Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ދުލާާއި ޤަލަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ބާބެއް ފެށުނީ؟

މިދިޔަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަގު ވައްޓާލުމަށް ބައެއް މީޑިއާ ތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ފަދަ ނޫސްތަކާ މެދު މީޑިއާ ކައުންސިލުން ފިޔަވަޅު ނާޅާ ވާހަކަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2024 | އާދީއްތަ 07:45
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ސަރުކާރުން ދަނީ ނޫސްވެރިންނަށް ދަތި ކުރުމަށް އެތައް ކަމެއް ކުރަމުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ސަރުކާރުން ދަނީ ނޫސްވެރިންނަށް ދަތި ކުރުމަށް އެތައް ކަމެއް ކުރަމުން

ފެހި ޤާނޫނު އަސާސީ އާއެކު ދިވެހިންނަށް އެތަކެއް ފޮނި އުންމީދުތަކެއް ގެނުވި އެވެ. މީގެ ކުރިން ހިފެހެއްޓިފައިވާ އެތައް ޙައްޤެއް ދިވެހިންނަށް ލިބިގެން ދިޔަ އެވެ. އެއީ ދިވެހިން ބޭނުން ވެގެން ވެސް ތިބި ގޮތެވެ. މީގެ ކުރިން އެކަންކަން ހިފެހެއްޓިފައި އޮތް ނަމަވެސް، އެކަންކަން ހޯދުނީ ދިވެހިންގެ ތެރެއިން ހިތްވަރާއެކު ނިކުތް ބައެއްގެ ސަބަބުންނެވެ. އެތައް ބައެއްގެ ބުރަ މަސައްކަތާއި، ޤުރުބާާނީ އަކުންނެވެ.

އެ މިނިވަންކަމާއި، އެ ފުރުސަތުތައް ދިވެހިން ހޯދި ނަމަވެސް، އެކަންކަމާ ދެކޮޅަށް ނުވަތަ އެކަންކަން ހިފެހެއްޓުމަށް މީގެ ކުރިން ވެސް ބަޔަކު މަސައްކަތް ކުރި އެވެ. 2013 ވަނަ އަހަރުން، 2018 ވަނަ އަހަރާ ހަމައަށް ދިޔަ ވެރިކަމުގައި އެ ޙައްޤުތައް ހިފަހައްޓަން މަސައްކަތް ކުރި އެވެ. ނޫސްވެރިންނަށް ދަތި ކުރުމާއި، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އިންތިހާ އަށް ހުރަސް އަޅަމުން ދިޔަ އެވެ. ނޫސް މީޑިއާތަކާއި، ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުން ފެށިގެން ގޮސް، ބައެއް މީޑިއާތައް ވުޖޫދުން ވެސް ފޮހެލި އެވެ.

އެހެން ނަމަވެސް، އޭރު ވެސް ބަދަލު ނުވެ އޮތް ކަންތައްތަކެއް ހުއްޓެވެ. އެއީ ނޫސްވެރިން ކުރަމުން އައި މަސައްކަތާއި، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފުމެވެ. އެތައް ދުއްތުރަލަކާއި، އެތައް ގޮންޖެހުންތަކާ އެކު ވެސް، ނޫސްވެރިންގެ ދިޔައީ އެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަސައްކަތް ކުރަމުންނެވެ. އެކަމުގެ ތެރެއިން ބައެއް ނޫސްވެރިންނަށް ޖަލުގެ ކުޑަ ގޮޅީގެ ތަޖުރިބާ ވެސް ކުރަން ޖެހުނު ކަމީ، ފެންނަން އޮތް ހަޤީގަތެވެ.

އަނެއްކާ މިއަދު ވެސް ނޫސްވެރިންނަށް އެކަހަލަ ތަޖުރިބާއެއް ކުރަން ޖެހެނީބާ އެވެ؟ މިހެން މި ދެންނެވީ އަދުގެ ސަރުކާރުގެ އަމަލުތަކާއި، ބަސް މަގު ހުންނަ ގޮތުންނެވެ. ސަރުކާރުގެ އިސްވެރިން ނޫސްވެެރިންނަށް ފުރައްސާރަކޮށް، ދިމާކުރުމާއި، ބައެއް މީޑިއާ ތަކާ މެދު ސަރުކާރުން ގެންގުޅެމުން އަންނަ ގޮތް އެއީ ސާފުކޮށް ފެންނަން އޮތް ކަމެކެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަގު ވައްޓާލުމަށް ބައެއް މީޑިއާ ތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ފަދަ ނޫސްތަކާ މެދު މީޑިއާ ކައުންސިލުން ފިޔަވަޅު ނާޅާ ވާހަކަ އެވެ. މިނިވަން މުއައްސަސާތަކަށް ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހަޅާ މައްސަލަ އެ ކޮމިޝަންތަކުން ނުބަލާ ވާާހަކަ އެވެ.

މީގެ ކުރިން މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި މީޑިއާ ކައުންސިލުން ބުނެފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެ ކައުންސިލަށް 75 މައްސަލަ ހުށަހަޅައިފަ އެވެ. އެއީ ވެސް އެކި އެކި މީޑިއާ ތަކުގައި ގެނެސްދީފައިވާ ޚަބަރު އަދި ރިޕޯޓުތަކާ ގުޅުގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަގު ވައްޓާލަނީ ކަަމަށް ބުނެ މީޑިއާ ތަކުގެ މައްސަލަ ޖައްސައިގެން ކުރަން މި އުޅެނީ ކޮން ކަމެއްބާ އެވެ؟ މީޑިއާ ތަކުގެ އަޑު ކަނޑުވާލަން ބާ އެވެ؟ ނުވަތަ ސަރުކާރުން ހިތް ނުރުހޭ މީޑިއާ ތަކަށް އަނެއްކާ ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރިމަތި ކުރުވަން ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތަކާއި، އެ ވައުދުތައް ފެދެމުން ނުދާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހާމަ ކުރުމަކީ، މީޑިއާ ތަކުގައި ތަޅު އަޅުވަން ޖެހޭ ސަބަބެއް ހެއްޔެވެ؟ ނުވަތަ ސަރުކާރުގެ އެކި އެކި ވެރިން ހިންގަމުން އަންނަ ވައްކަމާއި، ކޮރަޕްޝަންގެ ވާހަކަ ތިލަ ކުރުމަކީ، މީޑިއާ ތަކަށް "އަދަބު" ދޭން ޖެހޭ ކަމެއް ހެއްޔެވެ؟ އަނެއްކާ ވެސް މި އުޅެނީ ޚިޔާލު ފާޅު ކުރުމަށް އޮތް، ދުލާއި ޤަލަމުގެ މިނިވަންކަމުގައި އޮބި އަޅަން ހެއްޔެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް

ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް

11 މެއި 2024
ނޫސްވެރިންނަށް ދަތިކުރުމުގެ އައު ބާބެއް ފެށެނީ ބާ؟!

ނޫސްވެރިންނަށް ދަތިކުރުމުގެ އައު ބާބެއް ފެށެނީ ބާ؟!

28 އެޕްރީލު 2024
12 އަހަރަށް ފަހު ބަންގީގެ އަޑު... އައު ބާބެއް ފެށުމުގެ ރަމްޒަކަށް!

12 އަހަރަށް ފަހު ބަންގީގެ އަޑު... އައު ބާބެއް ފެށުމުގެ ރަމްޒަކަށް!

04 އެޕްރީލު 2024
ރައީސްގެ ޤަރާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭތަ؟

ރައީސްގެ ޤަރާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭތަ؟

27 އެޕްރީލު 2022
މަސްދަރު ހާމަކުރުމުގެ މާއްދާއަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ހިޔަންޏަކަށް ވެދާނެ

މަސްދަރު ހާމަކުރުމުގެ މާއްދާއަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ހިޔަންޏަކަށް ވެދާނެ

26 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު