުރަމުން އަންނަ އަސާސީ އުސޫލްތައް ވެސް ސަރުކާރަށް ނޭނގޭ މިންވަރު ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު