Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެްއީރާން-އިޒްރޭލް ހަނގުރާމަ

އިޒްރޭލުން އަވަހާރަކޮށްލި ކަމަށް ބުނި ގުދްސް ފޯސްގެ ކޮމާންޑަރު ހުންނެވީ ހެޔޮ ހާލުގައި: އައިއާރުޖީސީ

މީޑިއާތަކުން ބުނަމުން ގޮސްފައިވަނީ ފާއިތުވި ދުވަސްތަކުގައި ގަނީގެ ހާލު އެނގިފައިނުވާ ކަމަށާއި، އޭނާ އާ ބެހޭ ގޮތުން އީރާނުގެ އޮފިޝަލުން ވެސް އެއްވެސް އެއްޗެއް ނުބުނާ ކަމަށް

ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2024 | ބުދަ 12:21
އީރާނުގެ ޤުދްސް ފޯސްގެ އިސް ކޮމާންޑަރު އިސްމާއީލް ގަނީ

އީރާނުގެ ޤުދްސް ފޯސްގެ އިސް ކޮމާންޑަރު އިސްމާއީލް ގަނީ

ގުދްސް ފޯސްގެ ކޮމާންޑަރު އިސްމާއީލް ގަނީ ހުންނެވީ ހެޔޮ ހާލުގައި ކަމަށާއި އޭނާއަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މަތީ ދަރަޖައިގެ މެޑެލް ދިނުން އޮންނާނެ ކަމަށް އީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފިއެވެ.

އައިއާރްޖީސީ ގެ އިސް ކޮމާންޑަރުގެ މުޝީރަކާ ހަވާލާދީ އީރާނުގެ ރަސްމީ ޓީވީން ބުނެފައިވަނީ ބްރިގޭޑިއަރ ޖެނެރަލް އިސްމާއީލް ގަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނެވި ކަމަށާއި، އޭނާ އަށް އިސްލާމީ އިންޤިލާބުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ސައްޔިދު ޢަލީ ޚާމަނާއީގެ އަތްޕުޅުން "އޯޑަރ އޮފް ފަތްޙު" މެޑެލް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް ޖަބާރީ މިކަން އީރާނުގެ ޓީވީ އަށް ހާމަކުރެއްވީ ބުދަ ދުވަހުއެވެ.

އީރާނުން މިކަން ހާމަ މިކުރީ އިޒްރޭލުގެ ވަރުގަދަ ހަމަލާއެއްގައި، އައިއާރްޖީސީ ޤުދްސް ފޯސްގެ ކޮމާންޑަރު ބެއިރޫތުގައި ހުންނަވަނިކޮށް އަނިޔާވެފައިވާ ކަމަށް ނުވަތަ އަވަހާރަވެފައިވާ ކަމަށް ބުނެ ބޭރުގެ މީޑިއާތަކުން ޚަބަރުތައް ފަތުރާފައިވަނިކޮށްނެވެ. އޭނާ އަވަހާރަވެފައިވަނީ ބައިރޫތުގެ ދާހިޔާ ސަރަހައްދަށް ހިޒްބުﷲ ގެ އިސް އޮފިޝަލެއް ކަމަށްވާ ހާޝިމް ސަފީއުއްދީނަށް އަމާޒުކޮށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ކަމަށްވެސް ހުޅަނގުގެ މީޑިއާ ތަކުން ބުނެފައިވެއެވެ.

ގަނީ ވަނީ މި ހަފްތާގައި އީރާނުގައި ބޭއްވުނު ފަލަސްޠީނުގެ ކުޑަކުދިންނާއި ޒުވާނުންނާ އެއްބައިވަންތަކަމުގެ 7 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސަށް މެސެޖެއް ވެސް ފޮނުއްވާފައެވެ.

ހޯމަ ދުވަހު އިއްވި މި މެސެޖުގައި ޤުދްސް ފޯސްގެ ކޮމާންޑަރު ވަނީ އެހެން ޚާއްޞަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަން ޖެހުމުގެ ސަބަބުން ކޮންފަރެންސްގައި ބައިވެރިވެވަޑައިނުގެންނެވުނު ކަމަށްޓަކައި މާފަށް އެދިވަޑައިގެންފައެވެ.

ނަމަވެސް ބޭރުގެ މީޑިއާތަކުން ބުނަމުން ގޮސްފައިވަނީ ފާއިތުވި ދުވަސްތަކުގައި ގަނީގެ ހާލު އެނގިފައިނުވާ ކަމަށާއި، އޭނާ އާ ބެހޭ ގޮތުން އީރާނުގެ އޮފިޝަލުން ވެސް އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ.

އިސްމާއީލް ގަނީ ޤުދްސް ފޯސްގެ ވެރިޔާގެ މަޤާމަށް ޢައްޔަންކުރެވުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އިސްކުރީ އެމެރިކާއިން ޓެރަރިޒަމާ ދެކޮޅަށް ކުރާކަމަށް ބުނާ ހަނގުރާމައިގައި ގުދުސް ފޯސްގެ އެންމެ އިސް ކޮމާންޑަރު ޖެނެރަލް ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

ގަނީ އަކީ 1980 އިން ފެށިގެން 8 އަހަރަށް ދެމިގެންދިޔަ، އިރާގު-އީރާން ހަނގުރާމައިގައި އައިއާރްޖީސީގެ އެންމެ ފާހަގަކޮށްލެވޭ ކޮމާންޑަރުންގެ ތެރެއިން އެކަކު ކަމުގައި އެގަމުގެ ރޫހާނީ ލީޑަރު ވަނީ ވިދާޅުވެފައެވެ.

އިޒްރޭލް-އިރާން ހަނގުރާމަ ގުދުސްފޯސް ކޮމާންޑަރ އިސްމާއީލް ގަނީ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2025

އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

19 އޯގަސްޓު 2025
އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި
17 ޖުލައި 2025

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި
12 ޖުލައި 2025

ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި

12 ޖުލައި 2025
ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި
09 ޖުލައި 2025

ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ﷲ ގެ އަދުއްވުން ކަމަށާއި، ފަސާދަ އުފައްދާ ދެމީހުން ކަމަށް 100 އިލްމުވެރިން ނެރުނު ބަޔާނެއްގައި ބުނެފި

09 ޖުލައި 2025
ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ﷲ ގެ އަދުއްވުން ކަމަށާއި، ފަސާދަ އުފައްދާ ދެމީހުން ކަމަށް 100 އިލްމުވެރިން ނެރުނު ބަޔާނެއްގައި ބުނެފި
09 ޖުލައި 2025

އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ

09 ޖުލައި 2025
އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު