Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޒީމާ އާދަމް

އެމްއެމްއޭގެ ގަވަރަނަރުގެ މަގާމުން އަޒީމާ އިސްތިއުފާ ދެއްވައިފި

16 އޯގަސްޓު 2017 | ބުދަ 08:12

އެކަމަނާ އިސްތިއުފާ ދެއްވީ ބުދަ ދުވަހު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 16 އޯގަސްޓު 2017 | ބުދަ 08:12
އަޒީމާ އާދަމް

އަޒީމާ އާދަމް

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ޑރ އަޒީމާ އާދަމް އިސްތިއުފާ ދެއްވައިފި އެވެ.

އެމްއެމްގައި ބޭއްވި ނޫސްވެރިމްގެ ބައްދަލުވުމެއްގައި މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަޒީމާ ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ، ފިރިކަލުން އަލީ ނަސީރު (އަލިނީ) އަކީ މިހާރު އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބު ކަމަށް ވުމާ އެކު ދިރިއުޅުން ނިއު ޔޯކަށް ބަދަލުކުރެއްވުމަށް ނިންމެވުމުން ކަމަށެވެ.

އެކަމަނާ ވިދާޅުވީ ގަވަރުނަރުކަމުގެ ވަޒީފާއަކީ އޭނާ އެންމެ އަދާކުރަން ބޭނުންވި ވަޒީފާ ކަމަށާއި ނަމަވެސް ރާއްޖޭން ބޭރުގައި ގިނަ ދުވަހު ހުންނަވަމުން ގަވަރުނަރު ޒިންމާ ނެންގެވުމަކީ އިންސާފުވެރި ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އުމުރުން 19 އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތްކުރައްވަމުން ގެންދަވާ އަޒީމާ ވިދާޅުވި ގޮތުގައި ރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވުނީ ކިތައްމެ ކުޑަ ޚިދުމަތެއް ނަމަވެސް ނުވަތަ ހޯއްދަވައިދެއްވުނީ ކިތައްމެ ކުޑަ ފައިދާއެއް ނަމަވެސް އެކަމުގެ ހިތްހަމަޖެހުން ލިބިވަޑައިގަންނަވި ކަމަށެވެ.

"އަޅުގަނޑު ވަޒީފާ އިން ވަކިވެގެން މިދަނީ އަޅުގަނޑުގެ މަސައްކަތުން އެމްއެމްއޭ އަށާއި ދިވެހި ސަރުކާރަށާއި ދިވެހި ދައުލަތަށާއި އަދި ދިވެހި ރައްޔިތުންނަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ހިދުމަތެއް ކޮށްދީ ފައިދާއެއް ހޯދައިދެވުނުކަން ގަބޫލުކޮށް އެކަމުގެ އުފާވެރި އިހުސާސްތަކާ އެކު، އެ ހިތްހަމަޖެހުމާ އެކު،." އަޒީމާ ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވީ އެކަމަނާގެ ގަވަރުނަރުކަމުގެ ދަށުން އެމްއެމްއޭގެ ޕްރައިސް ސްޓެބިލިޓީ ހިފެހެއްޓުމަށް ޓަކައި އެކަށީގެންވާ ހަރުދަނާ މަނިޓަރީ ސިޔާސަތެއް އެކުލަވާލާފައިވާނެ ކަމަށެވެ. އަދި ފޮރިން އެކްސްޗޭންޖް މާކެޓްގެ ހަމަޖެހުން ގެނުވައި ރުފިޔާގެ އަގު ހިފެހެއްޓިފައިވާ ކަމުގެ ހިތްހަމަޖެހުން ލިބޭ ކަމަށް އަޒީމާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ރާއްޖޭގެ މާލީ އިދާރާއަށް ކުރިއެރުންތަކެއް ގެނެސްދެވުނު ކަމުގެ ހިތްހަމަޖެހުން މަގާމުން އިސްތިއުފާ ދެއްވާ އިރު ލިބިވަޑައިގަންނަވާ ކަމަށް އަޒީމާ ވިދާޅުވި އެވެ.

"މާލީ ނިޒާމުގެ ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި ގާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަމުގެ ހިތްހަމަޖެހުން. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޓަކައި ކްރެޑިޓް ގެރެންޓީ ސުކީމެއް ކާމިޔާބު ކަމާއެކީ ގެންދެވުނު ކަމުގެ ހިތްހަމަޖެހުން،" އަޒީމާ ވިދާޅުވި އެވެ.

ދިވެހި ރުފިޔާގެ އާ ނޫޓު ސީރީޒެއް ސަލާމަތީ ސިފަތައް ވަރުގަދަކޮށް ނެރެވުމަކީ ވެސް ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށް އަޒީމާ ވިދާޅުވި އެވެ. އަދި އެ ފަހުރާއި ޝަރަފު ލިބިގަންނަނީ އުފަލާ އެކު ކަމަށް އަޒީމާ ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް އަޒީމާ އައްޔަން ކުރެއްވީ ކުރިން ގަވަރުނަރަކަށް ހުންނެވި ފަޒީލް ނަޖީބު ޑިސެމްބަރު 31، 2013 ގައި މަގާމުން އިސްތިއުފާ ދެއްވުމުން އެވެ. އަޒީމާ އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ގަވަރުނަރުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އެކަމަނާ ހުންނެވީ، އެސިސްޓެންޓް ގަވަރުނަރު، އަދި ޗީފް އިކޮނޮމިސްޓް، މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް ކަމުގެ މަގާމުގަ އެވެ. އޭނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޚިދުމަތް ކުރައްވަން ފެއްޓެވީ 1991 ވަނަ އަހަރުގެ މޭ މަހު އެވެ. އަޒީމާ ޕީއެޗްޑީ ހާސިލު ކުރެއްވީ އޮސްޓްރޭލިޔާގެ ޔުނިވަސިޓީ އޮފް ކެންބަރާގައި އިކޮނޮމިކްސްގެ ރޮނގުންނެވެ. މާސްޓަޒް ޑިގްރީ ހާސިލު ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލެއިސެސްޓަގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ފައިނޭންސްގެ ރޮނގުންނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބޭންކްތައް ތެރެއިން ބޮޑެތި ފައިސާގެ މުއާމަލާތްތައް ހިންގާފައިވާތީ، އެކަމުގައި އަޒީމާގެ އިހުމާލު އޮތްކަމަށް ބުނެ އެކަމަނާއަށް އިދިކޮޅު ފަރާތްތަކުން އެކި ތުހުމަތުތައްކޮށް ފާޑުކިޔާފައިވެ އެވެ. އެހެން ނަމަވެސް އެ ހުރިހާ ތުހުމަތުތަކެއް އެކަމަނާ ދޮގު ކުރައްވާފައިވެ އެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
26 މާރިޗު 2017

މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު

26 މާރިޗު 2017
މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
15 މާރިޗު 2017

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

15 މާރިޗު 2017
ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ
11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް