Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީން މާލީ ފުދުންތެރިކަން އިތުރުކުރުން

އިދިކޮޅުގައި ޕާޓީ އޮންނައިރު ފައިސާ ފޮއްޗެއް ދިއްކޮށްލާނެ މީހަކު ނުވޭ: ރައީސް ސާލިހު

މިހާރު އެމްޑީޕީގެ ތެރޭގައި ކައުންސިލަރުންގެ ދައުރު އެހާ ބޮޑަކަށް ނެތް، މިކަން ބަދަލުކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 12 އޮކްޓޯބަރު 2024 | ހޮނިހިރު 08:47
އެމްޑީޕީން ކުރިއަށް ގެންދާ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާހަކަދައްކަވަނީ

އެމްޑީޕީން ކުރިއަށް ގެންދާ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާހަކަދައްކަވަނީ

ސިޔާސީ ޕާޓީ ވެރިކަމުގައި އޮންނައިރު ވަރަށް ގިނަ މީހުން އަމިއްލައަށް ފެނިގެން ޕާޓީ ހިންގުމަށް ފައިސާ ދޭ ކަމަށާއި، ނަމަވެސް އެ ޕާޓީ އިދިކޮޅުގައި އޮންނައިރު، ފައިސާ ފޮއްޗެއް ދިއްކޮށްލާނެ މީހަކު ނުވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ކުރިއަށް ގެންދާ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ރައީސް ސާލިހު ވިދާޅުވީ މި ކޮންފަރެންސް ކުރިއަށް ގެންދަނީ ވަރަށް މުހިންމު ވަގުތެއްގައި ކަމަށާއި، މި ކޮންފަރެންސްގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ތެރޭގައި ކައުންސިލަރުންގެ ދައުރު އެހައި ބޮޑަށް ނެތްކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ މިކޮންފަރެންސްއިން އެބަދަލު ގެނެވި ކައުންސިލަރުންގެ ދައުރު ބޮޑު ކުރެވޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބަންދަލުވުންތަކުގައި ކައުންސިލަރުންނަށް ބައިވެރިވެވޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރުމަށް ރައީސް ސާލިހު އެދިވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ އެ މަސައްކަތް ކުރުމަށް އުދަނގޫވާނެ ކަމަށާއި، ނަމަވެސް ގައުމީ މަޖިލިސް ބައްދަލުވުންތަކުގައި ބޮޑެތި ސިޓީތަކުގެ މޭޔަރުންގެ ބައިވެރިވުން މުހިންމު ކަމަށެވެ.

މާލީ ފުދުންތެރިކަން އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ ވެރިކަމުގައި ޕާޓީ އޮންނައިރު، ޕާޓީ ހިންގުމަށް ވަރަށް ފަސޭހައިން މީހުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އަމިއްލައަށް އެދިގެން ވެސް ފައިސާ ޕާޓީއަށް ހަދިޔާ ކުރާ ކަމަށެވެ. ނަމަވެސް އިދިކޮޅުގައި ޕާޓީ އޮންނައިރު، ފައިސާ ފޮއްޗެއް ދިއްކޮށްލާނެ މީހަކު ނުވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީއަށް އާމްދަނީ ހޯދުމަށް ފަށާ މަސައްކަތާއެކު ހެޔޮ ބަދަލުތައް އަންނާނެ ކަމަށާއި، ޕާޓީއަކީ އެންމެންގެ ޕާޓީއަކަށްވާނެ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީ އަކީ އެންމެންގެ ޕާޓީއެއް ކަމަށާއި، އެންމެނަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެމްޑީޕީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު