Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މޭޔަރ އަމީރު ޣާލިބް

އެމެރިކާގައި އޮތް ހަމައެކަނި މުސްލިމުން ވެރިކަން ކުރާ ސިޓީގެ މޭޔަރ ޓްރަމްޕް އެންޑޯޒް ކޮށްފި

ޣާލިބް ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް މި ނިންމުމާ މެދު ފަހުން ދެރަ ނުވާނެ ކަމަށާއި އަދި ނުކުންނަ ނަތީޖާ އާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމުގައެވެ.

ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2024 | ހޯމަ 10:42
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަދި ހެމްޓްރަމްކް ސިޓީގެ މޭޔަރ އަމީރު ޣާލިބް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަދި ހެމްޓްރަމްކް ސިޓީގެ މޭޔަރ އަމީރު ޣާލިބް

އެމެރިކާގައި އޮތް ހަމައެކަނި މުސްލިމުން ވެރިކަން ކުރާ ސިޓީގެ މޭޔަރ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތާއީދު ކުރާ ކެންޑިޑޭޓްގެ ގޮތުގައި ޓްރަމްޕް އެންޑޯޒް ކޮށްފިއެވެ.

މިޗިގަން ގައި އޮންނަ ހެމްޓްރަމްކް ސިޓީގެ މޭޔަރ އަމީރު ޣާލިބް ވިދާޅުވީ، ހުރިހާ ކަމަކާ ޚިޔާލު އެއް ގޮތް ނުވި ކަމުގައި ވިޔަސް "އެންމެ ރަނގަޅު ޗޮއިސް" އަކީ ޓްރަމްޕް ކަމަށެވެ.

ޣާލިބް ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް މި ނިންމުމާ މެދު ފަހުން ދެރަ ނުވާނެ ކަމަށާއި އަދި ނުކުންނަ ނަތީޖާ އާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމުގައެވެ.

ޣާލިބުގެ ތާއީދު އިއުލާންކުރެއްވި ޕޯސްޓް ޓްރުތް ސޯޝަލް ޕްލެޓްފޯމުގައި ޖެއްސެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޓްރަމްޕް ވަނީ އެ ޕޯސްޓް ރީޕޯސްޓް ކުރައްވާފައެވެ.

ގާތްގަނޑަކަށް 28،000 މީހުން ދިރިއުޅޭ ހެމްޓްރެމްކް، 2021 ވަނަ އަހަރު އެމެރިކާގެ މީޑިއާގެ ސަމާލުކަން ލިބިގެން ދިޔައީ މުޅިން މުސްލިމުންގެ މައްޗަށް އެކުލެވޭ ސިޓީ ކައުންސިލަކާއި މުސްލިމް މޭޔަރެއް އިންތިޚާބުވި އެމެރިކާގެ ފުރަތަމަ ސިޓީއެއްގެ ގޮތުގައެވެ.

ހެމްޓްރެމްކްގެ މޭޔަރު ޣާލިބް މިޗިގަން އަށް ހިޖްރަކުރީ އުމުރުން 17 އަހަރުގައި ޔަމަނުންނެވެ.

ޣާލިބް ހާމަ ކުރައްވާފައިވާ ގޮތުގައި ޓްރަމްޕް އާ ދާދި ފަހުން އޭނާވަނީ ބައްދަލު ކުރައްވާފައެވެ. އަދި ޓްރަމްޕް އެންޑޯސް ކޮށްދިނުމަށް އެދިވަޑައިގަތް ކަމަށް ވެސް ޣާލިބް ހާމަކުރައްވާފައިވެއެވެ.

ނިމިދިޔަ ހަފްތާގައި ޑެޓްރޮއިޓް ނިއުސްއަށް ޣާލިބް ދެއްވި ބަސްދީގަތުމެއްގައި އެ ދޭބޭފުޅުންގެ ބައްދަލުވުމުގައި އެމެރިކާގައި ދިރިއުޅޭ މުސްލިމުންގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ކަމަށް ވިދާޅުވިއެވެ.

މިޗިގަން އަކީ ނޮވެމްބަރު މަހުގެ އިންތިޚާބުގެ ނަތީޖާ ނިންމާނެ ކަމަށް ބެލެވޭ 7 ސްވިންގ ސްޓޭޓްގެ ތެރޭގައި ހިމެނޭ ސްޓޭޓެކެވެ.

ޚިޔާލު ހޯދުމުގެ ސާވޭ ތަކަށް ބަލާއިރު މިޗިގަން ގައި ޓްރަމްޕް އާ ހެރިސްގެ ނަތީޖާ ފެންނަމުންދަނީ ވަރަށް ވާން ކޮށްނެވެ.

އޮގަސްޓު މަހު ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްއިން ނެރުނު ސާރވޭއެއްގައި، މިޗިގަންގެ މުސްލިމް އާބާދީގެ ތެރެއިން 12 އިންސައްތަ މީހުން ޑިމޮކްރަޓިކް ކެންޑިޑޭޓް ހެރިސްއަށް ތާއީދުކުރާ ކަމަށް ފާހަގަކުރެވުނު އިރު 18 އިންސައްތަ މީހުން ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕަށް ތާއީދުކުރެއެވެ. އަދި 40 އިންސައްތަ މީހުންގެ ތާއީދު އޮތީ ގްރީން ޕާޓީގެ ޖިލް ސްޓީންއަށެވެ.

ޑޮނަލްޑް ޓްރަމްޕްމޭޔަރ އަމީރު ޣާލިބް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު