Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބަދަލު

ރައީސް ޔާމީން ދަނީ ބިތުފަންގި ނަގައިގެން އަމިއްލައަށް ކެޔޮކޭވަރު ކިޔައިދެމުން

15 އޯގަސްޓު 2017 | އަންގާރަ 19:35

އަދީބަށް ކޮރަޕްޝަން ހިންގަން މަގުފަހިކޮށްދިނީ ރައީސް ޔާމީން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 15 އޯގަސްޓު 2017 | އަންގާރަ 19:35
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ބިތުފަންގި ނަންގަވައިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އަމިއްލައަށް ކެޔޮކޭންބެއްލެވި މިންވަރު ވިދާޅުވެދެއްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން "ފައިސާ ފައިސާ" ގެ ނަމުގައި އަންގާރަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަ ދައްކަވަމުން، ރޮޒައިނާ ވިދާޅުވީ، ރައީސް ޔާމީން މިހާރު ޕޯޑިއަމަކަށް އަރުއްވައިފިނަމަ، އެމަނިކުފާނުގެ ސަރުކާރުގައި އުސޫލުން ބޭރުން ހިނގާ ކަންކަން އަމިއްލައަށް ހާމަ ކުރައްވަމުން ގެންދަވާ ކަމަށެވެ.

Advertisement - newsAdvertisement

މި ސަރުކާރުގައި ހިނގާފައިވާ ކޮރަޕްޝަންގެ ބޮޑު މައްސަލަތަކުގެ ތުޙުމަތު ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބްގެ މައްޗަށް ރައީސް ޔާމީން ކުރައްވާއިރު، ރޮޒައިނާ ވަނީ އަދީބަކީ، ކޮންތާކުން ކިހިނެއް ފައިސާ ހޯއްދަވައިގެން ބާރުވެރިވެވަޑައިގަތް ބޭފުޅެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި އަދީބު ހިންގެވި ކޮރަޕްޝަނެއް ނަމަ ހިންގެވީ ރައީސް ޔާމީން އެކަމަށް ފުރުސަތު ފަހިކޮށްދެއްވުމުން ކަމަށް ދޭހަވާ ގޮތަށް ރޮޒައިނާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރޮޒައިނާ ވިދާޅުވީ، ރައީސް ވަހީދުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރުކަމަށް އަދީބް ވަޑައިގަތީ ޕީޕީއެމްއަށް ލިބުނު ސްލޮޓެއްގައި ރައީސް ޔާމީން ދެއްވި ފުރުޞަތަކުން ކަމަށެވެ. އަދި އޭރު މަތީ މަޤާމަކަށް ވަޑައިގަތް ބޭފުޅަކު، އޭގެ އަހަރެއްހާ ދުވަސްފަހުން 2013 ވަނަ އަހަރު ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި ޚަރަދު ކުރެއްވީ ކިހިނެއްތޯ ރޮޒައިނާ ސުވާލު ކުރެއްވިއެވެ.

ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި އަދީބް އާއި ގުޅުންހުރި ކޮރަޕްޝަންގެ ވާހަކަތައް ރައީސް ޔާމީން އާއި ހިއްސާ ކުރެއްވުމުން، އެއީ އޮޑިޓަރ ޖެނެރަލް ބައްލަވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި ކަމަށް އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވިކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.

ރޮޒައިނާ ވިދާޅުވީ، ގެއަށް ގެންދާ ފައިސާއަކީ ރަނގަޅު އަދަދެއްގެ ފައިސާ ނަމަ، އެއީ ހަލާލު ފައިސާތޯ އަނބިމީހާ ވެސް ނާހާނެ ކަމަށް ވިދާޅުވީ ރައީސް ޔާމީން ކަމަށެވެ. އަދި އޭގެ ފަހުން، މެންބަރުންނަށް އަދީބު ދެއްވީ ރައީސް ޔާމީންގެ ފައިސާ ކަމަށް އެމަނިކުފާނު ވިދާލުވިކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ، ޒިޔަތާއި ހަވާލާ ދެއްވައި ދާދިފަހުން އަދީބް ހާމަކުރެއްވި ކަންކަން މިއަދު ހާމަވެ، ރައީސް ޔާމީން އަމިއްލައަށް އެކަމަށް އިޢުތިރާފު ވެވަޑައިގެންފައިވާ ކަމަށާ، އެހެންކަމުން ހަލާލު ނޫން ގޮތުގައި ހޯއްދެވި ފައިސާ ދައުލަތަށް ފުރަތަމަ ދައްކަވަން ޖެހިވަޑައިގަންނަވާނީ ރައީސް ޔާމީން ކަމަށެވެ.

އަދީބުގެ ފައިސާގައި މަޖިލިހަށް އިންތިޚާބުވެވަޑައިގަތް މެންބަރުން އިސްތިޢުފާ ދެއްވުމަށް ރައީސް ޔާމީން ގޮވާލައްވާފައި ވާތީ، އެކަމަށް އިޝާރާތް ކުރައްވާ ރޮޒައިނާ ވިދާޅުވީ، އެ ގޮތުން ބަލާއިރު، ފުރަތަމަ އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަންނަވާނީ ވެސް ރައީސް ޔާމީން ކަމަށެވެ.

އަންގާރަ ދުވަހުގެރޭގެ ހަރަކާތުގައި ރޮޒައިނާ ވަނީ މިނިވަން މުއައްސަސާތަކުން ފުރިހަމަ މިނިވަންކަމާއިއެކު މަސައްކަތްކޮށް ރައީސް މިހާރު ހާމަ ކުރައްވަމުން ގެންދަވާ ކަންކަން ތަޙުޤީޤު ކުރެއްވުމަށް ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް