Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް - ލުބުނާން ހަނގުރާމަ

ހިޒްބުﷲގެ މިސައިލް ހަމަލާއެއް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑަށް

25 ސެޕްޓެމްބަރު 2024 | ބުދަ 12:39

މި ހަމަލާއާ ގުޅިގެން ހިޒްބުﷲ އިން ބުނެފައިވަނީ ހަމަލާ އަމާޒުކުރި އިޒްރޭލުގެ އިންޓެލިޖެންސް އޭޖެންސީ އަކީ މިފަހަކަށް އައިސް ޕޭޖަރުތަކާއި އެހެނިހެން ވަޔަރލެސް ވަސީލަތްތައް ބޭނުންކޮށްގެން ހަމަލާތައް ރާވާ ތަނެއް ކަމަށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 25 ސެޕްޓެމްބަރު 2024 | ބުދަ 12:39
އިޒްރޭލުން ލުބުނާނަށް ދިން ރޮކެޓް ހަމަލާއަކަށް ފަހު

އިޒްރޭލުން ލުބުނާނަށް ދިން ރޮކެޓް ހަމަލާއަކަށް ފަހު

ހިޒްބުﷲ އިން އިޒްރޭލުގެ ތެލްއަވީވް ކައިރީގައި ހުންނަ މޮސާޑްގެ މައި އިދާރާއަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލައިފިއެވެ.

މި ހަމަލާއާ ގުޅިގެން ހިޒްބުﷲ އިން ބުނެފައިވަނީ ހަމަލާ އަމާޒުކުރި އިޒްރޭލުގެ އިންޓެލިޖެންސް އޭޖެންސީ އަކީ މިފަހަކަށް އައިސް ލުބުނާނުގެ ހިޒްބުﷲ ގެ މެމްބަރުން ބޭނުން ކުރާ ޕޭޖަރުތަކާއި ވޯކީޓޯކީ ފަދަ ވަސީލަތްތަކަށް ހަމަލާތައް ރާވާ ތަނެއް ކަމަށެވެ.

"'ޤާދިރު 1' ބެލިސްޓިކް މިސައިލެއް 2024 ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ ހެނދުނު 6:30 ގައި ފޮނުވާލާފައިވާނެ. މި މިސައިލް އަމާޒުކުރީ ޓެލް އަވީވްގެ ބޭރު ސަރަޙައްދުގައި ހުރި މޮސާޑްގެ މައި މަރުކަޒަށް. މި މަރުކަޒަކީ ލީޑަރުން އަވަހާރަކޮށްލުމާއި ޕޭޖަރުތަކާއި ވަޔަރލެސް ވަސީލަތްތައް ގޮއްވާލުމަށް ޒިންމާވާ ތަނެއް،" ހިޒްބުﷲ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހިޒްބުﷲ އިން އިތުރަށް ބުނެފައިވަނީ، މި ހަމަލާއަކީ ޣައްޒާގެ ރައްޔިތުންނާއި އެއްބައިވުމުގެ ގޮތުންނާއި ލުބުނާނަށް އިޒްރޭލުންދޭ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމަށެވެ.

ހަމަލާއާ ގުޅިގެން އިޒްރޭލުން ބުނެފައިވަނީ މިއީ ލުބުނާނުގެ މިސައިލް ހަމަލާއެއް އިޒްރޭލުގެ މެދުތެރެއަށް އަމާޒުވި ފުރަތަމަ ފަހަރު ކަމަށާއި، މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ވެފައިނުވާ ކަމަށެވެ.

ހިޒްބުﷲ އިން މި ހަމަލާދީފައި މިވަނީ، އިޒްރޭލުން ލުބުނާނަށް ބޮމުގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ. އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް ލުބުނާނުން މަދުވެގެން 500 މީހުން މަރުވެ، އެތައް ހާސް ބަޔަކު ޒަޚަމްވެ، އެތައް ބަޔަކު ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައިވެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް