Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޯއްޗާއި ފްލެޓުތަކުގެ މައްސަލަ

ގޯއްޗާއި ފްލެޓުގެ ކަންކަމުގައި މަސައްކަތް ކުރާ ޔޫނިއަންތަކާ މި ސަރުކާރުން ބައްދަލުކުރީ މުޒާހަރާ ހުއްޓުވާލުމުގެ ބޭނުމުގައި

28 ސެޕްޓެމްބަރު 2024 | ހޮނިހިރު 08:32

ފްލެޓާއި ގޯތި ދިނުން ލަސްވުމަކީ އިޖުތިމާއީ ގޮތުން ކުރިމަތިވެފައިވާ އެތައް މައްސަލަތަކެއްގެ ޙާލަތު އިތުރަށް ގޯސްވުމަށް މަގުފަހިވާ ކަމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ސެޕްޓެމްބަރު 2024 | ހޮނިހިރު 08:32
ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމް

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމް

ގޯއްޗާއި ފްލެޓުތަކުގެ ކަންކަމުގައި މަސައްކަތް ކުރާ ޔޫނިއަންތަކުގެ ބޭފުޅުންނާ މި ސަރުކާރުން ބައްދަލުކުރީވެސް ސީދާ މުޒާހަރާ ހުއްޓުވާލުމުގެ ބޭނުމުގައިކަމަށް ގެދޮރުވެރިކަމުގެ މައްސަލައިގައި ވަކާލާތު ކުރަމުންދާ ފަރާތްތަކުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ މަސައްކަތުގައި އުޅުއްވާ ފަރާތެއްކަމަށްވާ ފާތިމަތު ސަމީރު ވިދާޅުވީ، ފްލެޓާއި ގޯތި ދިނުން ލަސްވުމަކީ އިޖުތިމާއީ ގޮތުން ކުރިމަތިވެފައިވާ އެތައް މައްސަލަތަކެއްގެ ޙާލަތު އިތުރަށް ގޯސްވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.

މިއީ ޤައުމުތަކުގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ނުހަނު ފުންކޮށް ވިސްނަން ޖެހޭ ކަންކަން ކަމަށްވެސް ފާތިމަތު ސަމީރު ވިދާޅުވިއެވެ.

އެމްޑީޕީގެ އަންހެހުންގެ ރޫހުގެ ނައިބްރައީސާއެއްގެ ގޮތުގައިވެސް ކުރިން މަސައްކަތް ކުރެއްވި ފާތިމަތު ސަމީރު ވިދާޅުވާ ގޮތުގައި ގޯއްޗާއި ފްލެޓު ލިބިފައިވާ މީހުން ހައްޤު ހޯދުމަށާއި، ބަސް ބުނުމަށް ނުކުންނަން ޖެހެއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފްލެޓާ ގޯތީގެ ކަންކަމުގައި ވަކާލާތު ކުރާ ފަރާތެއްކަމަށްވާ އަނުޝާ އަބްދުލް ލަތީފް ވިދާޅުވީ، ގެދޮރުވެރިކަމުގެ މައްސަލައަކީ ސާޅީސް އެތައް އަހަރެއްވީ މައްސަލައެއް ކަމަށާއި، ނަމަވެސް ބޯހިޔާވަހިކަމުގެ އެއްވެސް ފުރުސަތެއް ލިބިފައިނުވާ އެތައް ރައްޔިތުންނެއް އެބަތިބި ކަމަށެވެ.

އޭގެ އިތުރުން، ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދު ފުއްދަވާތޯވެސް އެތައް ފަހަރަކު ބަލާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކަންކަން ވެގެން ދިޔައީ އެހެނެއް ނޫން ކަމަށާއި، ސަރުކާރުން މިކަމުގައި ޖަވާބުދާރީވުމުގެ ބަދަލުގައި "ފިއްލެވީކަމަށް" އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން ޔޫނިއަންތަކުގެ ބޭފުޅުންނާ މި ސަރުކާރުން ބައްދަލުކުރީވެސް ސީދާ މުޒާހަރާ ހުއްޓުވާލުމުގެ ބޭނުމުގައިކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިއަދާ ހަމައަށްވެސް އާންމު ރައްޔިތުންނަށް އެދެވޭ ޖަވާބެއްވެސް މަންޒަރެއްވެސް ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ހައްގު ހޯދުމަށް ރައްޔިތުން ނުކުންނަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މިއަންނަ އޮކްޓޯބަރު މަސްތެރޭގައި އާއްމުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން އެހެން ބުނެފައިވަނީ ގޯއްޗާއި ފްލެޓުތަކުގެ ކަންކަމުގައި މަސައްކަތް ކުރާ ޔޫނިއަންތަކުގެ ބޭފުޅުންނާ ބައްދަލު ކުރުމަށްފަހުއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް