Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ މަގާމުތައް އިތުރުވުން

ސިޔާސީ މަގާމުތައް މަދުކުރާ ކަމަށް ސަރުކާރުން ހާމަކުރީ ރައްޔިތުންނަށް އޮޅުވާލަންތަ؟

ސަރުކާރުގެ އިތުބާރުހުރި ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު 2700ށް ވުރެ އިތުރެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރައީސް އޮފީސް ހިމެނޭ ގޮތަށް ސަރުކާރުގެ 16 އިދާރާއެއްގައި ސިޔާސީ މަގާމުތަކުގައި ތިބި ޖުމްލަ 1،249 ސިޔާސީ މުވައްޒަފުންނެވެ. އެއީ ޔޫތު މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީންގެ ސިޔާސީ މަގާމުތައް ނުލައެވެ. އެހެންކަމުން މިއަދަދު 3000ށް ވުރެ އިތުރުވާނެ ކަމަށް ބައެއް ސިޔާސީ ބޭފުޅުން ތުހުމަތު ކުރައްވައެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2024 | ބުރާސްފަތި 14:19
ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް އިތުރު ކަމަށް ބުނެ، މިއަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި 700ށް ވުރެ ގިނަ ސިޔާސީ މަގާމުތައް ނުފުއްދާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ގިނަ ކަންކަމުގައި ވައުދުވެވަޑައިގެން ރައީސް މުއިއްޒު ކެންޕޭން ކުރެއްވިއިރު، ގިނަ ބަޔަކު އެމަނިކުފާނަށް ތާއީދުކޮށް، ގައުމުގެ ރައީސް ކަމަށް އިންތިޚާބު ކުރީ ފޮނި އުއްމީދުތަކާއެކު އެވެ. މުޅި ސަރުކާރު ހިންގާނީ ދެފުށް ފެންނަ ނިޒާމަކުން ކަމަށް ވިދާޅުވެ، ރައްޔިތުންނާ ގާތުން ވެރިކަން ހިންގާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ. ވެރިކަމަށް ވަޑައިގަންނަވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ނިމުމާއެކު، ހާމަކަން ބޮޑު ސިޔާސަތު ގެއްލިއްޖެއެވެ. އަދި މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުޅި ޖުމްލަ އަދަދަކީ ގައުމުގެ ސަލާމަތަށް ނުރައްކާތެރި މައުލޫމާތަކަށް ވީ ކަހަލައެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް 10 މަހަށްވުރެ ގިނަ ދުވަސްވީއިރު، ސިޔާސީ މަގާމުތަކުގެ ތަފާސްހިސާބުތައް ސަރުކާރުން ހާމަކޮށްފައިނުއެވެ. ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރި ނަމަވެސް އެއްވެސް އެއީ ޖަވާބު ނުލިބޭ ސުވާލެކެވެ.

ސަރުކާރުގެ އިތުބާރުހުރި ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު 2700ށް ވުރެ އިތުރެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރައީސް އޮފީސް ހިމެނޭ ގޮތަށް ސަރުކާރުގެ 16 އިދާރާއެއްގައި ސިޔާސީ މަގާމުތަކުގައި ތިބި ޖުމްލަ 1،249 ސިޔާސީ މުވައްޒަފުންނެވެ. އެއީ ޔޫތު މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީންގެ ސިޔާސީ މަގާމުތައް ނުލައެވެ. އެހެންކަމުން މިއަދަދު 3000ށް ވުރެ އިތުރުވާނެ ކަމަށް ބައެއް ސިޔާސީ ބޭފުޅުން ތުހުމަތު ކުރައްވައެވެ.

ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުވެފައިވާއިރު، ރާއްޖޭގެ މާލީ ހަލަތު ދަށްވެ، ހަރަދު ކުޑަކުރުމުގެ މަސައްކަތްތައް ސަރުކާރުން ފަށާފައިވާކަން އިއުލާންކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ހަރަދު ކުޑަކުރުމަށް ދަށްފަންތީގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ހަރަދު ކުޑަކުރަންޖެހޭ ދިމަދިމާލުން ހަރަދު ކުޑަ ނުކުރާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. މިދަނޑިވަޅުގައި ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މަގާމު އުވާލުމަށް ނިންމާފައެވެ. 15 އޮކްޓޯބަރު 2024 ވީ އަންގާރަ ދުވަހު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުން މަގާމުތަކެއް އުވާލެވޭނެ ކަމަށެވެ. އެގޮތުން އުވާލެވޭ މަޤާމުތަކުގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓް މިނިސްޓަރުން، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނަރުންނެވެ. މި ފިޔަވަޅުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ. މިއީ އަހަރަކު 68.568 މިލިއަން ރުފިޔާއެވެ.

ނަމަވެސް އެމަނިކުފާނު މިކަން ކުރައްވަނީ ހެޔޮ ނިޔަތުގައި އަދި ސިޔާސީ މަގާމުތައް މަދު ކުރުމުގެ ނިޔަތުގައިތޯ ސިޔާސީ ބޭފުޅުންނާއި، ބައެއް ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ ސަބަބުތަކެއް ވެސް ނޫނެއެވެ. އިތުބާރު ހުރި ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ސިޔާސީ މަގާމުތަކުން ދުރުކުރުމަށް ނިންމާފައިވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު، އަދި ކާނަލް މުހައްމަދު ނާޒިމްގެ ފަރާތުން ސަރުކާރުގެ ތެރެއިން ހަމަޖައްސާފައިވާ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނެވެ. އަދި ޕީޕީއެމްގެ ވެރިކަމުގައި އެމްޑީޕިއަށް ބަދަލުވުމަށްފަހު، މިހާރު މިސަރުކާރަށް ބަދަލުވެފައިވާ މީހުން ވެސް މަގާމުތަކުން ދުރުކުރުމަށް ނިންމާފައިވެއެވެ. މީގެ ތެރޭގައި އާރްޑީސީގެ ގިނަ މަގާމުތައް ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން ސަރުކާރުން ދަނީ ރައީސް މުއިއްޒުގެ އެކި ފޯރަމްތަކުގައި ކުރައްވާ ތަގުރީރުތަކާއި، ރައީސް މުއިއްޒު ނިންމަވާ ކަންކަން ސޯޝަލް މީޑިއާގައި ޕްރޮމޯޓް ކުރާ މީހުންނަށް 4000 ރުފިޔާ އާއި 5000 ރުފިޔާ ދެމެދުގެ އަދަދަށް ފައިސާ ވެސް ދޫކުރަމުންނެވެ. މިކަންކަން ކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރަމުންދަނީ ވެސް މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އަދި ބޭރުގެ ގައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުގައި ބޭނުންނުވާ މިންވަރަށް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ހަމަޖައްސަމުންދާއިރު، ހަރަދު ކުޑަ ކުރަންޖެހޭ ދިމަދިމާލުން ހަރަދު ކުޑަކުރާ މަންޒަރު ނުފަންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ސިޔާސީ މަގާމުތައް މަދުކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލައި، ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރާ މަންޒަރު ދެއްކުމަށް ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު