Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައްޑޫ ސިޓީ ކަރަންޓުގެ މައްސަލަ

އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި ސަރުކާރުން އިސްކުރަނީ އަދިވެސް އީގޯ؟

އައްޑޫގައި ކަރަންޓު ކެނޑޭ މައްސަލާގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ކޮންމެ ފަހަރަކު ވެސް ރައްޔިތުން ރުޅި ގަދަވެ މަގު މައްޗަށް ނުކުންނަ ހިސާބަށް ދިއުމުން ވަގުތީ ކޮންމެވެސް ހައްލެއް ހޯދައެވެ. އެހެން ޖަނަރޭޓަރެއް ހޯދައިގެން ވެސް ކަރަންޓު ފޯރުކޮށްދެއެވެ. ނަމަވެސް ދެމަސް ދުވަހަށް ވެސް މައްސަލަ ހައްލުނުވާކަން މިދަނީ ފެންނަމުންނެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 26 ސެޕްޓެމްބަރު 2024 | ބުރާސްފަތި 12:33
އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު

އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު

ދިވެހިރާއްޖޭގައި މާލެސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީގައެވެ. އަތޮޅުތެރޭގެ އެކިއެކި ހިސާބުތައް ތަރައްގީ ކުރުމުގެ ސިޔާސަތާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ޚާއްސަ އިސްކަމެއް އައްޑޫ ސިޓީއަށް ދީފައިވެފައިވެއެވެ. ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއެކު، މުޅި ސިޓީގެ ޗާޓު ވަނީ ބަދަލުކޮށްލާފައެވެ. އެ ވެރިކަން ނިމިގެންދިޔައިރު، ބައެއް މަޝްރޫއުތައް ހުރީ ނުނިމިއެވެ. އެގޮތުން ނުނިމޭ އެންމެ މުހިންމު އެއް ޕްރޮޖެކްޓަކީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ހައްލު ގެނެސްދޭ ޕްރޮޖެކްޓެވެ.

އައްޑޫ ސިޓީގެ ކަރަންޓާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ވިދާޅުވެފައިވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފުރިހަމަ ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށެވެ. އެ މަސައްކަތުގެ ލިޔެކިއުންތައް ފެނަކަ އަދި ފިނޭންސް މިނިސްޓްރީގައި ހުންނާނެ ކަމަށާއި، ގެންނަންޖެހޭ އިންޖީނުތައް ގެނައުމަށް ވާޓްސިލާ ކުންފުންޏާއެކު އެއްބަސްވުމެއް އެކުލަވާލެވި ސޮއި ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެމަގުން މަސައްކަތްކުރި ނަމަ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ކުރިއަށް އޮތް 50 އަހަރަށް ހައްލުވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތަށް ރިޔާއަތްކޮށް ކޮންމެ ފަދަ އަގެއްގައި ނަމަވެސް އެސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ ދިވެހި ދައުލަތުގެ ޒިންމާއެކެވެ. އައްޑޫގެ ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު، އިންޖީނު އިންސްޓޯލް ކުރެވިފައިނުވެއެވެ.

މީގެ އިތުރުން 30 ޖުލައި 2024 ވީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެފައިވަނީ އައްޑޫގައި އައު ޖަނަރޭޓަރުތައް އިންސްޓޯލްކޮށް، އޮގަސްޓު މަހުގެ ތެރޭގައި ކަރަންޓު މައްސަލަ ހައްލު ކުރެވޭނެކަމަށެވެ. ނަމަވެސް އޮގަސްޓް މަސް ނިމި، ސެޕްޓެންބަރު މަސް ނިމިގެންދާއިރު، މިއަދު ވެސް އައްޑޫ ސިޓީގެ ރައްޔިތުން ދިރިއުޅެމުންދަނީ ކަރަންޓުގެ ޔަގީން ކަމެއްނެތިއެވެ. އެސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ނުލިބި، އިރުއިރުކޮޅާ ކަރަންޓު ކެނޑެމުންދަނީ އެކި ހިސާބުތަކުންނެވެ. ބައެއް މީހުން މައުލޫމާތު ދޭ ގޮތުގައި ކަރަންޓު ކެނޑުމަށްފަހު ދެގަޑިއިރު ނުވަތަ ތިން ގަޑިއިރު ވާއިރު ވެސް ކަރަންޓު ނުލިބި ދެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބައެއް މީހުން ބުނެފައިވަނީ ކަރަންޓުގެ ކެނޑޭ މައްސަލަ ބޮޑުވެ، މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށެވެ. އިރުއިރުކޮޅާ ކަރަންޓު ކަނޑުމުގެ ސަބަބުން ބައެއް އިލެކްޓްރޯނިކް ސާމާނަށް ވެސް ގެއްލުންވަމުންދާކަން އެމީހުން ފާހަގަކުރިއެވެ.

މި އަހަރު ފެށުނީއްސުރެ އެކިއެކި ދުވަސްވަރު އައްޑޫއަށް ކަރަންޓުގެ މައްސަލަތައް ދަނީ ދިމާވަމުންނެވެ. އެގޮތުން މެއި/ޖޫން މަސް ތެރޭގައި ވެސް ވަރަށް ބޮޑަށް ކަރަންޓުގެ މައްސަލަ ކުރިމަތިވިއެވެ. މިމައްސަލަ ކުރިމަތިވާ ކޮންމެ ފަހަރަކު ވެސް ސަރުކާރުން ބުނެފައިވަނީ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިއަދާ ހިސާބަށް އައިރު ވެސް މިމައްސަލަ ހައްލު ނުކުރެވި ރައްޔިތުންނަށް މިއަދު ވަނީ މިކަމުގެ ތަކުލީފު އުފުލަންޖެހިފައެވެ. މިހަފްތާ ތެރޭގައި ވެސް އެސިޓީން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާއިރު، އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ މިފަހަރު ކަރަންޓު ދިޔައީވެސް އައްޑޫސިޓީއާ ގުޅިފައިވާ ހުރިހާ ރަށަކުން ކަމަށެވެ. އައްޑޫގައި މިހާރު މައްސަލަ ދިމާވަމުންދަނީ ހައިވޯލްޓޭޖް ކޭބަލްތަކުގައި ކަމަށާއި، އިތުރު މައްސަލަތައްވެސް އެބަހުރި ކަމަށެވެ. އަދި މިހާރު އައްޑޫ ސިޓީއަށް ބޭނުންވާ މިންވަރަށް ކަރަންޓު ނުއުފެއްދޭކަން ނިޒާރު ފާހަގަ ކުރެއްވިއެވެ. އެކަމުގެ ސަބަބުންވެސް އިންޖީނުގެ ޙާލަތު އިތުރަށް ދަށަށް ދާކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫގައި ކަރަންޓު ކެނޑޭ މައްސަލާގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ކޮންމެ ފަހަރަކު ވެސް ރައްޔިތުން ރުޅި ގަދަވެ މަގު މައްޗަށް ނުކުންނަ ހިސާބަށް ދިއުމުން ވަގުތީ ކޮންމެވެސް ހައްލެއް ހޯދައެވެ. އެހެން ޖަނަރޭޓަރެއް ހޯދައިގެން ވެސް ކަރަންޓު ފޯރުކޮށްދެއެވެ. ނަމަވެސް ދެމަސް ދުވަހަށް ވެސް މައްސަލަ ހައްލުނުވާކަން މިދަނީ ފެންނަމުންނެވެ. އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުގައި ޕްލޭން ކޮށްފައިވާ މަޝްރޫއު ކުރިއަށް ނުގެންގޮސް، މުޅިން އައު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް 18 އޭޕްރިލް 2024 ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ ކުންފުންޏާ މިސަރުކާރުން ހަވާލުކޮށްފައިވަނީ ރައްޔިތުންނަށް ހެޔޮ އެދިގެންނޭ ބުނުމުގެ ޖާގައެއް ނެތެވެ. 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވެއެވެ. ސިޔާސީ ގޮތުން ކުރަމުންދާ ޖެއްސުންތަކުގައި ރައްޔިތުންނަށް އެކަމުގެ ދެރަ ލިބުމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެއެވެ. ކުރީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔަނަމަ އައްޑޫގެ ކަރަންޓުގެ ހާލަތު މިދަރަޖަށް ނުދާނެއެވެ.

ސަރުކާރަށް މުހިންމުވީ ކުރީ ސަރުކާރަށް ހަމަ އެއްވެސް ކްރެޑިޓެއް ނުދިނުމެވެ. ނަތީޖާއަކީ އައްޑޫގެ ކަރަންޓުގެ ހާލަތު ގޯހުން ގޯހަށް ގޮސް، ކަރަންޓުގެ ޚިދުމަތަށް ބަރޯސާވާން އުނދަނގޫ ހާލަތަށް ކަންކަން ދީލާލުމެވެ. މި ހިސާބަށް މިކަން ދިޔައީ ސަރުކާރުގެ "އީގޯ" އާއި ބޯހަރުކަމުންނޭ ބުނުން ދޮގަކަށް ވާނެތޯއެވެ؟ ކުރީ ސަރުކާރުގެ މަޝްރޫޢު ކުރިއަށް ނުގެންގޮސް އަމިއްލަ ހައިބަތު ބޮޑު ކުރަން އުޅެގެން ހަނާ ވަނީ އާއްމު ރައްޔިތުންނެވެ.

އިތުރަށް ކިޔާލަން

07 ޖުލައި 2017

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ
21 ޖޫން 2017

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017
ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު
09 ޖޫން 2017

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!
08 ޖޫން 2017

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
05 މެއި 2017

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟
05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު