Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިވަން ދުވަސް 2020

ބިދޭސީންގެ މައްސަލަ: މިނިވަންކަމަށް އަސަރުކޮށްފާނެތަ؟

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 26 ޖުލައި 2020 | އާދީއްތަ 12:10
ލޯކަލް މާރުކޭޓްގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ

ލޯކަލް މާރުކޭޓްގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ

''ބިދޭސީން'' މި ލަފްޒު ދިވެހި ބަހުގައި މާނަކުރެވެނީ ''ރާއްޖެއިން ބޭރު މީހުން'' ގެ ގޮތުގައެވެ. ރާއްޖެއަށް ބިދޭސީން އެކި ގޮތްގޮތަށް އެތެރެވެއެވެ. އެއީ ޗުއްޓީ ހޭދަކުރުމުގެ އިތުރުން އެކި ކަހަލަ މަސައްކަތްތަކުގައި އެތެރެވާ މީހުންނެވެ. ތާރީހުން ފެންނަ ގޮތުގައި މީގެ އެތަކެއް އަހަރުތަކެއް ކުރިން ފެށިގެން ބިދޭސީން މި ގައުމަށް އެތެރެވިއެވެ.

ޒަމާނަކުވެސް ބިދޭސީންގެ އަދަދު ހިތަށް ނުގެނެވޭ ވަރަށް މިއަދު ވަނީ އިތުރުވެގެން ގޮސްފައެވެ. ކޮންމެ ދިވެއްސަކަށް މިއަދު ދެ ބިދޭސީން ރާއްޖޭގައި އެބަ އުޅެއެވެ. މި އެންމެންވެސް ރާއްޖެ އެތެރެވަނީ ގާނޫނުތަކުގައި ކަނޑައަޅާފައި އޮންނަ އުސޫލުގެ މަތިންނެވެ. ޔޫރަޕްގެ ގައުމުތަކަށް އެފްރިކާގެ ގައުމުތަކުގެ މީހުން އެތެރެވާ ގޮތަށް ބޮއްކުރާތަކާއި ފެރީތަކުންނެއް ނޫނެވެ. ސައްޙަ ލިޔެކިޔުންތަކާއި އެކުއެވެ.

އެކަމަކު މިއަދު މަދު މަދުން އެތެރެވަމުން ދިޔަ ބިދޭސީން އަދަދު މިވަނީ ދިވެހިންގެ އާބާދީއާ ގާތްކުރާ ވަރަށް އަރާފައެވެ. ފިހާރެއްގެ ސޭޓުން ފެށިގެން ގޮސް މަތީ މަގާމުތަކުންވެސް ފެންނަނީ ބިދޭސީންނެވެ. މި ބިދޭސީންގެ ތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ހިމެނޭ އެއް ބަޔަކީ ބަންގްލަދޭޝްގެ މީހުންނެވެ. ބިދޭސީންގެ އަދަދު ގިނަވެ މިހާރު ދިވެހިންނަށް އެ މީހުންނާ ހެދި ''އުދަނގުލަކަށް" ވާން ފަށައިފިއެވެ. އެއް ބަޔަކަށް ބިދޭސީންގެ މައްސަލަ ''ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް'' ގޮސްފިއެވެ. މި ދެ ވާހަކައާއި މެދު ދިވެހިންގެ ތެރޭގައި ހިޔާލު ތަފާތުވެއެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ ގައުމެއްވެސް ތަރައްގީވަނީ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ކަމެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބަލާލާއިރުވެސް ފެންނަން އޮތް ހަގީގަތަކީ މިއީއެވެ. ރާއްޖެއަށް ބަލާލާއިރު ވެސް ޖީޑީޕީގެ ބޮޑު ބައެއް ހިއްސާކުރަނީ ބިދޭސީ މަސައްކަތްތެރިންނެވެ.

ބިދޭސީންނަކީ އުދަނގުލެކޭ ބުނާއިރު، އެ މީހުންނަކީ އުދަނގުލަކަށް ހެދީ ދިވެހިންނެވެ. އެތަކެއް ގުރުބާނީ ތަކެއްވެގެން ބޮޑެތި އަދަދުން ލޯނު ނަގައިގެން ރަނގަޅު މަސައްކަތެއް ހޯދަން އަންނަ ބިދޭސީންނާ މެދު ގިނަ ކުންފުނިތަކުން އަމަލުކުރަމުންދަނީ އިހާނެތިކޮށެވެ. މި ފަހުން އެކި ކަންކޮޅުތަކުގައި ބިދޭސީން ކުރި މުޒާހަރާއިންވެސް އެނގިގެން ދަނީ އެތަކެއް ޒަމާންތަކެއްގެ އަނިޔާ ތަހައްމަލު ކުރުމަށްފަހު އެމީހުން ކެތްތެރިކަން ކޮޅުން ލައިގެން ދިޔަ ތަނެވެ. ގެންނަ މީހުންނަށް ހަމަ މުސާރަ ނުދީ އަސާސީ ގޮތުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްނުދޭ ބޮޑު ބިޔަ މަންޒަރެކެވެ. ގިނަ ބިދޭސީންނަށް ފެންވެރޭނެ ގޮތެއްވެސް ނެތެވެ. ގަވާއިދާ ހިލާފަށް ބިދޭސީން އުޅެން މަޖުބޫރު ކުރުވަނީ ވެސް އެމީހުން ގެންނަ މީހުންނެވެ.

މުސާރަ ނުދީ އެތަކެއް ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން އާއިލާ އަށް ކާންބޯންދޭން، ބިދޭސީ މީހާ އަށް ފިލައިގެން އުޅެން މަޖުބޫރުވެއެވެ. އޭގެ ނަތީޖާ އަކީ ލިޔެކިޔުމެއްނެތި އުޅޭ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވެގެން ދިޔުމެވެ. ހަގީގަތަކީ މި މައްސަލަ އަށް ހައްލެއް ހޯދުމުގެ ބަދަލުގައިވެސް އެންމެންވެސް ބިދޭސީން ގޯސްކުރުމެވެ. އެ މީހުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދޭން އަޑުއުފުލާ މީހަކު މަދެވެ.

އެމީހުން ރާއްޖޭގައި ދިރިއުޅޭތަނުގެ ހާލަތުގެ ގޯސްކަން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީންތަކުގެ އަދަދުންވެސް ހާމަވެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާ ވިދާޅުވި ފަދައިން އެމީހުން ރާއްޖެއަށް ގެނައި ބަޔަކުވެސް ތިބޭނެއެވެ. އެބަޔަކު މިއަދު އަތް އުރާލާއިގެން އެ މީހުންނަށް ދޭން ޖެހޭ މުސާރަ ނުދީ ތިބެވޭނެ ކަމަށް ހީކުރާ ހީކުރުމަކީ މުޅިން ކުށް ހީއެކެވެ.

މުޅި މައްސަލަ އަށް ހައްލެއް ހޯދަން މީގެ ކުރީގެ ސަރުކާރުންތަކުން މި ސަރުކާރުން މަސައްކަތްކުރާ ވަރަށް ކުރި ތަނެއް ނުފެނެއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން އިކޮނޮމިކް މިނިސްޓްރީން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން މުޅި މައްސަލަ އަށް ހައްލެއް ގެނައުމުގެ މަސައްކަތްވެސް އެބަކުރެވޭއެވެ. މިހެން ބުންޏަސް މިއީ އެހާ ފަސޭހައިން ހައްލެއް ހޯދޭނެ މައްސަލަ އެއްވެސް ނޫނެވެ. އެތަކެއް ޒަމާންވަންދެން ފެއިލްކޮށްލާފައި އޮތް ނިޒާމެއް އަނބުރާ ކޮޅަށް ޖަހަން މަސައްކަތް ކުރެވޭނީ އެންމެން އެކަތިގަނޑަށްވެގެންނެވެ.

ދެން ފަތުއަޑުކިޔާފަ ދެކެވޭ ވާހަކަ އަކީ ބިދޭސީންގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ވާހަކައެވެ. ހަމަ އެ ނޭވާގައި ސުވާލުތަކެއްވެސް އުފެދޭއެވެ. އަދި މިވީހާ ތަނަކަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެ ހިފަން ނުވަތަ ރާއްޖެ އަށް އަތްގަދަކުރަން މަސައްކަތްކުރިތޯއެވެ؟ އެކަން ފެންނާކަށް ނެތެވެ. އެމީހުން ގިނަވުމުން ރާއްޖޭގެ އިސްތިގުލާލަށް ލޮޅުން އެރީ ކޮންކަމަކުންތޯއެވެ؟ މިއީ ޖަވާބު ބޭނުންވާ ސުވާލުތަކެވެ. އެ މީހުންގެ ސަބަބުން މިނިވަން ކަމަށް ބުރުއަރާ ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު