Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަރިކޭން މިލްޓަން

ފްލޮރިޑާއަށް އައި ވަރުގަދަ ތޫފާން: 15 މީހުން މަރުވެ، 3 މިލިއަނަށް ވުރެ ގިނަ މީހުން ކަނު އަނދިރީގައި

ތޫފާން ހަރިކޭން މިލްޓަން އަކީ "ޤަރުނުގެ ބޮޑު ތޫފާން" ގެ ގޮތުގައި މޫސުމާ ބެހޭ މާހިރުން ސިފަކުރޭ

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2024 | ހުކުރު 13:08
ހަރިކޭން މިލްޓަންގެ ސަބަބުން ފްލޮރިޑާގެ ގިނަ ސަރަހައްދުތަކަށް ވަނީ އުދަ އަރާ ފެންބޮޑުވެފައި

ހަރިކޭން މިލްޓަންގެ ސަބަބުން ފްލޮރިޑާގެ ގިނަ ސަރަހައްދުތަކަށް ވަނީ އުދަ އަރާ ފެންބޮޑުވެފައި

މިހާތަނަށް ފްލޮރިޑާއަށް އައި އެންމެ ވަރުގަދަ ތޫފާން ކަމުގައިވާ ހަރިކޭން މިލްޓަންގައި މިހާތަނަށް 15 މީހުން ވަރުވެއްޖެ ކަމަށް ފްލޮރިޑާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ބުނެފިއެވެ.

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އަލެހާންޑްރޯ މަޔޯރްކާސް ވައިޓް ހައުސްގައި ބޭއްވުއްވުނު ބްރީފިންގެއްގައި ހާމަކުރިގޮތުގައި މިހާތަނަށް 10 މީހުން މަރުވެފައިވާ ކަމަށާއި، އެއީ ތޫފާނުގެ ސަބަބުން މަރުވި މީހުން ކަމަށް ފެންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަދުވެގެން 27 ޓޯނޭޑޯ ފްލޮރިޑާގައި އުފެދިފައިވެއެވެ.

ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުގެ މި ބްރީފިންގެ ފަހުން މިހާތަނަށް އިތުރު 5 މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޕަވަރއައުޓޭޖް.ޔޫއެސް އިން މައުލޫމާތުދޭ ގޮތުގައި، ބުރާސްފަތި ދުވަހު އެޓްލާންޓިކް ކަނޑުގައި އުފެދުނު މިތޫފާނުގެ ސަބަބުން ބުރާސްފަތި ދުވަހުގެ މެންދުރުފަހު ފްލޮރިޑާގެ 3.2 މިލިއަނަށްވުރެ އިމާރާތްތަކުން ކަރަންޓު ވަނީ ކެނޑިފައެވެ. ކަރަންޓު ކެނޑުނު ތަންތަނުގެ ތެރޭގައި ގޭބިސީތަކާއި، އޮފީސްތަކާއި، ފިހާރަތަކާއި، ރެސްޓޯރަންޓުތައް ހިމެނެއެވެ.

ފްލޮރިޑާގެ ޑިވިޜަން އޮފް އިމަރޖެންސީ މެނޭޖްމަންޓްގެ ޑިރެކްޓަރ ކެވިން ގަތްރީ ވިދާޅުވި ގޮތުގައި، ތޫފާންގެ އަސަރު ކުރަން ފެށުމާއެކު ފްލޮރިޑާގައި މީހުން ދިރިއުޅޭ ގާތްގަނޑަކަށް 125 ގެ ސުންނާފަތިވި ކަމަށާއި މީގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންގެ އުޅޭ ސަރަހައްދުތަކުގައި ހުރި މޮބައިލް ގެތައް ކަމަށެވެ.

ތޫފާނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ގަވަރުނަރު ރޮން ޑިސެންޓިސް ވިދާޅުވެފައިވަނީ "މިހާރު އެންމެ ނުރައްކާތެރި ހާލަތުން ސަލާމަތްވެފައިވާ ކަމަށެވެ. ނަމަވެސް ތޫފާނުގެ ސަބަބުން ލިބޭނެ ގެއްލުންތައް އަދިވެސް ވަރަށް ބޮޑުކަމާއި، އެގޮތުން ފެންބޮޑުވުމުގެ ނުރައްކާ އަދިވެސް އޮތް،" ކަމަށެވެ.

ތޫފާނުގެ ނުރައްކާ އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވުނު ޓެމްޕާ ބޭ އަށް ލަފާކުރި ވަރުގެ ބޮޑެތި ގެއްލުން ތަކެއް ނުވި ނަމަވެސް، އެ ސިޓީގެ ދެކުނުގައިވާ ގޮނޑުދޮށާ ކައިތި ރަށްތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައިވެއެވެ.

ތޫފާނާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑްން ނެރުއްވި ބަޔާނެއްގައި ތޫފާނުގެ ސަބަބުން އަސަރުކުރި ފަރާތްތައް ރައްކާތެރި ތަންތަނުގައި ތިބެ، މަގުމައްޗަށް ނުނިކުތުމަށް ވަނީ ގޮވާލައްވާފައެވެ.

"އެހީތެރިކަން ލިބޭނެ. އެހީ ވަނީ ފޮނުވިފައި. ނަމަވެސް އެހީތެރިކަން ލިބެންދެން ސަރަޙައްދުގެ ކަމާބެހޭ އިދާރާތަކުން ބޭރަށް ނިކުތުން ރައްކާތެރިކަމަށް އަންގަންދެން، ރައްކާތެރި ތަންތަނުގައި ތިބޭ،" ރައީސް ބައިޑްން ވިދާޅުވިއެވެ.

އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރ (އެން.އެޗް.ސީ) އިން ބުނި ގޮތުގައި، ފްލޮރިޑާގެ ހުޅަނގު އައްސޭރިފަށަށް އައި ތޫފާނުގެ ގަދަކަން ވަނީ ކެޓަގަރީ 1ށް ދަށްވެފައެވެ. ނަމަވެސް، މި ތޫފާން ފްލޮރިޑާއަށް އައިސްފައިވަނީ ގަޑިއަޑިއަކު 150 ކިލޯމީޓަރު (93 މޭލު) ގެ ބާރުމިނުގައި ކަމަށެވެ.

ތޫފާން ހަރިކޭން މިލްޓަން އައީ ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:30 ގައި ކެޓަގަރީ 3 ގެ ތޫފާނެއްގެ ގޮތުގައެވެ. ތޫފާނުގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވުނީ ގަޑިއަކު 195 ކިލޯމީޓަރު (121 މޭލު) އަށެވެ.

ތޫފާން ހަރިކޭން މިލްޓަން އަކީ "ޤަރުނުގެ ބޮޑު ތޫފާން" ގެ ގޮތުގައި މޫސުމާ ބެހޭ މާހިރުން ސިފަކުރެއެވެ.

އިންތިހާއަށް ގަދަފަދަ އަދި ނުރައްކާތެރި މަރުގެ ތޫފާނެއް ގޮތުގައި މުސުމާ ބެހޭ މާހިރުން ސިފަކުރާ 'ހަރިކޭން މިލްޓަން' އިން ސަލާމަތްވާން އެމެރިކާގެ ފްލޮރިޑާގެ މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން އެ ސްޓޭޓް ދޫކޮށް މިހާރުވަނީ ގޮސްފައެވެ.

ހަރިކޭން މިލްޓަންފްލޮރިޑާއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު