Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެޗްޑީސީގެ ކޮރަޕްޝަން

އެޗްޑީސީން ރޯމާ ދުވާލު އެ ހިންގާލީ އެތައް މިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތެއް!

ނުވަ އިމާރާތެއްގެ ބޭރުގައި ކުލަލުމުގެ މަސައްކަތާއި ރެނދުތައް ފިލުވުމަށް އެކަށީގެންވާ އަގުތަކެއް ހުށަހަޅާފައިވަނިކޮށް މެގަވާރސް ކިޔާ ކުންފުންޏަށް ދީފައިވަނީ ބޮޑު އަގެއްގައި ކަން ވަނީ ފަޅާއަރާފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2024 | އަންގާރަ 12:31
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ކޮރަޕްޝަން

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ކޮރަޕްޝަން

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔެކިޔުންތަކާއި، މައުލޫމާތު ތަކަށް ބަލާއިރު، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ޚިޔާނާތެއް ހިންގާފައިވާކަމުގެ ތުހުމަތު ކުރެވެއެވެ.

ދައުރުވަމުންދާ މައުލޫމާތު ތަކުން އެގޭ ގޮތުގައި، މި މައްސަލައިގައި ކުންފުނި ހިންގެވުމުގައި އިސްކޮށް ހުންނެވި ފަޟުލް ރަޝީދު ވަނީ ރައީސް މުޢިއްޒަށް ފައިސާގެ ވަޢުދެއް ވެފައެވެ. އޭގެ މާ ބޮޑު ތަފްސީލުތަކެއް ހާމަކޮށްފައި ނެތް ނަމަވެސް ތުހުމަތު ކުރެވޭ މި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ގޮތް ދޭހަވާ ޑޮކިއުމެންޓްތަކެއް "ކުރުސީ" ކިޔާ އެކްސް އެކައުންޓަކުން ވަނީ ޕޯސްޓް ކޮށްފައެވެ. މި ޑޮކިއުމެންޓްތަކަކީ ސައްހަ ނޫން ޑޮކިއުމެންޓް ތަކެއް ކަމަކަށް އެޗްޑީސީން ބުނެފައެއް ނުވެއެވެ. 

ފެންމަތިވެގެން މި އުޅޭ މައްސަލައަކީ 9 އިމާރާތެއްގެ ކުލަލުމާއި ރެނދުތައް ފިލުވުމަށް ކޮންޓްރެކްޓެއް، މީގެ 10 މަސް ކުރިން އުފައްދާފައިވާ އުމުރުން ހަގު ކުންފުންޏެއް ކަމަށްވާ މެގަވާރސްއަށް ދިނުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އަމަލެވެ.

މި ކުންފުންޏަކީ ސަރުކާރުގެ އިސްވެރިންގެ ގާތް ރަހުމަތްތެރި ކުންފުންޏެއް ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މި މަސައްކަތަށް މެގަވާރސްއިން ހުށަހަޅާފައިވާ އަގަކީ 6,612,624.00 (ހަ މިލިއަން ހަ ލައްކަ ބާރަހާސް ހަސަތޭކަ ސައްވީސް) ރުފިޔާއެވެ. މިއީ އިމާރާތަކަށް 734,736.00 (ހަތްލައްކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ ތިރީސްހައެއް ރުފިޔާ) ރުފިޔާގެ ރޭޓުންނެވެ.

ލިޔެ ކިޔުންތަކުން ހާމަވާ ގޮތުގައި މީގެ ކުރިން މިފަދަ މަސައްކަތްތައް ކޮށްފައިވާ ތަޖުރިބާކާރު ކުންފުނިތަކުން މި މަސައްކަތަށް ހުށަހަޅާފައިވާ އަގުތަކަކީ މާކެޓް އަގާ އެއްގޮތް ހެޔޮ އަގުތަކެކެވެ.

އެގޮތުން ލިންކް ސިޓީން 2022 ގައި 11 އިމާރާތެއްގައި ހަމަ އެބުނާ މަސައްކަތް ކޮށްފައިވަނީ އިމާރާތަކަށް 217,675.82 (ދެ ލައްކަ ސަތާރަ ހާސް ހަ ސަތޭކަ ހަތްދިހަ ފަހެއް ޕޮއިންޓް އަށްޑިހަ ދޭއް) ރުފިޔާގެ ރޭޓުންނެވެ. އޭގެ އިތުރުން ޓިކްޓެކް ކިޔާ ކުންފުންޏަކުން 2023 ގައި 26 އިމާރާތެއްގެ ކުލަލުމާއި ރެނދުތައް މަރާމާތު ކޮށްފައިވަނީ، އިމާރާތަކަށް 164,160 (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް އެއްސަތޭކަ ފަސްދޮޅަސް) ރުފިޔާގެ ރޭޓުންނެވެ.

މި މަސައްކަތަށް ބިޑް ހުށަހެޅި 3 ފަރާތަކުން ވަނީ 2 މިލިއަން ރުފިޔާއާއި 3 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއް ހުށަހަޅާފައެވެ. ނަމަވެސް މިއިން އެއްވެސް އަގަކީ "އެކަށީގެންވާ އަގެއް" ކަމުގައެއް ނުވިއެވެ.

ކަން ހިންގާފައިވާ ގޮތައް ބަލާއިރު މިކަމުގެ އަޑީގައި ތިބި ފަރާތްތަކުން ވަނީ ގަސްދުގައި މަތީ އަންދާޒާ އަގެއް ކަނޑައަޅައި، ދަށް އަގު ހުށަހަޅާ ފަރާތްތައް ޑިސްކޮލިފައި ކޮށްލާ ގޮތައް ރާވާފައިކަން ހާމަ ވެއެވެ. މިއީ ޙަގީގީ މާކެޓް އަގަށްވުރެ މާ މަތީ އަގެއްގައި މަސައްކަތް ހަވާލުކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

ފެންނަން ހުރި ލިޔެކިޔުމަށް ބަލާއިރު މިއީ ދައުލަތުގެ ފައިސާ ނާޖާއިޒު ގޮތުގައި ބަޔަކަށް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކުރެވެއެވެ. މިއީ ރޯމާ ދުވާލު ކޮށްފައިވާ ވައްކަމުގެ އަމަލެއް ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ބުނަމުންނެވެ. 

ލިންކް ސިޓީ ފަދަ ތަޖުރިބާ ހުރި ކުންފުނިތައް "ދަށް އަގު ހުށަހަޅާ ފަރާތްތައް" އަދި "ހަމައެކަނި ޕްރޮޖެކްޓް ހޯދުމަށް ބިޑް ހުށަހަޅާ ފަރާތްތައް" ގެ ގޮތުގައި ލޭބަލްކޮށް ޑިސްކޮލިފައި ކޮށްފައިވާއިރު، މި ފަރާތްތަކަކީ ކުރިން މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތްތައް ކަން ފާހަގަކުރެވެ އެވެ.

މި މައްސަލައިގައި ޙަޤީޤީ މާކެޓް އަގަކީ އިމާރާތަކަށް ގާތްގަނޑަކަށް 160,000 (އެއްލައްކަ ފަސްދޮޅަސް ހާސް) ރުފިޔާއާއި 220,000 (ދެ ލައްކަ ވިހި ހާސް) ރުފިޔާއާ ދެމެދުގެ އަދަދެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް މެގަވާރސްއަށް މަސައްކަތް ހަވާލުކޮށްފައިވަނީ އިމާރާތަކަށް 734,000 (ހަތް ލައްކަ ތިރީސް ހަތަރު ހާސް) ރުފިޔާގެ ރޭޓުން މާ ބޮޑު އަގެއްގައެވެ.

މި މައްސަލައިގައި ފެންނަން ހުރި ހެކިތަކަށް ބަލާއިރު، މިއީ ހިންގާފައިވާ ބޮޑު ޚިޔާނާތެއް ކަމަށް ބެލެވެއެވެ. މި ފަހަކަށް އައިސް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ އެތައް ޚިޔާނާތުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެހެން ނަމަވެސް މިކަންކަމާ އަޅާލާ ކަމާބެހޭ މުއައްސަސާއެއް ހުރި ކަމަކަށް ނުފެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

17 ނޮވެމްބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

31 ޖުލައި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު