Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނޫސްވެރިކަން

ނޫސްވެރިކަމުގެ ދުވަސް: ލިބުނު އަނިޔާއިން، މިނިވަންކަމަށް ކުރި ދަތުރު!

3 މެއި 2019 | ހުކުރު 08:17

ސްޓޭޝަންގެ ނޫސްވެރިން ހައްޔަރުކޮށް، ދައުވާ އުފުލި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 3 މެއި 2019 | ހުކުރު 08:17
ހަތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެޓީވީއަށް ލިބުނު ގެއްލުންތައް ރަމްޒުކޮށްދޭ ތިން ފޮޓޯ

ހަތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެޓީވީއަށް ލިބުނު ގެއްލުންތައް ރަމްޒުކޮށްދޭ ތިން ފޮޓޯ

ވޭތުވެދިޔަ މުއްދަތުގައި އެންމެ ބޮޑެތި ގޮންޖެހުންތަކާއި އަނިޔާތަކާއި ފުރައްސާރަ އާއި ނުރައްކަލާ ކުރިމަތިލާން ޖެހުނު ޓީވީ ސްޓޭޝަނަކީ "ރާއްޖެޓީވީ"އެވެ. ރާއްޖެޓީވީ ރޯކޮށްލައި، ހުއްޓުމަކަށް ގެނައި ނުރައްކާތެރި ހަމަލާ ދިނީ މީގެ ފަސް އަހަރު ކުރިންނެވެ. މި ސްޓޭޝަންގެ ނޫސްވެރިންނަށް އިންޒާރު ދީ ބިރު ދައްކައި، މަރާލާގެ ކަމަށް ބުނެ، ފުލުފުލުން އިހަކަށް ދުވަހާ ޖެހެންދެން ވެސް އިންޒާރު ދިނެވެ. އަޅުގަނޑުމެންގެ ނޫސްވެރިންނަށް ރައްކާތެރިކަން ދޭން ތިބި، މުއައްސަސާތަކުން، އެކަމަށް ދިނީ ބީރު ކަންފަތެކެވެ. މިނިވަން ނޫސްވެރިކަން ދިފާއުކޮށްދިނުމަށް، އެދި އުފުލަމުންދިޔަ އަޑުތަކަށް މުއައްސަސާތަކުން ދިނީ ފުރަގަހެވެ. މިހާތަނަކަށް ވެސް އަޅުގަނޑުމެންނަށް ލިބުނު އަނިޔާތަކަށް ލިބުނު އިންސާފެއް ނެތެވެ.

ރާއްޖެޓީވީގެ މުވައްޒަފުން، އެ ބިރުވެރިމާހައުލުގައި ކެނޑިނޭޅި ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމަށްޓަކާ އަބުރުގެ ގާނޫނު ވުޖޫދަށް ގެނެސް، އެ ގާނޫނުން ކުރެވޭ އެންމެ ބޮޑު ޖޫރިމަނާތަކާ އެކު، ޖުމްލަ 3.7 މިލިއަން ރުފިޔާއިން މި ސްޓޭޝަން ޖޫރިމަނާ ކުރީ ވެސް ދައުލަތް ހިންގަން ތިބި ބަޔަކު ވާގިވެރިވެގެންނެވެ. ސަރުކާރު ހިންގަން އޭރު އޮތް ޕާޓީން، މިނިވަން ނޫސްވެރިކަން މަރާލައި، އަޅުގަނޑުމެންގެ ގަލަންތަކުގެ ދެލި ހިނގުން ހުއްޓުވަން މަސައްކަތް ކުރިއެވެ. ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް، ފަޅާ އަރުވައި، ދައުލަތް އަނދިރި ކޮޓަރިއެއްގައި ހިންގަމުންދިޔަ ދިއުން ހުއްޓުވަން ރާއްޖެޓީވީގެ ނޫސްވެރިން ކުރި މަސައްކަތް އޮބަހައްޓަން ކެނޑިިނޭޅި މަސައްކަތް ކުރިއެވެ. އެކަން އޭރު ކުރީ ސަރުކާރުގެ އިދާރާތައް ބައިވެރިވެގެންނެވެ. ފުލުހުންނާއި ސިފައިންނާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

އެ ސިލްސިލާތަކުގެ ތެރެއިން ރާއްޖެޓީވީގެ ނޫސްވެރިން ހައްޔަރު ކުރިއެވެ. ޖިނާއީ ބޮޑެތި ކުށްވެރިންތަކަށް ހަދައި، އެފަދަ ގޮތަކަށް މުޖުތަމައުއަށް ސިފަވާ ގޮތަށް ރާއްޖެޓީވީގެ ނޫސްވެރިން ބިޑި އަޅުވައި، ދައުވާތައް އުފުލައި، ޝަރީއަތްތައް ހިންގިއެވެ. ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން މުތުލަގަށް ކަށަވަރުކޮށް ދޭ ޚަބަރާއި މައުލުމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ރާއްޖެޓީވީގެ ނޫސްވެރިންގެ އަތުން ޖަހައިތުމަށް މަސައްކަތް ކުރިއެވެ.

ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން ތެދުވެ، އަޑުއުފުލުންތައް ކުރިއަށް ގެންދަން ފެށުމުން، އެ ވާހަކަތައް ގެނެސްދޭން މުޒާހަރާތަކަށް ރާއްޖެޓީވީގެ ނޫސްވެރިން ނުކުތީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. މުޒާހަރާތަކާއި މަގުމަތީ ހަރަކާތްތަކުގެ ވާހަކަތައް ރާއްޖެޓީވީގެ ނޫސްވެރިން ރައްޔިތުންނާ ހަަމައަށް ގެނެސްދޭން ޖެހުނީ ދަތި އުނދަގުލާއި، ނުރައްކަލުގެ ތެރޭގައެވެ. ހީނުކުރާ އެތައް ދިމަދިމާލުން ނޫސްވެރިންނަށް ހަމަލާ އަމާޒުވިއެވެ. ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް، ރަޔަޓް ފުލުހުންގެ އެއްވުންތައް ރޫޅަމުންދިޔަ ގޮތަށް، ރަޔަޓް ފުލުހުންގެ އަނިޔާތަކުގެ ޝިކާރައަކަށް ރާއްޖެޓީވީގެ ނޫސްވެރިންވިއެވެ. އަނިޔާގެ އެ ލަކުނުތައް ނޫސްވެރިންގެ ހަށިގަނޑުގައި ނުފިލާ ހުރި ގޮތަށް، އެ ހަނދާންތައް މިހާރު ވެސް ލޯމައްޗަށް ތަމްސީލުވަމުންދެއެވެ.

މިވީ މުއްދަތުގެ ތެރޭގައި މި ސްޓޭޝަނަށް ކުރިމަތިވި ކޮންމެ ގޮންޖެހުމަކަށް ތަސައްލީއެއް ހޯދައިދިނީ ދިވެހި ރައްޔިތުންނެވެ. އާންމު ފަރުދުން އަޅުގަނޑުމެންނަށް ކުރި އިތުބާރެވެ. "އަބުރުފުޅު" ފަންޑު ފޮށިތައް ހިފައިގެން ސަލާން ޖަހަން އަޅުގަނޑުމެން ނުކުތުމުން، އެހީގެ އަތެއް ދިއްކޮށްލީ ދިވެހިންނެވެ. ހެޔޮ އެދޭ ފަރާތްތަކުންނެވެ. އެ މީހަކަށް ވީ މިންވަރަކުން، ފަންޑު ފޮއްޓަށްލި ކޮންމެ ފައިސާ ފޮއްޗަކާ އެކު އަޅުގަނޑުމެންގެ އަޒުމް އިތުރަށް ވަރުގަދަވިއެވެ.

އަޅުގަނޑުމެންގެ މުވައްޒަފުން ހިތްވަރު ދޫނުކޮށް، އަޒުމާ އެކު ކުރި މަސައްކަތުގެ ނަތީޖާއަކީ ރާއްޖެޓީވީ ވޭތުކުރި ހަތް އަހަރު ތެރޭގައި ރާއްޖޭގެ އެންމެ މަގުބޫލު، އަދި އެންމެ ގިނަ ބަޔަކު ބަލާ ޓީވީ ސްޓޭޝަނަކަށް ރާއްޖެޓީވީ ވެގެންދިއުމެވެ.

ނޫސްވެރިކަމުގެ މިނިވަކަމުގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ފާއިތު ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ނޫސްވެރިކަމުގެ މިނިވަންކަމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ ހެޔޮއެދުންތައް ނޫސްވެރިންނަށް ރައްދު ކުރައްވައި، ހިތާބެއް ނެރުއްވާފައެވެ. އާ ސަރުކާރުން ބައްދަލު ކުރި ފުރަތަމަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ލަގަން، މިނިވަންކަމާއެކު ދޫކޮށްލާފައި އޮތުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައެވެ. ނޫސްވެރިންނަށް މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި އެމަނިކުފާނު އެންމެ ފުރަތަމަ ތަސްދީގު ކުރެއްވި ގާނޫނަކީ ވެސް އަބުރުގެ ގާނޫނު އުވާލުމުގެ ބިލެވެ.

އެމަނިކުފާނު ނޫސްވެރިންނަށް ހުޅުވާލަ ދިން ދޮރުތަކާ އެކު، ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އެކުލަވާލި ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ރިޕޯޓްގައި ރާއްޖެއަށް 22 ދަރަޖަ ކުރިއަށް ޖެހިލާފައެވެ. މިއީ ފާއިތުވި އަތް އަހަރު ވެސް ރާއްޖެއަށް ނުލިބޭވަރުގެ ކުރިއެރުމެކެވެ.

ދިވެހި ނޫސްވެރިންނަށް މިހާރު ލިބިފައި މިވާ މިނިވަންކަމާ އެކު، އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ ދައުލަތް ޒިންމާދާރު ކުރުވުމެވެ. ޑިމޮކްރަސީގެ ހަތަރު ވަނަ ބާރުގެ ހައިސިއްޔަތުން މުއައްސަސާތައް ކޮރަޕްޝަނާއި ފަސާދައިން މިންޖުކުރުމެވެ. ހާމަކަން ބޮޑު ދައުލަތަަކަށް ދިވެހި ދައުލަތް ހެދުމެވެ. ސަރުކާރު ޖަވާބުރާރީކޮށް، ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަންކަމުން ރާއްޖެ މިންޖުރުމެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
11 ޖޫން 2017

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ
27 މެއި 2017

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

27 މެއި 2017
އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!
24 މެއި 2017

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟
04 މެއި 2017

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
02 ފެބުރުއަރީ 2017

ލިބުނު މޮޅައިގެން ޝެއިޚުން ހޮރުތަކުގައި

02 ފެބުރުއަރީ 2017
ލިބުނު މޮޅައިގެން ޝެއިޚުން ހޮރުތަކުގައި
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް