Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ޗީފް ޝިޔާމް

ކުރީގެ ޗީފް ޝިޔާމްގެ ބައްޕައާމެދު ޚާއްސަ އުސޫލަކުން އަމަލުކޮށްފައެއް ނުވޭ، އެހެންކަމުން ދައުވާ ސާބިތުނުވާކަމަށް ޙުކުމްކޮށްފި

ކްރިމިނަލް ކޯޓުގައި މި ޙުކުމް ކުރެއްވީ ގާޒީ އާމިނަތު އަޒްލިފާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2024 | ބުރާސްފަތި 04:26
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްޕަ އެމްއެންޑީއެފްގެ ވީ.އައި.ޕީ އިމާރާތެއްގައި ދިރިއުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޝިޔާމްގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގައި ބުނެފައިވަނީ، މި މައްސަލައިގައި ޝިޔާމް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ދައުލަތުން ބުނާ ސަބަބަކީ ވީއައިޕީ ގޭގައި އާންމުކޮށް މީހުން ބައިތިއްބާ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ޝިޔާމްގެ ބައްޕަ އެތަނުގައި ބެހެއްޓުން ކަމަށާއި، ނަމަވެސް އެތަން ބޭނުން ކުރި އެހެން ފަރާތްތަކުން ތަން ބޭނުން ކުރި މުއްދަތެއް އެނގޭކަށް ނެތް ކަމަށެވެ.

އޭގެ އިތުރުން، ޝިޔާމްގެ ބައްޕަ އެތަނުގައި ބެހެއްޓުމަށްޓަކައި ތަން ބޭނުން ކުރުމަށްޓަކައި ޒަމާނުއްސުރެ އަމަލު ކުރަމުން ދިޔަ އުސޫލުތަކާ ޚިލާފުވެފައިވާކަން އެނގެން ނެތް ކަމަށާއި، ވަކި މުއްދަތަކަށްވުރެ ދިގުކޮށް އެތަނުގައި ބަހައްޓާފައި ހުރުމުގެ މައްޗަށް އެކަނި ބަލައިގެން އުސޫލަކާ ޚިލާފުވި ގޮތެއް ދައުލަތަށް ބުނެދެވިފައިނުވާކަމަށްވެސް ޙުކުމުގައި ވެއެވެ.

އެހެންކަމުން މި މައްސަލައިގެ ހެކިތަކަށް ބަލާއިރު، ޝިޔާމްގެ ބައްޕަ ކެއިން ބުއިމަށް އެމްއެންޑީއެފްގެ ބަޖެޓުން ޚަރަދުކޮށްފައިވާކަން އެނގެން ނެތް ކަމަށާއި، އެތަނުގެ އެހެން ވަސީލަތްތައް ބޭނުން ކޮށްފައިވަނީވެސް އެހެން ވީއައިޕީ ފަރާތްތަކަށްވެސް އަމަލު ކުރާ އުސޫލުންކަމަށްވާއިރު، ޝިޔާމްގެ ބައްޕައަށްވީތީ ވަކި ޚާއްސަ އުސޫލަކުން އަމަލުކޮށްފައިވާކަން އެނގެން ނެތްކަމަށްވެސް ޙުކުމުގައިވެއެވެ.

ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށްވެސް ލިޔެކިއުމުން ވަކި އުސޫލެއް ނޯންނަ ކަމަށާއި، ނަމަވެސް އެތަނުގައި ލީޑަރޝިޕްގެ ހުއްދައާއެކު މީހުން ތިބޭކަމަށް މައުލޫމާތު ލިބިފައިވާކަމަށް މި މައްސަލައިގައި ހެކިބަސް ދިން މީހުންވެސް ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން ވަނީ މި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާކަމަށް ޙުކުމް ކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި ޙުކުމް ކުރެއްވީ ގާޒީ އާމިނަތު އަޒްލިފާއެވެ.

އެމްއެންޑީއެފްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު