Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީ އޮތީ ސިޓީ އާއި އާސެނަލާ ވާދަކުރެވޭ ފެންވަރުގައެއް ނޫން: މަރެސްކާ

އެކަން ފާހަގަކޮށް މަރެސްކާ ބުނީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ކުޅެމުން އަންނަތާ ނުވަ އަހަރުވެފައިވާއިރު، މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލް ކުޅެމުން އަންނަތާ ފަސް އަހަރުވެފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޮކްޓޯބަރު 2024 | ހޮނިހިރު 04:33
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީ އޮތީ އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރެވޭ ފެންވަރެއްގައި ނޫން ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ކޮންފަރެންސް ލީގުގައި ޗެލްސީން ޖެންޓާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. ޗެލްސީގެ ކޯޗުކަމާ މަރެސްކާ ހަވާލުވީ މި ސީޒަނާ ދިމާކޮށެވެ. ޗެލްސީން އޭނާއާ ހަވާލުކޮށްފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ވެސް، އެ ކުލަބުގެ ނަތީޖާތައް ރަނގަޅު ކުރުމެވެ.

ޗެލްސީއާ ގުޅޭ ގޮތުން މަރެސްކާ ބުނީ ޗެލްސީ އަށް މެންޗެސްޓަރ ސިޓީ އާއި އާސެނަލާ ވަދާކުރެވިދާނެ ކަމަށް އޭނާ އަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. މަރެސްކާ އެހެން ބުނީ، ޗެލްސީ އަށް އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރެވިދާނެތޯ ކުރި ސުވާލާ ގުޅިގެންނެވެ. ސިޓީ އާއި އާސެނަލާ ވާދަ ކުރެވޭ ފެންވަރު ޗެލްސީގައި އަދި ނެތްކަން ފާހަގަކޮށް އޭނާ ބުނީ، ޗެލްސީ އެކަމަށް ތައްޔާރު ނޫން ކަމަށެވެ.

އެކަން ފާހަގަކޮށް މަރެސްކާ ބުނީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ކުޅެމުން އަންނަތާ ނުވަ އަހަރުވެފައިވާއިރު، މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލް ކުޅެމުން އަންނަތާ ފަސް އަހަރުވެފައިވާ ކަމަށެވެ. އަދި އޭނާ ޗެލްސީއާ ހަވާލުވެ މިހާތަނަށް ވެފައި ވަނީ އެންމެ ތިން މަސް ދުވަސްކަން ފާހަގަކޮށް މަރެސްކާ ބުނީ، ނަތީޖާ ނެރެވޭނީ އެކަށީގެންވާ ވަގުތުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ޗެލްސީގައި ކުރަމުން އަންނަ މަސައްކަތަަށް އިޝާރާތް ކުރަމުން މަރެސްކާ ބުނީ، ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޓާގެޓަށް ވާސިލު ވެވޭނީ ހަރުފަތަކަށްފަހު ހަރުފަތަކުން މަސައްކަތް ކޮށްގެން ކަމަށް ވެސް މަރެސްކާ ބުންޏެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ޗެލްސީން ހަ މެޗު ކުޅެފައިވާއިރު، ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ. އެއް މެޗުން އެއްވަރުވެ، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ލީގު ތާވަލްގެ ހަތަރު ވަނައިގައި އެ ޓީމު އޮތީ 13 ޕޮއިންޓާ އެކު އެވެ.

ޗެލްސީއެންޒޯ މަރެސްކާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
24 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް

24 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
14 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި

14 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި
31 އޯގަސްޓު 2025

ޗެލްސީ އިން ފުލަމް ބަލިކޮށްފި

31 އޯގަސްޓު 2025
ޗެލްސީ އިން ފުލަމް ބަލިކޮށްފި
23 އޯގަސްޓު 2025

ވެސްޓް ހޭމް އަތުން ޗެލްސީ އަށް ފަސް ލަނޑުގެ މޮޅެއް

23 އޯގަސްޓު 2025
ވެސްޓް ހޭމް އަތުން ޗެލްސީ އަށް ފަސް ލަނޑުގެ މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު