Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އީރާން-އިޒްރޭލް ހަނގުރާމަ

އިޒްރޭލުން އީރާނުގެ ތެލުގެ މަރުކަޒުތަކަށް ހަމަލާދީފާނެ - އެކަމުގެ ސަބަބުން ދުނިޔެއަށް ބޮޑު މުސީބާތެއް ކުރިމަތިވެދާނެ

އީރާނުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާ ދިނުމަކީ އޭގެ އަސަރު މެދުއިރުމަތީގެ ސަރަޙައްދުން ބޭރަށް ފުޅާވެ، ދުނިޔޭގެ ގިނަ ކަންކޮޅުތަކަށް އިޤްތިޞާދީ އަދި ސިޔާސީ އަސަރު ކުރާނެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އެނަލިސްޓުން ފާހަގަ ކުރޭ

ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2024 | އާދީއްތަ 13:42
ިއީރާނުގެ ތެޔޮ ސާފުކުރާ މަރުކަޒެއް

ިއީރާނުގެ ތެޔޮ ސާފުކުރާ މަރުކަޒެއް

އިޒްރޭލާއި އީރާނާ ދެމެދު އޮތް ހަނގުރާމައިގެ ނުތަނަވަސްކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު ބެލިސްޓިކް މިސައިލްތަކުގެ ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބައެއް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

އިޒްރޭލުން ހަމަލާގެ ރޭވުންތައް ގެންދަނީ އިންތިހާއަށް ސިއްރިއްޔާތުގައި ކަމަށްވުމާއެކު، މިހަމަލާތައް ފެށޭނީ އަދި ހިނގަމުންދާނީ ކިހިނެއްކަމެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށްވެސް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

މައްސަލައާ ގުޅޭ ގޮތުން ބައިނަލް އަގްވާމީ މީޑިއާ ގައި އެކި ގޮތްގޮތައް ވާހަކަ ދެކެވެމުންދާއިރު އެނގޭ އެއްޗަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އޮކްޓޯބަރު 1 ގައި އީރާނުން ދިން ވަރުގަދަ ރޮކެޓް ހަމަލާގެ ރައްދު ދޭނެ ގޮތެއް ވިސްނަމުން ގެންދާ ކަމެވެ.

އެހެން ނަމަވެސް އެ ޕްލޭން ވަނީ ސިއްރުކުރެވިފައެވެ. އާދީއްތަ ދުވަހު ނަތަންޔާހޫ ދެއްވި ވީޑިއޯ މެސެޖެއްގައި އޭނާގެ ވަޒީރުންނަށް ދެއްވި މެސެޖަކީ "ބަސް މަދުކޮށް އަމަލު ގިނަކުރުމަށެވެ."

އެމެރިކާގެ ނިއުސް ވެބްސައިޓް އެންބީސީ ނިއުސްއަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުން ފޯކަސްކުރަނީ އީރާނުގެ ޢަސްކަރީ އަދި ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ހަމަލާ ދިނުމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ ނިއުކްލިއަރ ހަތިޔާރުގެ ޕްރޮގްރާމަށް އިޒްރޭލުން ހަމަލާ ދީފާނެ ކަމަށް މިހާރަކު ނުބެލެއެވެ. އެކަމާ އިޒްރޭލުގެ އެންމެ ގާތް މަދަދުވެރިޔާ އެމެރިކާ އިން ވަނީ އެއްބަސްނުވެފައި ކަމަށް ބައެއް ރިޕޯޓްތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.

އަނެއްކޮޅުން އީރާނުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާ ދިނުމަކީ އޭގެ އަސަރު މެދުއިރުމަތީގެ ސަރަޙައްދުން ބޭރަށް ފުޅާވެ، ދުނިޔޭގެ ގިނަ ކަންކޮޅުތަކަށް އިޤްތިޞާދީ އަދި ސިޔާސީ އަސަރު ކުރާނެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އެނަލިސްޓުން ފާހަގަ ކުރެއެވެ.

އީރާނުން އިންޒާރުދީފައިވަނީ އީރާނަށް އެފަދަ ހަމަލާއެއް ދީފިނަމަ އޭގެ ރައްދެއްގެ ގޮތުން ގަލްފް ސަރަޙައްދުގެ އެމިރޭޓްސްގެ ތެލުގެ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށެވެ. މިހެން މިކަން ވެއްޖެނަމަ ތެލުގެ އަގު އެއްފަހަރާ ބޮޑުތަނުން މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ޝައްކެއްވެސް ނެތް ގޮތުގައި ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އަންނާނެ ވަރަށް ނުރައްކާތެރި ކަމަކަށް ވެދާނެ ކަމެކެވެ.

އިޒްރޭލުން ކަންކުރާ ގޮތަކުން އީރާނުގެ ތެލުގެ މަރުކަޒުތަކަށް ގެއްލުން ލިބި އަދި އީރާނުން އެކަމާ ގުޅުވާ އެހެން މަރުކަޒުތަކަށް ހަމަލާދީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ޕެޓްރޯލް އަގު ބޮޑުތަނުން މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ ސަބަބުން ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ރައީސްކަމަށް އިންތިޚާބުވުމުގެ ފުރުޞަތު ބޮޑުވެދާނެ ކަމަށްވެސް އެނަލިސްޓުން ދެކެއެވެ. މިއީ ނަތަންޔާހޫ އެދޭނެ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.

މިވަގުތު މައްސަލައިގައި ކަންވާނެ ގޮތް ހީއެއްގެ މައްޗަށް ނޫންގޮތަކަށް ބެލެވޭކަށް ނެތެވެ. އިޒްރޭލުން އީރާނަށް ހަމަލާދޭނީ ކިހިނެއް ކޮން އިރަކު ކަމެއް ނޭގެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިޒްރޭލުން އީރާނުގެ ތެރޭގައި ސިއްރު ހަމަލާއެއް ދިނުމަކީވެސް އެކަށީގެންވާކަމެކެވެ. އިޒްރޭލުން އީރާނުގެ ތެރޭގައި ފުން އިންޓެލިޖެންސް އެސެޓްތަކެއް ޤާއިމުކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ވަނީ ތުހުމަތު ކުރެވިފައެވެ. އެހެންކަމުން އީރާނުގެ އިންފްރާސްޓްރަކްޗަރ އަށް ހަމަލާ ދިނުމުގެ ބަދަލުގައި ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ސިއްރު ހަމަލާއެއް ދިނުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިކަންކަން މިހެން އޮތް އިރު އެމެރިކާއިން އިޒްރޭލަށް އިތުރު އެޑްވާންސްޑް އެންޓި-ބެލިސްޓިކް މިސައިލް ޑިފެންސް ސިސްޓަމެއް ފޮނުވުމާ ބެހޭގޮތުން މަޝްވަރާކުރަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. ތާޑް (THAAD) ގެ ނަން ދެވިފައިވާ މި ސިސްޓަމުން، އީރާނުން އިތުރު ހަމަލާދޭ ހާލަތުގައި އިޒްރޭލަށް އިތުރު ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި މި ސިސްޓަމް ފޮނުވުމާ ބެހޭ ގޮތުން އަދި ފައިނަލް ނިންމުމެއް އެމެރިކާ އިން ނުނިންމައެވެ. މިކަމުން ދޭހަވަނީ އިޒްރޭލުގެ އޮޕަރޭޝަން ފެށުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ތާޑް ސިސްޓަމްގެ ކޮންމެ ބެޓަރީއެއް އޮޕަރޭޓްކުރުމަށް 95 ސިފައިން ބޭނުންވެއެވެ. އެހެންކަމުން މި ހަނގުރާމައިގައި ފުރަތަމަ ފަހަރަށް އެމެރިކާގެ ސިފައިން އިޒްރޭލުގެ ބިމުގައި ގާއިމްވެ ތިބެން ޖެހޭނެއެވެ. 

ނަތަންޔާހޫ އާ މެދު ބައިޑެންގެ ސަރުކާރުން ކިތަންމެ ހިތްހަމަ ނުޖެހުންތައް ހުއްޓަސް، އަސްކަރީ ގޮތުން އެމެރިކާ އޮންނަނީ އިޒްރޭލާ އެކު ކޮނޑާއި ކޮނޑު ޖައްސައިގެން ކަމީ ފެންނަން އޮތް ހަގީގަތެކެވެ.

އިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

19 އޯގަސްޓު 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި

ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި

12 ޖުލައި 2025
ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ﷲ ގެ އަދުއްވުން ކަމަށާއި، ފަސާދަ އުފައްދާ ދެމީހުން ކަމަށް 100 އިލްމުވެރިން ނެރުނު ބަޔާނެއްގައި ބުނެފި

ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ﷲ ގެ އަދުއްވުން ކަމަށާއި، ފަސާދަ އުފައްދާ ދެމީހުން ކަމަށް 100 އިލްމުވެރިން ނެރުނު ބަޔާނެއްގައި ބުނެފި

09 ޖުލައި 2025
އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ

އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ

09 ޖުލައި 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު