Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އުމައްޔަދު ބޮޑު މިސްކިތުގެ ބަންގީގެ އަޑު

12 އަހަރަށް ފަހު ބަންގީގެ އަޑު... އައު ބާބެއް ފެށުމުގެ ރަމްޒަކަށް!

ޙަލަބްގެ އެކި ސަރަހައްދުތަކުން، އެކި ފަންތީގެ 1400 އެއް ހާ މީހުން ބައިވެރިވި ބޮޑު ރޯދަވީއްލުމެއްވެސް އުމަވިއްޔުލްކަބީރު މިސްކިތުގައި ވަނީ ކުރިއަށް ގެންގޮސްފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2024 | ބުރާސްފަތި 05:47
މުޙައްމަދު ޢަބްދޫ؛ ޙަލަބުގެ ރަށްވެއްސެއް - ޙަލަބުގައި ކުރަމުން ދިޔަ ހަނގުރާމަ ނިމުނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު

މުޙައްމަދު ޢަބްދޫ؛ ޙަލަބުގެ ރަށްވެއްސެއް - ޙަލަބުގައި ކުރަމުން ދިޔަ ހަނގުރާމަ ނިމުނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު

1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުން ދުވަހެކެވެ. މީލާދީ ކަލަންޑަރުން މާޗް 30 ވީ ހޮނިހިރު ދުވަހުގެ މަޣްރިބު ނަމާދުގެ ބަންގި ވަގުތެވެ. އެތައް އަހަރަކަށް ދިގުލައި ގޮސްފައިވާ ވަރުގަދަ ހަނގުރާމައެއް ކުރި ސޫރިޔާގެ އެންމެ ބައިބޯ ސިޓީތަކުގެ ތެރޭގައި ގުނާލެވޭ ޙަލަބުގެ ތާރީޚީ މިސްކިތެއް ކަމަށްވާ، އަލްމަސްޖިދުލް އުމަވިއްޔުލްކަބީރު ނުވަތަ އުމައްޔަދު ބޮޑު މިސްކިތުގެ ތާޅަފިލިތަކުން ބަންގީގެ އަޑު އިވެމުން ދިޔައެވެ. މިދިޔަ 12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށެވެ. ސޫރިޔާގެ ސަރުކާރުގެ އަސްކަރީ ފައުޖުތަކުން އިރުމައްޗާއި ޤަދީމީ ޙަލަބުގެ ކޮންޓްރޯލް އަލުން އަނބުރާ ނެގި ފަހުން ފުރަތަމަ ފަހަރަށެވެ.

އިވެމުން އެ ދިޔަ ބަންގީގެ އަޑަކީ، އަހަރުތަކެއް ވަންދެން ކުރިމަތިލުންތަކާއި ފަނާކުރަނިވި ޖަރީމާތަކެއް ތަހައްމަލުކޮށްފައިވާ ޙަލަބު ސިޓީގެ ރަށްވެހިންނަށް، އާންމު ހާލަތަށް އެނބުރި އައުން ފަދަ ރަމްޒެކެވެ. އެއްބައިވަންތަކަމުގެ ރޫހަށް އިތުރު ދިރުމެއް ކަމެއް ގެނެސްދީ، ޙަލަބްގެ އެކި ސަރަހައްދުތަކުން، އެކި ފަންތީގެ 1400 އެއް ހާ މީހުން ބައިވެރިވި ބޮޑު ރޯދަވީއްލުމެއްވެސް އުމަވިއްޔުލްކަބީރު މިސްކިތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އާރާސްތުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް، މުޖުތަމަޢު އެއްވެ، މިސްކިތުގެ ގޯތިތެރޭގައި ރޯދަ ވީއްލަމުން ދިޔައީ، މާޒީގެ ޝަރަފު، ފަރުވާތެރިކަމާއެކު ރައްކާތެރިކުރެވެމުން ދިޔަ ވެއްޓެއްގައެވެ.

މާޙައުލުން ކުރެވެމުން ދިޔައީ ތަފާތު އިޙްސާސްތަކެކެވެ. ފަރުވާތެރިކަމާއެކު ނަންބަރު ޖަހައި، އަލުން ބިނާކުރުމަށް އަރުޝީފްކޮށްފައިވާ، ހަލާކުވެފައިވާ ހިލަތައް ފެނުމަކީ ޙަލަބުގެ އެންމެ މަޝްހޫރު މިސްކިތުގެ ހިތްދަތި ހަނދާންތަކެއް ކަމުގައި ވެގެން ދިޔައެވެ. ޖައްވުގައި ގުގުމަމުން ދިޔައީ ދުޢާގެ އަޑެވެ. ނޯށުގައި ޖެހެމުން ދިޔައީ ޘަޤާފީ ކޭންތަކުގެ މީރު ވަހެވެ. އެ ވަގުތު ވެގެން ދިޔައީ ޙަލަބަށް އައު ދިރުމެއް އައިސް، އައު ބާބެއް ހުޅުވިގެންދާ ކަމުގެ އިޝާރާތަކަށެވެ.

ޙަލަބުގައި ކުރަމުން ދިޔަ ހަނގުރާމަ ނިމުނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ރަޝިޔާގެ ޖެޓްތަކާއި އީރާނުގެ ތާއީދާއެކު އުޅޭ ޝީޢީ ހަނގުރާމަވެރިންގެ އެއްބާރުލުން ލިބިގެން ސޫރިޔާގެ ސިފައިން، އެތައް މަހެއް ވަންދެން ބާޣީންގެ ދާއިރާ ވަށާލާ، އެބައި  މީހުންގެ މައްޗަށް ކުރި ހޯދުމުންނެވެ.

2011 ވަނަ އަހަރު ފެށި ސޫރިޔާ ހަނގުރާމައިގައި އެތައް ސަތޭކަ ހާސް ބަޔަކު މަރުވެ އެތައް، މިލިއަން ބައެއްގެ ގެދޮރު ގެއްލުނެވެ. ސަރުކާރާއި ބާޣީންގެ އަތްދަށުގައި އޮތް ޒޯންތަކުގެ މެދުގައި އަހަރުތަކެއް ވަންދެން ޙަލަބް ބަހާލެވިފައި އޮތް އިރު، އެ ސިޓީގެ ތާރީޚީ މަރުކަޒުގެ ސަރަޙައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މިސްކިތުގެ މުންނާރާއި މިސްކިތް ވަށައިގެންވާ ހިންގަމުން ދިޔަ ބާޒާރުތައް، 2012 އާއި 2013 ވަނަ އަހަރު، ސޫރިޔާ ސިފައިންނާއި ބާޣީ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ހަލާކުވި ނަމަވެސް، މިސްކިތުގެ ބޮޑު ބައެއް މިހާރު ވަނީ ސަލާމަތް ކުރެވިފައެވެ. މިސްކިތަށް ލިބިފައި ހުރި ގެއްލުންތައްވެސް ވަކި ކުޑައެއް ނޫނެވެ.

މިސްކިތުގެ ތިންބައިކުޅަ އެއްބައި މުޅިން ހަލާކުވެފައިވާއިރު، އެ މިސްކިތް އާރާސްތުކުރުމަށް، ޗެޗްނިޔާ ސަރުކާރުގެ މާލީ އެހީތެރިކަން، ސޫރިޔާގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ލިބިފައެވެ.

ސީރިޔާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު